ތިމާގެ އަގު އެހެން މީހުން ވަޒަންނުކުރާތީ ކަންބޮޑުވުމެއްތެވެ! އޭނާއަށް ތިބާގެ އަގު ނުއެނގުނު ނަމަވެސް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ތިމާގެ އަގު އެހެން މީހުން ވަޒަންނުކުރާތީ ކަންބޮޑުވުމެއްތެވެ! އޭނާއަށް ތިބާގެ އަގު ނުއެނގުނު ނަމަވެސް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ!

ގިނަބައެއްގެ ހިތް ނުތަނަވަސްވެ ކަންބޮޑުވުންތައް ގިނަވެ މާޔޫސްވާ އެއް ސަބަބަކީ ކުރާ ކަންކަމުގެ އަގު އެހެން މީހުން ވަޒަން ނުކުރުމެވެ. އެމީހާގެ އަގު އެހެން މީހުން ވަޒަން ނުކުރުމެވެ. އެކަމާއިހުރެ ކަންބޮޑުވެގެން ނުވަތަ ދެރަވެގެން ގިނަބައަކު އުޅެއެވެ. 

ތިރީގައި މިވަނީ އެފަދަ މީހުން ހިތްވަރު ލިބިގަންނަންވީ ބަސްކޮޅެކެވެ. 

"މަޚްލޫޤެއްގެ ކުރިމަތީގަ ތިބާގެ އަގެއް ނެތަސް، ފަހަރުގައި ޚާލިޤްވަންތަ ﷲ ގެ ޙަޟްރަތުގައި ތިބާގެ އަގު މަތިވެރިވެދާނެއެވެ."

މީހަކު ތިބާގެ އަގު ވަޒަން ނުކުރަނީ ނޭނގޭތީކަމަށް ނުވަތަ އެނގުނު ނަމަވެސް ވަޒަންކުރަން ބޭނުން ނުވާތީކަމަށްވެދާނެއެވެ. އެކަން އެއީ އެމީހާގެ މައްސަލައެއްކަމަށް ބަލައި ދޫކޮށްލާށެވެ! އަޅައިވެސް ނުލާށެވެ.  

ތިބާއަކީ ﷲ ތަޢާލާއަށް އިޚްލާޞްތެރި، ކިޔަމަންތެރިއަކުނަމަ ތިބާގެ އަގު ﷲ ތަޢާލާގެ ޙަޟްރަތުގައިވަނީ އުފުލިގެންނެވެ. މަތިވެގެންނެވެ. އިން ޝާ ﷲ ވީމާ އެހެން މީހުން ދެކޭގޮތާއިމެދު ވިސްނުމުގެ އެއްވެސް ބޭނުމެއް ނެތެވެ. ގަދައަޅައި މަސައްކަތްކުރަންވީ ތިމާއަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި މަތިވެރިކަން ބޮޑު މީހަކަށްވުމަށެވެ. 

އެހެން މީހުންގެ އަގު ވަޒަން ނުކުރާ މީހުންނަކީ ޖާހިލުންނެވެ. ކިބުރުވެރިންނެވެ. ގޮތްދޫނުކުރާ މީހުންނެވެ. އެފަދަ މީހަކު ތިބާގެ އަގުވަޒަން ނުރުމުން ތިބާއަށް ލިބޭނެ އެއްވެސް އުނިކަމެއްވެސް ނެތެވެ. އިން ޝާ ﷲ

މިއަދު އޮންލައިން