ސަމާލުވާތި! ލިބިދާނެ ކުރިއެރުމަކަށް ޙަސަދަވެރިވާ މީހާ ތިބާއަށް ލިބޭ ކާމިޔާބީއަށް ކިހާބޮޑަކަށް ޙަސަދަވެރިވާނެ ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ސަމާލުވާތި! ލިބިދާނެ ކުރިއެރުމަކަށް ޙަސަދަވެރިވާ މީހާ ތިބާއަށް ލިބޭ ކާމިޔާބީއަށް ކިހާބޮޑަކަށް ޙަސަދަވެރިވާނެ ހެއްޔެވެ؟

ޙަސަދަވެރީންނާމެދު ރައްކާތެރިވާށެވެ. އެމީހުންގެ ޙަސަދައަށް ނިމުމެއް ނެތެވެ. ތިބާއަށް ފެންނަ ހުވަފެންތަކާމެދު ޙަސަދަ ލާ ބަޔަކު ތިބާގެ ޙަޔާތުގެ ޙަޤީޤަތްތަކުގެ މައްޗަށް، ޙަޔާތުގައި ލިބޭ ކާމިޔާބީއާއި އުފާވެރިކަމުގެ މައްޗަށް ކިހާ ޙަސަދައެއް ލާނޭ ހެއްޔެވެ؟

قَالَ يَا بُنَيَّ لَا تَقْصُصْ رُؤْيَاكَ عَلَىٰ إِخْوَتِكَ فَيَكِيدُوا لَكَ كَيْدًا- يوسف 5

"އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ދަރިފުޅާއެވެ. ތިބާޔަށް ފެނުނު ހުވަފެން ތިބާގެ ބޭބޭމެންނަށް ކިޔައިނުދޭށެވެ. ފަހެ، އެއުރެން ތިބާޔަށް ނުބައި ރޭވުމެއް ރާވައިފާނެތެވެ.”"

ތިބާގެ ސިއްރުތައް ރައްކާކުރާށެވެ. ޙަސަދައިން ރައްކާތެރިވުމަށްޓަކައި އޮތް އެންމެ މޮޅު ރައްކާތެރިކަން ހޯދާށެވެ. ފަތިސް ނަމާދަށް ރައްކާތެރިވާށެވެ. އަދި ހެނދުނާއި ހަވީރުގެ ޛިކްރުތައް އެންމެ ދުވަހަކުވެސް ދޫނުކުރާށެވެ.

--ޝައިޚް މުޙައްމަދު ޝާފިޢު

 

މިއަދު އޮންލައިން