ތިމާމެންގެ ޢަމަލުތައް ނުބައިވުމުގެ ސަބަބުން މޫނުވަތައް ނަރަކައަށް ވެއްޓެންޖެހިދާނެ ކަމަށް ބިރުގަތުން މާއައުލާކަން ބޮޑު!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ތިމާމެންގެ ޢަމަލުތައް ނުބައިވުމުގެ ސަބަބުން މޫނުވަތައް ނަރަކައަށް ވެއްޓެންޖެހިދާނެ ކަމަށް ބިރުގަތުން މާއައުލާކަން ބޮޑު!: ޑރ. އިޔާޟް

"ގައުމު އަޑިޔަށް ހިނގައިދާނެތީ ބިރުގަންނަފަދައިން, ތިމާމެންގެ ޢަމަލުތައް ނުބައިވުމުގެ ސަބަބުން މޫނުވަތައް ނަރަކައަށް ވެއްޓެންޖެހިދާނެ ކަމަށް ބިރުގަތުން މާއައުލާކަން ބޮޑު!" ކަމަށް ދިނީ ޢިލްމްވެރިޔާ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ. 

ﷲ ތަޢާލާ ނޫޙުގެފާނުގެ ޤައުމު ޣަރަޤްކުރެއްވެވިއެވެ. ނަމަވެސް ނޫޙޫގެފާނާއި ނޫޙުގެފާނުގެ ގޮވާލެއްވުން ޤަބޫލުކޮށް ﷲ ތަޢާލާއަށް އީމާންވެ ބިރުވެތިވީ މީހުން ސަލާމަތްކުރެއްވެވިއެވެ. 

ﷲ ތަޢާލާ ލޫޠުގެފާނުގެ ޤައުމު ބަންޑުންޖެއްސެވިއެވެ. ނަމަވެސް ލޫޠޫގެފާނާއި ލޫޠޫގެފާނަށް ތަބާވެ އީމާންކަމުގައި ސާބިތުވެތިބި މީހުން ސަލާމަތްކުރެއްވެވިއެވެ. 

ﷲ ތަޢާލާ ފިރުއަޢުނާއި އޭނާގެ ލަޝްކަރު ޣަރަޤް ކުރެއްވެވިއެވެ. ނަމަވެސް މޫސާގެފާނާއި މޫސާގެފާނަށް ތަބަޢަވީ އެންމެން ސަލާމަތްކުރެއްވެވިއެވެ. 

ދިޔަވަރު ބޮޑުވުމުން ރާއްޖޭގެ ގިނަ ރަށްތަކަށްވުރެ މައްޗަށް ކަނޑުގެ ލޮނުގަނޑު އުފުލޭތާ އެތައް އަހަރެއް ވެއްޖެއެވެ. ދީލަތިވަންތަ އިލާހުގެ ރަޙްމަތްފުޅު ބޮޑުކަމުން ހަމަ އެރަށްތަކުގައި މީހުން ދިރިއުޅެނީ ސަލާމަތުންނެވެ. ވީމާ ވެރިކަމުން ކުރަން އޮތް ފުރަތަމަ ކަމަކީ ﷲ ތަޢާލާއަށް ފުރިހަމައަށް ކިޔަމަންތެރިވެ އެކަލާނގެ ބާވައިލެއްވެވި ޙުކުމްފުޅުތައް ތަންފީޒުކުރުމެވެ. ކީރިތި ޤުރްއާނަށް ޢަމަލުކުރުމެވެ. އުސްފަރުބަދަތަކުގެ މަތީގައި ތިބި ނަމަވެސް ސަލާމަތްކަން ލިބޭނީ ﷲ ތަޢާލާ ދެއްވެވި ނަމައެވެ. 

މިފަދަ ކޮންމެ ކަމަކީވެސް ޢިބްރަތުން ފުރިގެންވާ ކަންކަމެވެ.

މިއަދު އޮންލައިން