ކައުއިތުރު ރަސޫލާ މުޙައްމަދު ﷺ ޙަދީޘްފުޅު ކުރެއްވެވިއެވެ. "އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކޮށްދޭންޖެހޭ ޙައްޤުތައް 6 އެކެވެ." އެ ކަންކަމަކީ ކޮބައިތޯ ޞަޙާބީން ސުވާލުކުރެއްވުމުން ޙަދީޘްފުޅު ކުރެއްވެވިއެވެ.
"އެއީ ތިމާގެ މުސްލިމް އަޚާއާއި ބަދަލުވެއްޖެނަމަ ސަލާމްކުރުމާއި މުސްލިމް އަޚަކު ދަޢުވަތެއް ދިފިނަމަ އެ ދަޢްވަތު ޤަބޫލުކުރުމާއި ތިބާގެ މުސްލިމް އަޚަކު ތިބާގެ ފަރާތުން ނަޞޭޙަތަކަށް އެދިއްޖެނަމަ އޭނާއަށް ނަޞޭޙަތް ދިނުމާއި ތިމާގެ އަޚަކު ކިނބިހި އަޅާފަ އަލްހަމްދުލިﷲ ކިޔައިފިނަމަ ޔަރްޙަމްކަﷲ ކިޔައި ޖަވާބު ދިނުމާއި ތިމާގެ މުސްލިމް އަކަކު ބަލިވެއްޖެނަމަ އޭނާއަށް ޒިޔާރަތް ކުރުމާއި ތިމާގެ މުސްލިމް އަޚަކު މަރުވެއްޖެނަމަ އޭނާގެ ޖަނާޒާގައި ބައިވެރިވުމެވެ."
ބައެއް ދީންތަކުގައި އަޅުކަން ކުރެވެނީ ފައްޅީގައި ނުވަތަ އެނޫންވެސް އަޅުކަން ކުރުމަށް ޚާއްޞަ ތަންތަނުގައެވެ. ނަމަވެސް އިސްލާމް ދީނުގައި އަޅުކަން ކުރެވެނީ މިސްކިތުގައި އެކަންޏެއް ނޫނެވެ. މިސްކިތުގެ އިތުރުން މަގުމަތީގައާއި ގެދޮރުގައާއި އެނޫންވެސް އެމީހަކު ހުރި ކޮންމެ ތަނެއްގައި ހުރެގެން ކުރާ ހެޔޮ އަމަލުތައްވެސް ހިމެނިގެންދާނީ އަޅުކަމުގެ ތެރެއިންނެވެ.
ﷲ ތަޢާލާގެ ދީލަތިވަންތަކަން ބޮޑުކަމުން ތިމާ އަދާކުރަންޖެހޭ ޙައްޤެއް އަދާކުރިނަމަ އެކަންވެސް ލައްވަވަނީ މަތިވެރި އަޅުކަމެއްގެ ގޮތުގައެވެ. އެކަމަށް ޘަވާބު ދެއްވަވަތެވެ.
މިސާލަކަށް ބުނާނަމަ ހެޔޮ ނަބޭޙަތެއް ދިނުމުން އެކަން ލައްވަވަނީ ކުރި ޞަދަޤާތެއް ކަމުގައެވެ. މިއީވެސް ކޮންފަދަ ބޮޑު ނިޢްމަތެއް ހެއްޔެވެ؟ މީހެއްގެ ކަށުނަމާދާއި ޖަނާޒާގައިބައިވެރިވެއްޖެނަމަ އުހުދުފަރުބަދަ ވަރުގެ ބޮޑުމިނުގެ 2 ފަރުބަދައާއި އެއްވަރަށް ޘަވާބު ދެއްވަވަތެވެ. ކުރާ ކޮންމެ ހެޔޮ ޢަމަލަކަށް ޘަވާބު ދެއްވަވަތެވެ. ވީމާ ޘަވާބު ހޯދަން މަސައްކަތްކުރުމުގަ ހީވާގިވެއްޖެ މީހާ މިހިރީ ހައްތާވެސް ޘަވާބު ިތުރުކުރެވެންހުރި މަގުތަކެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން