عظمت جـميل
شَيْطان ގެ ކިބައިން ސަލާމަތްވާނީ ކިހިނެއް؟
ޝައިޠޯނާގެ މަގުން ރައްކައުތެރިވުމަކީ ކޮންމެ މުސްލިމެއްގެ ވާޖިބެކެވެ. އެއީ އެކަމަށް ބޭނުންވެ މަސައްކަތްކުރާ ފަރާތަކަށް އުދަގޫކަމެއް ނޫނެވެ. ނަމަވެސް، އިންސާނުންނާއި މެދު އޮންނަ ޝައިޠޯނައިގެ ޢަދާވާތްތެރިކަމާއި، އިންސާނުން މަގުފުރެއްދުމަށް އޭނާ މަސައްކަތްކުރާކަން ޤަބޫލުނުކުރާ މީހަކަށް މިކަން ފަސޭހައެއް ނުވާނެއެވެ.
ޝައިޠޯނައިގެ ކިބައިން ރައްކައުތެރިވުމަށް ކުރަންހުރި މުހިއްމު ކަންތައް ތިރީގައި އެވަނީއެވެ.
1. ޝައިޠޯނައިގެ ނުބައިކަމުން ސަލާމަތް ކޮށްދެއްވުން އެދި ﷲ ގެ حَضرة ގައި ގިނަގިނައިން ދެންނެވުން؛ ކީރިތި މާތް ނަބިއްޔާ محمد އާ މުޚާޠަބު ކުރައްވާ ﷲ ވަޙީކުރައްވާފައިވެއެވެ.
﴿وَإِمَّا يَنزَغَنَّكَ مِنَ الشَّيْطَانِ نَزْغٌ فَاسْتَعِذْ بِاللَّـهِ ۚ إِنَّهُ سَـمِيعٌ عَلِيمٌ﴾ (الأعراف 200) "އަދި ހަމަކަށަވަރުން، شيطان އާގެ ފަރާތުން ވަސްވާސްތެރިކަމެއް އައިސް ކަލޭގެފާނުގެ ހިތްޕުޅަށް ވަންނަނަމަ، ﷲ ގެ ރައްކާތެރިކަމަށް އެދިވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގަންނަވާ ރަސްކަލާނގެއެވެ."
ހަމަ އެފަދައިން "ބިސްމި" ކިއުމަކީވެސް ޝައިޠޯނާއަށް އާދަޔާ ޚިލާފު އަސަރެއް ކުރުވާ ކަމެކެވެ. "عَنْ أَبِي الْمَلِيحِ، عَنْ رَجُلٍ، قَالَ كُنْتُ رَدِيفَ النَّبِيِّ صلى الله عليه وسلم فَعَثَرَتْ دَابَّتُهُ فَقُلْتُ تَعِسَ الشَّيْطَانُ. فَقَالَ: " لاَ تَقُلْ تَعِسَ الشَّيْطَانُ فَإِنَّكَ إِذَا قُلْتَ ذَلِكَ تَعَاظَمَ حَتَّى يَكُونَ مِثْلَ الْبَيْتِ وَيَقُولَ بِقُوَّتِي وَلَكِنْ قُلْ بِسْمِ اللَّهِ فَإِنَّكَ إِذَا قُلْتَ ذَلِكَ تَصَاغَرَ حَتَّى يَكُونَ مِثْلَ الذُّبَابِ" (أبو داود، كتاب الأدب) " އަބޫ މަލީހު މީހެއްގެ ފަރާތުން ރިވާކުރައްވަތެވެ. ނަބިއްޔާ ﷺ ގެ ފަހަތްޕުޅުގައި ތިމަންނަ ވަނިކޮށް، އެކަލޭގެ ފާނުގެ ސަވާރީ ކައްސާލައިގެން ވެއްޓިއްޖެއެވެ. އެވަގުތު ތިމަންނަ ދެންނެވީމެވެ. ޝައިޠޯނާ ހަލާކުވެއްޖެއެވެ. އެހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. ޝައިޠޯނާ ހަލާކުވެއްޖެއޭ ވިދާޅުނުވާށެވެ. ފަހެ ކަލޭގެ ފާނުން އެހެން ވިދާޅުވުމުން، ގެއެއްވަރު ވެއްޖައުމަށް ދާދެން އޭތި ބޮޑުވެއެވެ. އަދި ބުނެއެވެ. ތިކަމެއް ތިވީ ތިމަންނަގެ ބާރުންނެވެ. އެހެނެއްކަމަކު (ބިސްމިﷲ) ވިދާޅުވާށެވެ. އޭރުން މެއްސެއްވަރު ވެއްޖައުމަށް ދާންދެން އޭތި ކުޑަވާނެއެވެ."
2. ނަމާދަށް ރައްކައުތެރިވުން؛
ޚާއްޞަކޮށް ޖަމާޢަތުގެ ނަމާދަށް ރައްކައުތެރިވުމެވެ. ނަމާދަށް ރައްކައުތެރިވުމަކީ އޭގެ ސަބަބުން ތިބާއަށް އެންމެ ބޮޑު ހިތްހަމަޖެހުމަކާއި ރައްކައުތެރިކަމެއް ލިބޭ ޢަމަލެވެ. ޖަމާޢަތުގެ ނަމާދަށް ރައްކައުތެރިވުމަކީ އޭގެ ސަބަބުން ޝައިޠޯނާއަށް އެމީހުންގެ މެދަށް ވަނުމަށް އެންމެ އުދަގޫވާ އެއްކަމެވެ. ޖަމާޢަތުގެ ނަމާދާއިމެދުގައި ފަރުވާކުޑަ ނުކުރުމަށް ނަބިއްޔާ ﷺ ވަނީ އިރުޝާދުދެއްވާފައެވެ. "مَا مِنْ ثَلاثَةٍ فِي قَرْيَةٍ وَلا بَدْوٍ لاَ تُقَامُ فِيْهِمْ الصَّلاَة إِلاَّ قَدْ اِسْتَحْوَذَ عَلَيْهِمْ الشَّيْطَانُ. فَعَلَيْكُم بِالْـجَمَاعَةِ، فَإِنَّـمَا يَأْكُلُ الذِّئْبُ مِنَ الْغَنَمِ الْقَاصِيَة" (أبو داود، كِتَاب الفَضَائِل) "އަވަށެއްގައި ނުވަތަ ސަހަރާގައި ތިންމީހުން ތިބެ، އެމީހުންގެ މެދުގައި ޖަމާޢަތުގެ ނަމާދު ޤާއިމު ނުކުރާނަމަ އެބައެއްގެ މައްޗަށް ޝައިޠޯނާ ވެރިވެއްޖެކަން ކަށަވަރެވެ. ފަހެ ޖަމާޢަތުގެ ނަމާދަށް ރައްކައުތެރިވާށެވެ. ހަމަކަށަވަރުން ހިޔަޅު ޖަހާގަންނަނީ ބަކަރި އައިނާ ވަކިން އޮންނަ ބަކަށްޓެވެ"
عظمت جـميل