ޢިލްމުވެރިންނަށް ފާޑުކިޔައި ފުރައްސާރަކުރާ މީހުން ޑރ. ޔާސިރު ޤާދީގެ މިވާހަކަކޮޅު އަޑުއަހާލުން ވަރަށް މުހިންމު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 13ސ
ޢިލްމުވެރިންނަށް ފާޑުކިޔައި ފުރައްސާރަކުރާ މީހުން ޑރ. ޔާސިރު ޤާދީގެ މިވާހަކަކޮޅު އަޑުއަހާލުން ވަރަށް މުހިންމު!

އެންމެ ގިނައިން އަހަރެންނަށް ކޮންމެ ހަފްތާއަކުވެސް އީމޭލް ލިބޭ ކަމަކީ ނުއެނގިތިބެ އަހުރެންނާއިމެދު ދެއްކިފައި ހުންނަ މުބައިވާހަކަތަކަށާއި ބުނެވިފައި ހުންނަ ނުބައިބަސްތަކަށް މާފަށް އެދިއެވެ. 

ބައެއް މީހުންނަށް އެފަދަ ބަސްތައް ބުނެވެނީ އަހުރެންދެއްކި ވާހަކަ އެމީހުންނަށް އަޑުވެސް އިވިފައިނުވުމުން އުފެދޭ ޖަޒުބާތެއްގައެވެ. ބަސްބުނެވޭފަހުން އަހުރެންދެއްކި ވާހަކައަޑުއިވި އަހުރެންގެ ވާހަކައަކީ ޞައްޙަ ވާހަކަކަން އެނގުމުން ދެރަވެ މާފަށް އެދެނީއެވެ. 

ބަސްބުނެވުނުއިރު އެމީހުންގެ ނިޔަތަކަށްވެފައި އޮންނަނީ އަހުރެންނަށް ނުބައި ބަސްބުނުމެއް ނޫނެވެ. އިސްލާމް ދީން ދިފާޢުކޮށް މަތިވެރިކުރުމެވެ. ވީމާ ނުބައި ނިޔަތެއް ނެތި އަހުރެންނާއިމެދު ނުބައި ބަސްތައް ބުނެވޭ އެއްވެސް މީހަކު މާފަށް އެދި އީމޭލްކުރުމުގެ ބޭނުމެއް ނެތެވެ. އެއެންމެންނަށް ހިތުގެ އެންމެ އަޑިން މާފުކޮށްފީމެވެ. 

ނަމަވެސް ދެބައަކާއިމެދު ކުޑަ މައްސަލައެއް އެބައޮތެވެ. އެއްބައަކީ އަހުރެން ބުނީ ޙައްޤުބަސްކަން އެނގިތިބެމެ އަހުރެންނަށް ނުބައިބަސްބުނާ މީހުންނެވެ. ދެވަނަބައަކީ އެމީހާ ޤަބޫލުކުރާ ގޮތަކީ ޞައްޙަ ގޮތް ނޫންކަން އެނގިތިބެމެ އަހުރެން ބުނާ ގޮތަކީ ޞައްޙަ ގޮތްކަން އެނގިތިބެ އޭނާ ޤަބޫލުކުރާ ގޮތް މަތިވެރިކުރަން އަހުރެންނަށް ނުބައިބަސް ބުނާ މީހުންނެވެ. 

މިދެބާވަތުގެ މީހުން އެބުނާ ބަސްތަކަށް ﷲ ތަޢާލާގެ ޙަޟްރަތުން އަހުރެންނަށް ލިބެންވާ ޘަވާބު ލިބުމަށް އެދެމެވެ. ނަމަވެސް އެއްވެސް މީހަކަށް އަހުރެންނާއިހުރެ ކިތަންމެ ކުޑަނަމަވެސް ޢަޛާބެއް ދެއްވެވުމަކަށް އަހުރެން ނޭދެމެވެ. 

ހަމައެއާއިއެކު އަހުރެންގެ ނަޞޭޙަތަކީ މުދައްރިސުން ނުވަތަ ދީނީ ޢިލްމުވެރިން ވިދާޅުވާ ބަސްފުޅަކާއިމެދު ގޮތް އަމިއްލައަށް ނުނިންމޭ ފެންވަރުގެ މީހުން އެކަން ނުކުރުމެވެ. ދުނިޔޭގައި އެތައްބައިވަރު ވަރަށް މޮޅު ޢިލްމުވެރިން އެބަ ތިއްބެވިއެވެ. އެމީހަކު އެންމެ އިތުބާރުކުރާ ޢިލްމުވެރިއެއްގެ ގާތު އަހާށެވެ. އޭނާ ބުނާބަސް ޤަބޫލުކޮށް ޢަމަލުކުރާށެވެ. އެކަން ނުކޮށް އެއްވެސް ޢިލްމުވެރިއަކު ކުށްވެރިކޮށް ބަސް ނުބުނާށެވެ. އެކަމުން އުފެދޭނީ ފިތުނައެވެ. 

ޢިލްމުވެރިންގެ ޢަބުރަސް އަރައިގަންނަ ގިނަ މީހުންނަކީ ދީނުގެ ޢިލްމުވެރިންނެއް ނޫނެވެ. ޢިލްމުވެރިއަކު އެފަދަ ކަމެއް ނުކުރައްވާނެއެވެ. ފަހަރެއްގައި މީހަކަށް ބަސްފުޅެއް ކޮންމެހެން ވިދާޅުވަން ޖެހިވަޑައިގެންނެވިނަމަވެސް ވިދާޅުވާނީ ވަރަށް އަދަބުވެރިކަމާއިއެކުގައެވެ. އެއީ މާބޮޑު ކަމަކަށް ހައްދަވައިގެން ކަންތައް ބޮޑެއް ނުކުރައްވަވާނެތެވެ. އެއީ އެކުރެއްވެވީ ކިހައިވަރެއްގެ ކަމެއްކަން އެނގިވަޑައިގަންނަވާތީއެވެ. 

މީސްތަކުންނޭވެ! އެކަމެއްގެ މައުލޫމާތު ތިމާއަށް ޔަޤީން ނުވާ ކަންކަމުގައި އޭނަބުނި މީނަބުނި ކިޔައިގެން ވާހަކަދައްކަން ވަގުތުނަގާނުލާށެވެ! މުހިންމީ ވަކި ޢިލްމުވެރިއެއްނޫނެވެ. ވީހައި ބޮޑަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމެވެ. އެމަގުން މަސައްކަތްކުރަމުން ގެންދާށެވެ! 

- ޑރ. ޔާސިރު ޤާދީގެ ދަރުސަކުން

މިއަދު އޮންލައިން