عظمت جـميل
ދުނިޔެ މަތީގައި އިންސާނުންނަށް އެކިއެކި މުސީބާތްތަކާއި ކުރިމަތިވުމަކީ، މިދުނިޔޭގައި ﷲ ލައްވާފައިވާ ދުނިޔެވީ ސުންނަތެކެވެ. އެއީ އެމީހުންގެ އީމާންތެރިކަން އިމްތިޙާން ކުރެއްވުމަށެވެ. މީސްތަކުން އީމާންވި އީމާން ވުމަކީ ތެދުވެރި އީމާންތެރިކަމެއްކަން ނުވަތަ އެއީ ނޫންކަން އިމްތިހާންކުރެއްވުމުގެ ގޮތުންނެވެ.
މި އިމްތިހާންތައް އިންސާނުންނަށް ކުރިމަތިވަނީ ތަފާތު ސިފަސިފައިގައެވެ. މިގޮތުން ޝައިޠޯނާގެ ކެހިވެރިކަމުގެ މަޅިތައް ހިމެނެއެވެ. ކޮންމެ އިންސާނެއްގެ ގާތުގައިވެސް ޝައިޠޯނެއް ﷲ ލައްވާފައިވެއެވެ. އޭނާގެ މަސައްކަތަކީ އޭނާއަށް ވީވަރަކުން މީސްތަކުން ﷲ ގެ މަގުން އެކަހެރިކޮށް ﷲ ގެ މަތިން ހަނދުމަކުރުމުން މީސްތަކުން ދުރުހެލިކުރުމެވެ.
﴿قَالَ فَبِمَا أَغْوَيْتَنِي لأَقْعُدَنَّ لَهُمْ صِرَاطَكَ الْمُسْتَقِيمَ. ثُـمَّ لآتِيَنَّهُم مِّن بَيْنِ أَيْدِيهِمْ وَمِنْ خَلْفِهِمْ وَعَنْ أَيـْمَانِـهِمْ وَعَن شَـمَائِلِهِمْ وَلاَ تَـجِدُ أَكْثَرَهُمْ شَاكِرِينَ﴾ (الأعراف 16-17)
މާނައީ: "އެކަލޭގެ ދެންނެވިއެވެ. އިބަރަސްކަލާނގެ ތިމަންނާ ތެދުމަގުން އެއްކިބާ ކުރައްވައި، ލެހެއްޓެވިކަމުގެ ސަބަބުން، ހަމަކަށަވަރުން، އެއުރެން އިބަރަސްކަލާނގެ ތެދުމަގަށް واصل ވުމަށް ހުރަސް އަޅާހުށީމެވެ. ދެން އެއުރެންގެ ކުރިމަތިންނާއި، ފަހަތުންނާއި، އެއުރެންގެ ކަނާތްފަރާތުންނާއި ވާތްފަރާތުން (ވަސްވާސްދިނުމަށް) އެއުރެންގެ ގާތަށް ތިމަން އަންނަ ހުށީމެވެ. އަދި އޭގެ ގިނަމީހުންނަކީ، شكر ކުރާ މީހުން ކަމުގައި އިބަރަސްކަލާނގެ ދެކެވޮޑިއެއް ނުގަންނަވާނޫއެވެ."
ކަންއޮތީ މިހެންކަމުން، ޝައިޠޯނާގެ މިޢަދާވަތްތެރިކަން ދަނެ، އެކަމަށް ހޭއަރަންޖެހެއެވެ. އިންސާނުންނަކީ ފަސޭހައިން ހަނދާންނެތޭ ބައެކެވެ. ފަސޭހައިން މަގުއޮޅިދާ ބައެކެވެ. ﷲ ތަޢާލާވަނީ ޝައިޠޯނުންގެ މިޢަދާވާތްތެރިކަން ބަޔާންކޮށްދެއްވާ، އެކަމުން ސަލާމަތްވެވޭނެ މަގުތައް އޮޅުންފިލުވައި ދެއްވާފައެވެ.
މިމަޒުމޫނުގައި ބަލާލާނީ - ﷲ ގެ ވާގިފުޅާއިއެކު - ޝައިޠޯނާގެ މަކަރުވެރި ރޭވުންތަކުން ސަލާމަތްވެވޭނެ ގޮތްތަކެވެ.
އަދި ނުނިމޭ
- عظمت جـميل