ހަކަތަ ހޭދަކުރަންޖެހޭ މިންވަރު އެންމެ ކުޑަކޮށްދޭކަން ސާބިތުވެފައިވާ ޝާރޕް އޭސީ ގެ އައު މުދާ ރެޑްވޭވުން ވިއްކަން ފަށައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
ހަކަތަ ހޭދަކުރަންޖެހޭ މިންވަރު އެންމެ ކުޑަކޮށްދޭކަން ސާބިތުވެފައިވާ ޝާރޕް އޭސީ ގެ އައު މުދާ ރެޑްވޭވުން ވިއްކަން ފަށައިފި

"އެނާރޖީ ކޮންސަންޕްޝަން" ކުރާވަރު ނުވަތަ ހަކަތަ ހޭދަކުރާމިންވަރުން ކަނޑައަޅައިދޭން މެލޭޝިއާގެ ސަރުކާރުން އެކުލަވާލާފައިވާ ރޭޓިންއިން 5 ތަރި ލިބި އެންމެ ބޮޑަށް ކަރަންޓު ހަރަދު ކުޑަކޮށްދޭ ޕްރޮޑަކްޓެއްގެ ގޮތުގައި ކަނޑައަޅާފައިވާ އަދި  ޖަޕާންގެ މޮޅު ޖޭޓެކް އިންވާޓަރުގެ އެހީގައި ކަރަންޓު ހަރަދު އެންމެ ކުޑަ އެއް އޭސީ ކަމަށްވާ ޝާރޕް މަރުކާގެ އޭސީ ރެދްވޭބް އިން އެތެރެކޮށް ވިއްކަން ފަށައިފިއެވެ.  

ރެޑްވޭވް އިން ވިއްކާ ޝާރޕް އޭސީ އިން "ޖެޓް އެއަރ ކޫލިން"ގެ އެހީގައި ހަލުވިކަމާއެކު ތާޒާ ވައި ކޮޓަރިތެރެއަށް ފޮނުވާލާ އަވަހަށް ފިނިކޮށްދޭއިރު މި އޭސީ ތައްޔާރުކޮށްފައިވަނީ އޭގެ ފިލްޓަރ ފަސޭހަކަމާއެކު ނައްޓާލައި ސާފުކޮށްލެވޭނެފަދަ ގޮތަކަށެވެ. 

މި އޭސީގެ 4 ސައިޒެއް، އެއް އަހަރު ދުވަހުގެ ވޮރަންޓީއާއިއެކު މިވަގުތު ރެޑްވޭވުން ލިބެން އެބަހުއްޓެވެ. ޝާރޕް ބްރޭންޑަކީ ދިވެހިންގެ ފުރިހަމަ އިތުބާރު ހޯދާފައިވާ ވަރަށް ކޮލިޓީ ރަނގަޅު، ގިނަ ދުވަހު މައްސަލަ މުޖެހި ބޭނުންކުރެވޭ ބްރޭންޑެކެވެ. 

އެއަރ ކޮންޑިޝަނަރ ނުވަތަ އޭސީއަކީ ރާއްޖޭގެ މޫސުން އޮންނަގޮތުން ދިވެހިންނަށް ޒަރޫރީ އެއްޗަކަށް މިއަދު ވަނީ ވެފައެވެ. ހޫނުގަދަވެ، އޭސީއަކާ ނުލާ ނޫޅެވޭ ވަރަށް ގިނަ ދިވެހިންގެ ދިރިއުޅުމުގެ އަސާސީ އެއްޗަކަށް އޭސީ ވެގެން ގޮސްފައިވާއިރު، ބައްލަވައި ގަންނަވާ އޭސީއަކީ ކޮލިޓީ ރަނގަޅު ފީޗަރސް އެކުލެވިގެންވާ އޭސީއެއްތޯ ބަލައިލުން ވަރަށް މުހިންމެވެ.

ރެޑްވޭވްގެ ފިހާރަތަކަށް މިހާރު އައު މުދާ ލިބިފައިވާ، ޝާރޕް ބްރޭންޑުގެ އޭސީ ހާއްސަވަނީ މިހެންވެގެންނެވެ. 

ހަމަ މިއާއިއެކު ޝާރޕް ބްރޭންޑްގެ އޭސީއަކީ އޭގައި ބޭނުންކޮށްފައިވާ ޕްލަޒްމާކްލަސްޓަރ ޓެކްނޮލޮޖީގެ ސަބަބުން މާހައުލުގެ ވައި ވަރަށް އަވަހަށް ތާޒާކޮށްދޭ އޭސީއެކެވެ. ޕްލަޒްމާކްލަސްޓަރ އަޔަން ޓެކްނޮލޮޖީއަކީ ޝާރޕް އިލެކްޓްރޯނިކްސް ކޯރޕަރޭޝަނުން 2000 ވަނައަހަރު އުފައްދާފައިވާ ވައި ސާފުކޮށްދޭ ނިޒާމެކެވެ. އެގޮތުން، މި ނިޒާމުގައި ޕޮސިޓިވް އަދި ނެގެޓިވް އަޔަންސް ވައިގެ ތެރެއަށް ފޮނުވާލާ ވައިގެ ތެރޭގައި ހުންނަ ބެކްޓީރިއާ އަދި ވައިރަސްތައް ނެތިކޮށްލައެވެ.

މިއަދު އޮންލައިން