ޤިޔާމަތް ދުވަހު ސަޖިދަކުރަން ނިދާއިއްވެވުމުން ބުރަކަށިތައް ދަގަނޑުފަދައިން ހަރުވެ ސަޖިދަ ނުކުރެވޭނެ މީހުންގެ ވާހަކަ ޤުރްއާނުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ޤިޔާމަތް ދުވަހު ސަޖިދަކުރަން ނިދާއިއްވެވުމުން ބުރަކަށިތައް ދަގަނޑުފަދައިން ހަރުވެ ސަޖިދަ ނުކުރެވޭނެ މީހުންގެ ވާހަކަ ޤުރްއާނުން-

ޤިޔާމަތް ދުވަހު މީސްތަކުންގެ ހިސާބު ބެއްލެވުމުގެކުރިން އެންމެން ސަޖިދަކުރަން ނިދާ އިއްވެވޭ ހުއްޓެވެ. ނަމަވެސް ސަޖިދަ ކުރެވޭނީ ދުނިޔޭގައިވެސް ސަޖިދަކުރި ބައަކަށެވެ. އެހެން މީހުންގެ ބުރަކަށުތައް ދަގަނޑު ފަދައިން ހަރުވެފައި ހުރުމުން ސަޖިދަ ނުކުރެވޭނެއެވެ. 

"ކަންތައްތައް ބޮޑުވެދާ ދުވަސް (އެބަހީ: ޤިޔާމަތް ދުވަސް) ހަނދުމަކުރާށެވެ! (އެދުވަހުން) އެއުރެންނަށް ސަޖިދަ ކުރުމަށް ގޮވައިލައްވާނެތެވެ. ފަހެ، އެއުރެންނަކަށް (އެކަމަކަށް) ކުޅަދާނަވެގެނެއްނުވާނެތެވެ."

"(އެއުރެން ތިބޭހުށީ) އެއުރެންގެ ލޯތައް ތިރިވެ، އެއުރެންގެ މައްޗަށް ނިކަމެތިކަން ވެރިވެފައެވެ. ހަމަކަށަވަރުން، އެއުރެން ސަލާމަތުން ތިބިއިރު، ސަޖިދަ ކުރުމަށް ގޮވައިލައްވާ ކަމުގައިވިއެވެ."

(އަލްޤަލަމް: 42،43) 

"ޤިޔާމަތުގެ ވާހަކަ"އިގަ: " ދެންފަހެ މާތްރަސްކަލާނގެ خلق ތަކުންގެ މެދުގައި ނިޔާތައް ކަނޑައެޅުއްވުމަށް ތައްޔާރު ކުރެއްވުމާއި އެކު،  އެންމެން سجدة ކުޅައުމަށް ނިދާއެއް އިއްވެވޭހުއްޓެވެ. 

ދެންކާފަރުންނޫން އެހެންއެންމެން سجدة އަށް ތިރިވެދާހުށި. ކާފަރުންދަންނައެ. އެއުރެންނަކަށް އެކަމަކަށް ކުޅަދާނައެއް ނުވާހުއްޓެވެ. އެއުރެންގެ ބުރަކަށި ހުންނަހުށީ ދަގަނޑު ފަތްގަނޑެއްހެން ވެފައެވެ. މިއީ މާތްރަސްކަލާނގެ وحى ކުރެއްވި މި آية ގައި އެއޮތްފަދައިންނެވެ. يَوْمَ يُكْشَفُ عَن سَاقٍ وَيُدْعَوْنَ إِلَى السُّجُودِ فَلَا يَسْتَطِيعُونَ" އެވަނީ މި ބަޔާތްކުރެވުނު 42 ވަނަ އާޔަތްތަކުގެ ވާހަކައެވެ. 

43 ވަނަ އާޔަތުން އެނގިގެންދަނީ އެމީހުންނަށް އެޙާލަތު ޖެހެނީ ދުނިޔޭގައި ސަލާމަތުން ތިބިއިރު ނަމާދުކުރަން (ބަންގިގޮވުމުން) ނަމާދުކުރަން ޢިޖާބް ނުދިނުމުން ކަމެވެ. 

- "ޤިޔާމަތުގެ ވާހަކަ" ކުރިއަސް މިގެންދަނީ މުޞައްނިފް ލިޔުއްވާފައިވާ ގޮތަށްކަމަށްވުމުން ކިޔުންތެރިނެގެ މައުލޫމާތަށްޓަކައި

މިއަދު އޮންލައިން