ޖީބުން ކިތަންމެ ގިނައިން ހޭދަކުރިޔަސް، ކިތަންމެ ވަރަކަށް ބުރަ އުފުލިނަމަވެސް ކުރާ ޢަމަލުން ފައިދާއެއް ނުކޮށްފާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 37ސ
ޖީބުން ކިތަންމެ ގިނައިން ހޭދަކުރިޔަސް، ކިތަންމެ ވަރަކަށް ބުރަ އުފުލިނަމަވެސް ކުރާ ޢަމަލުން ފައިދާއެއް ނުކޮށްފާނެ!

އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް ޤަބޫލުކުރެވެނީ ޖީބުން ޚަރަދުކޮށްފިނަމަ އެއީ ޞަދަޤާތަކަށްވާނެ ކަމަށެވެ. އަޅުކަމެއް ކޮށްފިނަމަ އެއީ އަޅުކަމަކަށްވާނެ ކަމަށެވެ. ނަމަވެސް އެއީ ހަމަ މުޅިންހެން ކުށްހީއެކެވެ. ކިތަންމެ ގިނަ ޢަމަލެއް ކުރިނަމަވެސް އެއީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެއީ ތިބާ ކުޅަ ހެޔޮ ޢަމަލަކަށްވާނީ އެ ޢަމަލު ޤަބޫލުފުޅުކުރެއްވެވުމުންނެވެ. ޤަބޫލުފުޅުކުރައްވަވާނީ ތިބާގެ ނިޔަތް އިޚްލާޞްތެރިނަމައެވެ.

އެކަން ބަޔާންކުރައްވައި _ޢާމިރު ބިން ޢީސާ ވިދާޅުވެފައިވެއެވެ.

މިއާޔަތުގައި ބަޔާންވެފައިމިވަނީ އިސްލާމްދީނުގައި އެންމެ ބޮޑު އެއް ހެޔޮ ޢަމަލުގެ ގޮތުގައި ބެލެވޭ ﷲ ގެ ގެކޮޅު އާދެ މިސްކިތް ބިނާކުރި ބައެއްގެ ވާހަކައެވެ. ޘަވާބާއި ދަރުމައިގެ ގޮތުން ބޮޑު ޢަމަލެކެވެ. އެހެންނަމަވެސް އެ ޢަމަލު ކުރި ނިޔަތް ޚަރާބު ވުމުގެ ސަބަބުން އެ ޢަމަލު ޤަބޫލު ނުކުރެއްވީއެވެ.

وَالَّذِينَ اتَّخَذُوا مَسْجِدًا ضِرَارًا وَكُفْرًا وَتَفْرِيقًا بَيْنَ الْمُؤْمِنِينَ وَإِرْصَادًا لِّمَنْ حَارَبَ اللَّهَ وَرَسُولَهُ مِن قَبْلُ وَلَيَحْلِفُنَّ إِنْ أَرَدْنَا إِلَّا الْحُسْنَىٰ وَاللَّهُ يَشْهَدُ إِنَّهُمْ لَكَاذِبُونَ ‎– التوبة 107

އަދި (މުއުމިނުންނަށް) ގެއްލުން ދިނުމަށާއި، ކާފިރުކަމަށާއި، މުއިމިނުންގެ ދެމެދުތައް ވަކިކުރުމަށާއި، ކުރިން ﷲ އާއި ރަސޫލާއާ ހަނގުރާމަކުރި މީހުންނަށްޓަކައި، ބަލަބަލާ ތިބުމަށާއި (މިކަންކަމަށްޓަކައި) މިސްކިތެއް ހަދައިގެން އުޅުނު މީހުންވެސް އެއުރެންގެ ތެރެއިންވެއެވެ. ހެޔޮގޮތް މެނުވީ ތިމަންމެން ގަސްދެއް ނުކުރަމުއޭ ކިޔައި، އެއުރެން ހުވާކުރާނެކަން ކަށަވަރެވެ. ހަމަކަށަވަރުން، އެއުރެންނީ ދޮގުހަދާ ބަޔެއްކަމަށް، ﷲ ހެކިވެވޮޑިގެންވެތެވެ.

މުޑުދާރު ނިޔަތާއި ނުބައި މަޤްޞަދަކީ، އެ ކުރާ ޢަމަލުގައި ހެޔޮ ޢަމަލުގެ ޞިފަ ޖެހިފައިނީނަމަވެސް، އެ ޢަމަލުތައް ފާސިދުކުރާ ކަންކަމެވެ. އަދި އެފަދަ ޢަމަލުތަކަކީ އެއްވެސް ޙާލެއްގައި ﷲ ތަޢާލާ ލޯބިވެވޮޑިގެންވާ ޢަމަލުތަކެއް ނޫނެވެ.

_ޢާމިރު ބިން ޢީސާ- ތަދައްބުރު-

 

މިއަދު އޮންލައިން