ޤުރްއާނަށް ފުރަގަސްތިއަދެނީ މި އިންޒާރު ނުފެންނާތީ ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ޤުރްއާނަށް ފުރަގަސްތިއަދެނީ މި އިންޒާރު ނުފެންނާތީ ހެއްޔެވެ؟

وَمَنْ أَعْرَضَ عَن ذِكْرِي فَإِنَّ لَهُ مَعِيشَةً ضَنكًا وَنَحْشُرُهُ يَوْمَ الْقِيَامَةِ أَعْمَىٰ

އަދި ތިމަންރަސްކަލާނގެ ޤުރްއާނަށް ފުރަގަސްދީފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށްއޮތީ، ދަތި ދިރިއުޅުމެކެވެ. އަދި ޤިޔާމަތްދުވަހުން އެމީހަކު ކަނުމީހެއްގެ ގޮތުގައި މަޙްޝަރަށް  ފޮނުއްވާހުށީމެވެ." (ޠާހާ: 124)

މިހާރަކަށް އައިސް ގިނައިން އަޑުއިވެއެވެ. "ޤާނޫނުގައި އޮތީ މިހެންނެވެ. އދ ގެ ޗާޓަރުގައި އޮތީ މިވެނިގޮތަށެވެ. މިވެނި އެވެނި ޖަމިއްޔާއަކުން ބުނަނީ މިހެންނެވެ." އެގޮތްގޮތަށް ޤާނޫނުވެސް ބުނެފާނެއެވެ. އެޖަމިއްޔާތަކުންވެސް ބުނެފާނެއެވެ. 

ސުވާލަކީ ޤިޔާމަތް ދުވަހު ޖަވާބުދާރީވާންޖެހެނީ ﷲ ތަޢާލާއަށް ކަމުގައިވާއިރު ޤުރްއާނުގައި ބަޔާންވެގެންވާ ގޮތަށް ޢަމަލުނުކުރީމާ ދެންވާނީ ކިހނެއްހެއްޔެވެ؟ ތިބާގެ ދިފާޢުގައި މަޖިލީހާއި މަޖިލީހުގެ ރައީސް އާއި މަޖިލިސް މެންބަރުންނަށް ނުވަތަ ސަރުކާރަށް އެދުވަހު ކުރެވޭނީ ކޮން ކަމެއްހެއްޔެވެ؟ އދ އާއި ޖަމާޢަތްތަކަށް ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟

މިއަދު އޮންލައިން