މަރުވެފަ ތިބި 99 އަންހެނުންގެ ހަށިގަނޑާ ޖިންސީ ގުޅުންހިންގި އިނގިރޭސިވިލާތުގެ ޝައިޠޯނާ، 2 އަންހެނަކު މަރާލިކަމަށް އެއްބަސްވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 40ސ
މަރުވެފަ ތިބި 99 އަންހެނުންގެ ހަށިގަނޑާ ޖިންސީ ގުޅުންހިންގި އިނގިރޭސިވިލާތުގެ ޝައިޠޯނާ، 2 އަންހެނަކު މަރާލިކަމަށް އެއްބަސްވެއްޖެ

މަރުވެފަ ތިބި 99 އަންހެނުންގެ ހަށިގަނޑާ ޖިންސީ ގުޅުންހިންގިކަން ތަޙްޤީޤަށް ސާބިތުކުރެވިފައިވާ އިނގިރޭސިވިލާތުގެ ޝައިޠޯނާ، ޑޭވިޑް ފުލަރ، 2 އަންހެނަކު މަރާލިކަމަށް އެއްބަސްވެއްޖެއެވެ. 

އޭނާ މިޢަމަލުތައް ހިންގާފައިވަނީ ހޮސްޕިޓަލެއްގެ އިލްކްރިކް މެކޭނިކެއްގެ ވަޒީފާ އާއި ސުޕްރވައިޒަރެއްގެ ވަޒީފާ އަދާކުރަމުން، އެހޮސްޕިޓަލުގެ މޯޗަރީގައި ބަހއްޓާފައި ހުރި ހަށިގަނޑުތަކަކަށެވެ. މީގެ ތެރޭގައި 18 އަހަރު ނުފުރޭ 3 ހަށިގަނޑުވެސް ހިމެނެއެވެ. 

އޭނާ އިނގިރޭސިވިލާތުގެ ހޮސްޕިޓަލެއްގައި މަސައްކަތްކޮށްފައިވަނީ ދަންވަރު ޑިޔުޓީގައިކަމަށްވެފައި ހޮސްޕުޓަލުގެ ހުރިހާ ތަނަކަށް ވަނުމުގެ އެކްސެސް ދެވިފައިވާތީ މޯޗަރީގައި ގިނަވަގުތު އެކަނި އުޅުމުގެ ފުރުޞަތު އޭނާއަށް ވަނީ ލިބިފައެވެ. 

އޭނާ ހައްޔަރުކޮށފައިވަނީ މިދިއަ އަހަރުގެ ޑިސެމްބަރު މަހު ގޭގައި ހުއްޓައެވެ.

މިއަދު އޮންލައިން