އިސްލާމްދީނާ ދެކޮޅު ޢަމަލުތައް ހިންގާއިރު އެކަމާ އަޅާނުލާ ހަނުހުރުމަކީ މުސްލިމަކަށް ހުއްދަކަމެއް ނޫން!: ޑޜ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
އިސްލާމްދީނާ ދެކޮޅު ޢަމަލުތައް ހިންގާއިރު އެކަމާ އަޅާނުލާ ހަނުހުރުމަކީ މުސްލިމަކަށް ހުއްދަކަމެއް ނޫން!: ޑޜ. އިޔާޟް

އިސްލާމްދީނުގައި ޝަރްޢުކުރައްވާފައިވާ ކަމެއް ނެތްކަމެއްގެ ގޮތުގައި ބުނެވޭހިނދު، އަދި ދީނަށް ފުރައްސާރަ ކުރެވޭ ހިނދު, އަދި ދީނާއި ދެކޮޅު ޢަމަލުތައް ހިންގޭ އިރެއްގައި އެކަމާ އަޅައިނުލާ ހަނު ހުރުމަކީ މުސްލިމަކަށް ހުއްދަވެގެންވާނެ ކަމެއް ނޫންކަން ދަންނަން ޖެހޭނެއެވެ. 

މިކަން މިގޮތަށް (ދިވެހި ރައްޔިތުންނަކީ މުސްލިމުން ކަމުގައި، ރާއްޖެއަކީ ސައްތައިންސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި) ދެމި އޮތުމުގައި الله ގެ ރަޙްމަތަށްފަހު ދިވެހި އަބްޠާލުން ކުރެއްވި ބުރަ މަސައްކަތް ފާހަގަ ކުރަންޖެހެއެވެ. އެހެންކަމުން, އަންނަން އޮތް ޖީލުތަކާއި ހަމައަށް މިގޮތުގައި މިދީބު ދަމަހައްޓަން މަސައްކަތް ކުރުމަކީ ކޮންމެ ދިވެއްސެއްގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތެކެވެ.

މާތް الله އަޅުގަޑުމެން އެންމެންނަށް ހެޔޮ ތައުފީގް މިންވަރު ކުރައްވާށި. ދީނުގެ ޢަދާވާތްތެރިން ބަލިކަށި ކުރައްވާ ނެތި ކުރައްވާށި. އާމީން.

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން