އޫރެއްގެ ސިފަ ޖައްސައި ރަސޫލް ޞޢވ, ގެ ކާޓޫނު ކުރެމީހަކު ފުލުހުންގެ ޙިމާޔަތުގާ ދަތުރުކުރަނިކޮށް އެކްސިޑެންޓްވެ މަރުވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
އޫރެއްގެ ސިފަ ޖައްސައި ރަސޫލް ޞޢވ, ގެ ކާޓޫނު ކުރެމީހަކު ފުލުހުންގެ ޙިމާޔަތުގާ ދަތުރުކުރަނިކޮށް އެކްސިޑެންޓްވެ މަރުވެއްޖެ!

އޫރެއްގެ ސިފަ ޖައްސައި ރަސޫލް (ﷺ)ގެ ކާޓޫނު ކުރެހި މީހަކު ފުލުހުންގެ ޙިމާޔަތުގާ ފުލުހުންގެ ވެހިކަލެއްގާ ދަތުރުކުރަނިކޮށް އެކްސިޑެންޓްވެ މަރުވެއްޖެއެވެ. ކާރު ރޯވެ އަނދައިދިއައީއެވެ. 

2007 ވަނަ އަހަރު ކާޓޫނު ކުރެހުމުން އުފެދުނު މައްސަލަތަކާއި ގުޅިގެން 2010 ވަނަ އަހަރުން ފެށިގެން އޭނާ އުޅެނީ ފުލުހުންގެ ހިމާޔަތުގައެވެ. އެކްސިޑެންޓްވީވެސް ފުލުހުންގެ ޙިމާޔަތުގައި ދަތުރުކުރަނިކޮށެވެ. 

އާދިއްތަ ދުވަހު ސްވިޑްންގައި ހިނގި މިއެކްސިޑެންޓްގައި އޭނާގެ ބޮޑީގާޑުންގެ ގޮތުގައި މަސައްކަތްކުރާ 2 ފުލުހަކުވެސް ވަނީ މަރުވެފައެވެ. އެކްސިޑެންޓްވީ ޓްރަކެއްގައި ޖެހިގެންނެވެ. ފުލުހުން އަދި މިހައިތަނަށް ބުނެފައިވަނީ އެއީ ރާވައިގެން ކުރިކަމެއްކަން އެނގެން ނެތް ކަމަށެވެ. 

ރާއްޖޭގައި ތިބި ދުލާއި ޢަމަލުން ﷲ ތަޢާލާ އަށާއި ރަސޫލް ﷺ އަށް އަދި އިސްލާމް ދީނަށް ފުރައްސާރަކުރާމީހުންވެސް ވިސްނަންވީ ﷲ ތަޢާލާ ކޯފާއެއް ފޮނުއްވެވުމުން ތިއަ ގެންގުޅޭ ބޮޑީގާޑުންނަށް ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނުއޮންނާނެ ކަމެވެ. 

ގުޅުންހުރި ވީޑިއޯ: 

މިއަދު އޮންލައިން