މިދުޢާނުކޮށް ގިނައިރު ނުކުރާށެވެ! ގެއިން ބޭރަށްވެސް ނުނުކުންނާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
މިދުޢާނުކޮށް ގިނައިރު ނުކުރާށެވެ! ގެއިން ބޭރަށްވެސް ނުނުކުންނާށެވެ!

އަހަރެމެން މަގުފުރެދި ގެއްލި ހަލާކުވަމުން މިދަނީ ޝައިޠޯނާގެ ސަބަބުންނެވެ. ވީމާ ޝައިޠޯނާގެ ވަސްވާސްތަކުން ސަލާމަތްވެ ހުރުމަށް މަސައްކަތްކުރުމާއިއެކު ދުޢާކުރަންވާނެއެވެ! ﷲ ތަޢާލާ ރައްކައުތެރިކަން ދެއްވަވައިފި އަޅަކާ ޝައިޠޯނާއަށް ކައިރިވެސް ނުވެވޭނެއެވެ. 

"އެންމެހެޔޮ ރިވެތިގޮތުން ކަލޭގެފާނު ނުބައިކަންތައް ދުރުކުރައްވާށެވެ! އެއުރެންބުނެ ސިފަކުރާ ގޮތްތައް، ތިމަންރަސްކަލާނގެ ދެނެވޮޑިގަތުން ބޮޑެވެ."

"އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާކޮ! ޝައިޠޯނުންގެ ވަސްވާސްތަކުން ދުރުކުރެއްވުންއެދި، އިބަރަސްކަލާނގެ ޙަޟްރަތުން، ތިމަންއަޅާ ރައްކާތެރިކަން ލިބިގަންނަމެވެ."

(އަލްމުއްމިނޫން: 96،97) 

ދުޢާ: 

رَّبِّ أَعُوذُ بِكَ مِنْ هَمَزَاتِ الشَّيَاطِينِ

"އަޅުގެ ވެރިރަސްކަލާކޮ! ޝައިޠޯނުންގެ ވަސްވާސްތަކުން ދުރުކުރެއްވުންއެދި، އިބަރަސްކަލާނގެ ޙަޟްރަތުން، ތިމަންއަޅާ ރައްކާތެރިކަން ލިބިގަންނަމެވެ."

މިދުޢާނުކޮށް ގިނައިރު ނުކުރާށެވެ! ގެއިން ބޭރަށްވެސް ނުނުކުންނާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން