އިންސާނުންނަށް ޝައިޠޯނާގެ ޢަދާވަތްތެރިކަން 4: މީސްތަކުން މަގުފުރެއްދުމަށް އިބިލީސް ބޭނުންކުރާ 6 އުކުޅު-

ކިޔުމަށް ހޭދަވާނީ 8މ 55ސ
އިންސާނުންނަށް ޝައިޠޯނާގެ ޢަދާވަތްތެރިކަން 4: މީސްތަކުން މަގުފުރެއްދުމަށް އިބިލީސް ބޭނުންކުރާ 6 އުކުޅު-

عظمت جـميل

شَيْطان އަދި إِبْلِيْس ގެ ތަޢާރަފު.

އިންސިންނާއި ޖިންނިންގެ ތެރެއިން، ނުބައިކަންތައްތަކުގައި ޢަމަލާއި ބަހުން ހައްދު ފަހަނައަޅައި ދާނަމަ، އެމީހަކަށް ނުވަތަ އެ ޖިންނިއަކަށް ޝައިޠޯނެކޭ ބުނެވެއެވެ. 

﴿وَكَذَٰلِكَ جَعَلْنَا لِكُلِّ نَبِيٍّ عَدُوًّا شَيَاطِينَ اْلإِنسِ وَالـْجِنِّ يُوحِي بَعْضُهُمْ إِلَىٰ بَعْضٍ زُخْرُفَ الْقَوْلِ غُرُورًا ۚ وَلَوْ شَاءَ رَبُّكَ مَا فَعَلُوهُ ۖ فَذَرْهُمْ وَمَا يَفْتَرُونَ﴾ (الأنعام 112) "ހަމައެފަދައިން، ތިމަންރަސްކަލާނގެ، ކޮންމެ ނަބީބޭކަލަކަށް އިންސީންނާއި، ޖިންނީންގެ شيطان ން عداوة ތެރިން ކަމުގައި ލެއްވީމެވެ. އޭގެ އެއްބަޔަކު އަނެއްބަޔަކަށް ހެއްލުންތެރި ކުރުމަށް މަތިއޮމާންކޮށްފައިވާ باطل ބަސްތަކުން ވަސްވާސްދީ އުޅެތެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިރާދަކުރެއްވިނަމަ، އެއުރެން އެކަންތަކެއް ނުކުރީހެވެ. ފަހެ، އެއުރެން ހަދާ ދޮގުތަކާއެކު، ކަލޭގެފާނު އެއުރެން ދޫކޮށްލައްވާށެވެ!"

إِبْلِيْس އަކީ މަލަކޫތީ ޢާލަމުގައި ﷲ ލެއްވި ޖިންނިއެކެވެ. آدم عليه السلام އަށް ސަޖިދަ ކުރުމަށް ﷲ ކުރެއްވި އަމުރުފުޅަށް ނުކިޔަމަންތެރިވެ ބޮޑާވުމުގެ ސަބަބުން ބިމަށް ފޮނުވާލެއްވީއެވެ. އެހެންކަމުން ޝައިޠޯނު މިއީ އިބްލީހުގެ ސިފައެކެވެ. 

މީސްތަކުން މަގުފުރެއްދުމަށް إِبْلِيْس ބޭނުންކުރާ އުކުޅުތައް:

ޝައިޠޯނާގެ ކެހިވެރިމަޅިތަކުން ސަލާމަތްވެ، ﷲ ރުއްސަވާ މަގުގައި ސާބިތުވުމަށް، އެޝައިޠޯނާގެ ކެހިވެރި މަޅިތައް ދެނެގަތުން މުހިއްމެވެ. 

1. އެފާފައަކީ ރަނގަޅު، ހެޔޮކަމެއްކަމުގައި ވިސްނައިދިނުން؛ ﴿وَقَالَ مَا نَـهَاكُمَا رَبُّكُمَا عَنْ هَـٰذِهِ الشَّجَرَةِ إِلاَّ أَن تَكُونَا مَلَكَيْنِ أَوْ تَكُونَا مِنَ الْخَالِدِينَ﴾ (الأعراف 20) "އަދި އެކަލޭގެ ދެންނެވިއެވެ. ތިޔަ ދެކަނބަލުން ދެ ملائكة ން ކަމުގައި ވެދާނެ ކަމަށްޓަކައި، ނުވަތަ އަބަދަށް ދެމިތިބެނިވި މީހުންގެ ތެރެއިން ތިޔަ ދެކަނބަލުން ވެދާނެކަމަށްޓަކައި މެނުވީ ތިޔަ ދެކަނބަލުންގެ ވެރިރަސްކަލާނގެ ތިޔަ ދެކަނބަލުން އެގަހާ ކައިރިވެވަޑައިގަތުން منع އެއް ނުކުރައްވަތެވެ."

2. އޮޅުވާލުން؛ ޙަރާމްކަންތައް އެއީ ހުއްދަކަންތައްކަމުގައި ދެއްކުމާއި، ހުއްދަކަންތައް އެއީ ޙަރާމްކަންތައް ކަމުގައި ދެއްކުން. މިގޮތުން، ރިބާގެ މުޢާމަލާތަކީ ހުއްދަ، އަދި އެއާނުލާ އިގުތިސާދީ މުޢާމަލާތްތައް ނުކުރެވޭނެކަމެއްކަމުގައި މިވަނީ ގަބޫލުކުރެވިފައެވެ. 

3. ތައުބާވުމަކީ ފަހުން ކުރަން އޮތްކަމެއްކަމުގައި ދެއްކުން؛ ތައުބާވެވޭނީ މީހާ އިސްލާހުވެގެންކަމާއި، މީހާ އިސްލާހުވުމަކީ އުދަގޫ، ބުރަ ކަމެއްކަމާއި، އިސްލާހުވެއްޖެވެއްޖެ ނަމަ ތިމާގެ އެތައް ރައްޓެހިންނެއް ގެއްލި، ތިމާ ކުރަމުންއަންނަ އެތައް ކަމެއް ހުއްޓުމަކަށް އަންނާނެކަމުގެ ބިރު، މީހާގެ ހިތައް ވިސްނައިދެއެވެ. 

4. ﷲ ރަޙުމަތާއިމެދު މާޔޫސްކުރުވުން؛ ތިމާގެ ފާފަތައް ގިނަކަމާއި، ފާފަތަކުގެ ބޮޑުކަމުން، ތައުބާވުމަކީ ތިމާއަށް ކުރެވޭނެކަމެއް ނޫންކަމާއި، ތައުބާވިޔަސް ﷲ އެތައުބާ ޤަބޫލުނުކުރައްވާނެކަމަށް ތިމާއަށް ވިސްނައިދެއެވެ. ﴿قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَىٰ أَنفُسِهِمْ لاَ تَقْنَطُوا مِن رَّحـْمَةِ اللَّـهِ ۚ إِنَّ اللَّـهَ يَغْفِرُ الذُّنُوبَ جَـمِيعًا ۚ إِنَّهُ هُوَ الْغَفُورُ الرَّحِيمُ﴾ (الزمر 53) "ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ نفس ތަކުގެ މައްޗަށް ފާފައިން إسراف ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން اللَّه ގެ رحمة ން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، اللَّه އީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ."

5. އަވަހަށް ރުޅިއަންނަ މީހެއްކަމުގައިވުން؛ ފަސޭހައިން ރުޅިއަންނަ މީހުންގެ މައްޗަށް ބާރުފޯރުވުމަށް ޝައިޠޯނާއަށް ވަރަށް ފަސޭހަވެއެވެ. އެހެނީ މީހާ ރުޅިއައުމުން، އޭނާގެ ކަންތައް ކޮންޓްރޯލު ކުރާނީ ޝައިޠޯނާއެވެ. އެހިނދު އޭނާ ލައްވައި އެކިއެކި ފާފަތައް ކުރުވެއެވެ. ރުޅިން ދުރުހެލިވުމަށް ނަބިއްޔާ  އިރުޝާދުދެއްވާފައިވަނީ މިސަބަބަށްޓަކައެވެ.. " عَنْ أَبِي هُرَيْرَةَ رضى الله عنه أَنَّ رَجُلاً، قَالَ لِلنَّبِيِّ  أَوْصِنِي‏.‏ قَالَ ‏"‏ لاَ تَغْضَبْ ‏"‏‏.‏ فَرَدَّدَ مِرَارًا، قَالَ ‏"‏ لاَ تَغْضَبْ " (البخاري، كتاب الأدب، بَابُ الْـحَذَر من الغضب) "أَبُو هُرَيْرَة  ވިދާޅުވިއެވެ. ނަބިއްޔާ  އަރިހުގައި މީހަކު ދެއްނެވިއެވެ. ތިމަންނައަށް ވަޞިއްޔަތެއް ކޮށްދެއްވާށެވެ. އެހިނދު  ވިދާޅުވިއެވެ. 'ތިބާ ރުޅި ނާންނާށެވެ' އެމީހާ ދެންނެވި ދެންނެވުން އެތަކެއް ފަހަރު ތަކުރާރު ކުރެއްވިއެވެ. އޭގެ ޖަވާބުގައި ނަބިއްޔާ  ވިދާޅުވިއެވެ. 'ތިބާ ރުޅި ނާންނާށެވެ' " ﷲ ވަޙީ ކުރައްވާފައިވެއެވެ. ﴿الَّذِينَ يُنفِقُونَ فِي السَّرَّاءِ وَالضَّرَّاءِ وَالْكَاظِمِينَ الْغَيْظَ وَالْعَافِينَ عَنِ النَّاسِ ۗ وَاللَّـهُ يُحِبُّ الْمُحْسِنِينَ﴾ (آل عمران 134) "އެއުރެންނަކީ، ތަނަވަސްކަމުގައްޔާއި، ދަތި حال ގައި، (މުދާ) ހޭދަކޮށް އުޅޭމީހުންނެވެ. އަދި، ރުޅި މަތަކޮށް ހިފަހައްޓާ މީހުންނެވެ. އަދި، މީސްތަކުންނަށް މާފުކުރާ މީހުންނެވެ. إحسان ތެރިންދެކެ اللَّه ލޯބިވެވޮޑިގެންވެއެވެ."

6. ހެއްލުންތެރ ވަޢުދުތައްކުރުން؛ ﴿يَعِدُهُمْ وَيُمَنِّيهِمْ ۖ وَمَا يَعِدُهُمُ الشَّيْطَانُ إِلاَّ غُرُورًا﴾ (النساء 120) "شيطان އާ އެއުރެންނަށް وعد ކުރެތެވެ. އަދި، އެއުރެންލައްވައި باطل އުންމީދު ކުރުވަތެވެ. އަދި، ހެއްލުންތެރިކަން މެނުވީ شيطان އާ އެއުރެންނަކަށް وعد އެއް ނުކުރެތެވެ."

މިއަދު އޮންލައިން