ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް ކުރަން ބޭނުންވާނެ އެއްކަމަކީ ވީހާ ގިނައިން އަޅުކަންކުރުމެވެ. ނަމަވެސް އެހައި ގިނައިން އަޅުކަންކުރެވެނީ ވަރަށް މަދު މީހަކަށެވެ. އެހެންކަމާއިއެކުވެސް އަޅުކަންކުރުމުގައި އެންމެ ބޮޑަށް ކުއަރާފައިވާ މީހަކަށްވުމުގެ ފުރުޞަތު އެބަ އޮތެވެ.
ޙަދީޘްފުޅުގައި އޮތީ ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަން ނުކޮށް ދުރުހެލިވެގެން ހުރުމަކީ އަޅުކަން ކުރުމުގައި އެންމެ ބޮޑަށް ކުރިއަރައިދިއުންކަމަށެވެ. އަދި ﷲ ތަޢާލާ ދެއްވެވި މިންވަރަށް ޝުކުރުވެރިވާނަމަ އެމީހަކީ އެންމެ މުއްސަނދި މީހާ ކަމަށެވެ.
މަބަސްފުޅުތަކުން އެނގިގެންދަނީ ތަނަވަސްކަން އިތުރުކުރުމަށްޓަކައި ޙަލާލް ނޫން ގޮތުގައި އެއްވެސް އެއްޗެއް ނުހޯދުމުގެ މުހިންމުކަމެވެ. ޙަރާމް ކަމެއްކޮށްގެން އެއްވެސް އެއްޗެއް ހޯދައިގެން ނުވާނެ ކަމެވެ. އަދި ކޮންމެ މީހަކުވެސް ވާންޖެހޭނީ އެމީހަކަށް ދެއްވަވާ މިންވަރަށް ޝުކުރުވެރިވާ އަޅަކަށް ކަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން