ދުނިޔޭގެ އާބާދީގައި މިހާރުވެސް 153 މިލިއަން ޔަތީމްކުދިން ވަރަށް ނިކަމެތި ޙާލުގައި އެބަތިއްބެވެ. ދިރާސާތަކުން ދައްކާ ގޮތުން ދުވާލަކު 10،000 ކުދިން ޔަތީމްވެއެވެ.
ޔަތީމްކުއްޖަކަށް އެހީތެރިވެދީ ބަލަހައްޓައިފި މީހާ ވާހުށީ ރަސޫލް އާއި އެންމެ އަރިއަހުގައިކަން ޙަދީޘފުޅުން އެނގެން އެބައޮތެވެ.
ދުނިޔޭގެ ކަންކޮޅުތަކުގައި ތިބި ޔަތީމްކުދިންނަށް އެހީވެދެވޭނެ ގޮތްތައް ބައިވަރެވެ. އެކަމަށް މަސައްކަތްކުރާ ޖަމިއްޔާތައް ބައިވަރެވެ. ޚަބަރުގެ ތިރީގައިވާ ލިންކުން މައުލޫމާތުދޭ ޖަމިއްޔާއިން ބުނެފައިވަނީ މަހަކު އެންމެ 50 ޑޮލަރު (800 ވަރަކަށް ރުފިޔާ) ހޭދަކުރާނަމަ ކުއްޖަކު ސްޕޮންސަރ ކުރެވިދާނެ ކަމަށެވެ.
ތަފާތު އަގު ނަގާ ޖަމިއްޔާތައް އެބަހުއްޓެވެ. އިންޓަރނެޓުން މައުލޫމާތު ހޯއްދެވޭނެއެވެ.
ބޭނުންފުޅު ނަމަ ރާއްޖޭގައި ތިބި ޔަތީމްކުދިންނަށް އެހީތެރިވެދެއްވައިގެންވައިގެން ވެސް ހަދީޘްފުޅުގައިވާ މަތިވެރި ދަރަޖަ ޙާޞިލްކުރެއްވިދާނެއެވެ.
އެމެރިކާގެ ޒަކާތު ފައުންޑޭޝަން މެދުވެރިކޮށް ސްޕޮންސަރ ކުރައްވަން: