ކުއްޖާ އުފަންވުމުން ރޮއިގަންނަނީ ކީއްވެ؟ ކުރަން އޮތް ދުޢާ-!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 49ސ
ކުއްޖާ އުފަންވުމުން ރޮއިގަންނަނީ ކީއްވެ؟ ކުރަން އޮތް ދުޢާ-!

ޢަލީ އިޙްސާން ފިރާޤު

 

އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. މާތް ނަބިއްޔާ صلّى اللّـه عليه وسلّم  ޙަދީޘް ކުރެއްވިއެވެ. 

"‏ مَا مِنْ مَوْلُودٍ يُولَدُ إِلاَّ وَالشَّيْطَانُ يَمَسُّهُ حِينَ يُولَدُ، فَيَسْتَهِلُّ صَارِخًا مِنْ مَسِّ الشَّيْطَانِ إِيَّاهُ، إِلاَّ مَرْيَمَ وَابْنَهَا ‏"‏‏ {صحيح البخاري، كتاب التفسير، باب ‏(وَإِنِّي أُعِيذُهَا بِكَ وَذُرِّيَّتَهَا مِنَ الشَّيْطَانِ الرَّجِيمِ‏)‏، ޙަދީޘް ނަންބަރު 4548}

މާނައީ: [ޝައިޠާނާގެ ބީހުމަކާނުލައި ހަމައެއެއްވެސް ކުއްޖަކު އުފަންނުވެއެވެ. ދަރިފުޅު ވިހާތަނުން ބާރަށް ރޯންފަށަނީ ޝައިޠާނާ އެކުއްޖާގެ ގައިގައި ބީހުމުން ނެވެ. އެގޮތަށް ޝައިޠާނާ ބީހުމަކާނުލައި އުފަންވެވަޑައިގެންނެވީ މަރްޔަމުގެފާނާއި އެކަމަނާގެ ދަރިކަލުންނެވެ.]

މި ޙަދީޘު ރިވާކޮށްދެއްވުމަށްފަހު އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. ތިބާ އެދޭނެމަ މި އާޔަތް ކިޔަވާށެވެ. وَإِنِّي سَمَّيْتُهَا مَرْيَمَ وَإِنِّي أُعِيذُهَا بِكَ وَذُرِّيَّتَهَا مِنَ الشَّيْطَانِ الرَّجِيمِ ﴿٣٦﴾  

މާނައީ: [އަދި، ހަމަކަށަވަރުން، رحمة ން ބޭރުކުރައްވާފައިވާ شيطان އާގެ ކިބައިން، އެ ދަރިކަނބަލުންނާއި، އެ ދަރިކަނބަލުންގެ ދަރިފަސްކޮޅު، ރައްކާތެރިކޮށްދެއްވުމަށްއެދި، އިބަރަސްކަލާނގެ حضرة އަށް ދަންނަވަމެވެ]. 

- ލިޔުނީ: ޢަލީ އިޙްސާން ފިރާޤު

މިއަދު އޮންލައިން