ޢާއިލާއަށް ތަނަވަސްކަމާ އުފާވެރިކަން އަދި ދަރިންނަކީ އަޚްލާޤް ރަނގަޅު ބައަކަށް ހަދަން ބޭނުންނަމަ ފުރަތަމަ ކަމަކަށް ޒިނޭއާ ދުރުހެލިވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ޢާއިލާއަށް ތަނަވަސްކަމާ އުފާވެރިކަން އަދި ދަރިންނަކީ އަޚްލާޤް ރަނގަޅު ބައަކަށް ހަދަން ބޭނުންނަމަ ފުރަތަމަ ކަމަކަށް ޒިނޭއާ ދުރުހެލިވާށެވެ!

އެއްބައަކު ކަންބޮޑުވަނީ ޢާއިލާއަށް އާމްދަނީ ލިބޭ މިންވަރު މަދުވެގެންނެވެ. އަނެއްބައަކު ކަންބޮޑުވަނީ ޢާއިލާގެ ތެރޭގައި އުފާވެރިކަން ނެތިގެންނެވެ. އަނެއްބައަކު ކަންބޮޑުވެ ތެޅިފޮޅެނީ ލިބިފައިވާ ދަރިންގެ އަޚްލާޤް ގޯސްކަމުންނެވެ. ނުބައި މަގުތަކުން ކުދިންދާތީއެވެ. ބަސްޤަބޫލުނުކުރާތީއެވެ.

މިފަދަ މައްސަލަތަކާއިހުރެ ޢާއިލާތަކުން ކަންބޮޑުވަމުންދާއިރު މިހުރިހާ މައްސަލަތަކެއްވެސް ގޮސް ގުޅޭ އެއްކަމަކީ ޒިނޭކުރުމެވެ. މައިންބަފައިން ޒިނޭކުރުމެވެ. ކައިވެނީގެކުރިން ދެމީހުން ޒިނޭކުރާކަމެވެ. ކައިވެންޏަށްފަހު ހިލޭ މީހުންނާ ޒިނޭކުރާކަމެވެ.

ޒިޮނޭކުރުމަކީ ރިޒުޤަށް ހުރަސްއެޅޭކަމެކެވެ. ވީމާ ޒިނޭކުރާނަމަ ވަޒީފާ ނުލިބުން އަދި ކުރާ މަސައްކަތުގައި ބަރަކާތް ނުލެއްވެވުން ފަދަ ކަންކަން ކުރިމަތިވާނެއެވެ. ބޮޑެތި ބަލިތައް ޖެހޭނެއެވެ. ޢާއިލާގައި އޮންނަންޖެހޭ ގުޅުންތަކެއް ނުއޮންނާނެއެވެ. އުފާވެރިކަން ގެއްލޭނެއެވެ. އަދި ދަރިން ބަސްނޭހުމުގެ މައްސަލަތައް ކުރިމަތިވާނެއެވެ. ޒިނޭ އާއި ކައިރިވެސް ނުވަން ވަޙީބަސްފުޅުގައި މިފަދަ އެތައް ސަބަބުތަކަކަށްޓަކައެވެ. އެކަންކުރުމުން ލިބޭނެ ދެރަ ބޮޑުކަމުންނެވެ. ދެއްވަވާނެ ހިތްދަތިކަމާއި ޢަޛާބް ބޮޑުކަމުންނެވެ.

ޢިލްމްވެރިއަކު ވިދާޅުވެފައިވެއެވެ.

މައި ގޯހަކީ ޒިނޭކުރުން ކަމަށާއި ޒިނޭގެ ދަރިން ލިބުމުގެ މައްސަލަ ކުރިމަތިވަނީ ޒިނޭކުރުމުން ކަމަށްވާއިރު ފުރަތަމަ ކްންބޮޑުވެ، ހުއްޓުވަން ޖެހެނީ ޒިނޭކުރުމެވެ.

ހަމައެކަނި ގޯހަކީ ކައިވެނި ނުކޮށް ތިބެ ދަރިން ލިބި، އެދަރިން ބިކަވުމެއް ނޫނެވެ. ކައިވެނީގެ ކުރިން ޒިނޭ ކުރުމަކީ އެއިގެ ކުރިން ހަދާ ގޯހެކެވެ. ދެވަނަ ގޯސް ކަމަށްވާ ބަލިވެ އިނުމުން ފަޅާ އެރުމަކީ ފުރަތަމަ ގޯހުގެ ތެރެއިން ކުރިމަތިވާ ގޯހެކެވެ. އެހެންކަމުން މައި ގޯސް ކަމަށްވާ ޒިނޭއަށް އެޑްރެސް ނުކޮށް، އެއިން ފަޅާ ގޯހަށް ހަމައެކަނި ސަމާލުކަންދިނުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ.

ހަމައެކަނި ގޯހަކީ ނުއިނދެ ދަރިން ލިބި، އެދަރިން ބިކަވުމެއް ނޫނެވެ. އެއިގެ ކުރިން ހަދާ ގޯހަކީ ކައިވެނީގެ ކުރިން ޒިނޭ ކުރުމެވެ. ދެވަނަ ގޯހަކީ އެ ގޯހުން ފަޅާއަރާ ގޯހެކެވެ. އެހެންވީމާ މައި ގޯސް ކަމުގައިވާ ޒިނޭއަށް ސަމާލުކަންނުދީ، ޒިނޭކުރުން ހުއްޓާނުލައި އެއިން ފަޅާ ގޯހަށް ހަމައެކަނި ސަމާލުކަންދިނުމަކީ މައްސަލައަށް ޙައްލެއް ހޯދޭނެ މަގެއް ނޫނެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން