ފާފަކުރެވޭ 3 ސަބަބު- މިއިން އެންމެ ކަމެއްވެސް ހިތުގަ ނުބާއްވާތި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
ފާފަކުރެވޭ 3 ސަބަބު- މިއިން އެންމެ ކަމެއްވެސް ހިތުގަ ނުބާއްވާތި!

ފާފައިގެ 3 އަސާސް:-

1- ކިބުރުވެރިކަން: 

އިބިލާހަށް ޖެހުނު ޙާލު ޖެހުނީ ކިބުރުވެރިވެ އާދަމުގެފާނަށް ސަޖިދަ ޖަހަން ދެކޮޅުހެދުމުގެ ސަބަބުން

2- އެދުންވެރިކަން/ދަހިވެތިކަން: 

އާދަމުގެފާނު ސުވަރުގެއިން ދުނިޔެއަށް ފޮނުއްވުނީ، އިތުރު ނިޢުމަތްތައް ލިބޭނެ ކަމަށް އިބްލީސް ދިން ވަސްވާހުގެ ސަބަބުން، ނިޢުމަތް ލިބުމުގެ މައްޗަށް ދަހިވެތިވެވަޑައިގެންނެވުމުން

3- ޙަސަދަވެރިކަން: 

ދުނިޔެ މަތީގައި އެންމެ ފުރަތަމަ ލޭ އޮހެރިގެންދިޔައީ އާދަމުގެފާނުގެ ދަރިކަލެއްގެ ހިތުގައި އޭނާގެ އަޚާގެ މައްޗަށް އުފެދުނު ޙަސަދަވެރިކަމެއްގެ ސަބަބުން 

الفوائد لابن القيم -رحمه الله-

 

- ޝައިޚް އަޙްމަދު ރިމާޒް

މިއަދު އޮންލައިން