ރަސޫލް ޞޢވ, ޢާއިޝަތުގެފާނަށް ވަގުތު ދެއްވަންވެގެން ޞަޙާބީންގެ އަރިހުން ވަގުތު ހޯއްދެވި! އަހަރެމެންނަށް އެކަން އެބަކުރެވޭތަ؟: ޑރ. ޔާސިރު ޤާދީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ރަސޫލް ޞޢވ, ޢާއިޝަތުގެފާނަށް ވަގުތު ދެއްވަންވެގެން ޞަޙާބީންގެ އަރިހުން ވަގުތު ހޯއްދެވި! އަހަރެމެންނަށް އެކަން އެބަކުރެވޭތަ؟: ޑރ. ޔާސިރު ޤާދީ

ރަސޫލް ﷺ ގެ ޙަޔާތްޕުޅަސް ބަލައިފިނަމަ ޢާއިޝަތުގެފާނަށް ވަގުތު ދެއްވަވަންވެގެން އެވަގުތުކޮޅު ހުސްކޮށްލަދެއްވެވުން ޞަހާބީންގެ އަރިއަހުން އެދިވަޑައިގެންފައިވެއެވެ. އެއިގެ މާނައަކީ ޢާއިޝަތުގެފާނުގެ އަރިއަހުން އެނބުރިވަޑައިގަންނަވަންދެން ކަންކަމުގައި އިތުރު އެކަލޭގެފާނު ހޯއްދަވަން ނުއުޅުއްވަވައި މަޑުކޮށް ލެއްވެވުމެވެ.

ނަމަވެސް މިއަދު އަހަރެމެންގެ ދިރިއުޅުމުގެ ކަންކަން މިހުރީ ކިހިނަކުން ހެއްޔެވެ؟ ފިރިމީހާއަށް އަނބިމީހާއަށް ވަގުތެއް ނުދެވެއެވެ. އަނބިމީހާއަށް ފިރިމީހާއަށް ވަގުތެއް ނުދެވެއެވެ. އެކުގައިތިބޭއިރުވެސް އެންމެ ބޮޑު ސަމާލުކަމެއް ދެވެނީ ފޯނަށެވެ. 

މިކަންކަން އިޞްލާޙްކުރަން އެބަޖެހެއެވެ. ދެމަފިރިން އެކަކު އަނެކަކަށް ވަގުތު ނުދެވޭނަމަ ޖެހޭ މައްސަލަތައް ގިނަވާނެއެވެ. ދެމަފިރިންގެ ގުޅުން ދާނީ ކެނޑެމުންނެވެ. ނުވެސް އެނގިތއްބާ ކުރިންވީ ލޯބި ފޫހިކަމަށް ބަދަލުވެ ވަރިފަށަށް އަރާނެއެވެ. އަރާނީއެއް ނޫނެވެ. ދަނީ އަރަމުންނެވެ. ކައިވެނިތައް ރޫޅެމުންނެވެ. 

މިކަމުގައި ވަކިމީހަކަށް ބުރަވާކަށް ނެތީމެވެ. ގިނަފަހަރު ވަގުތު ނުދެވެނީ ފިރިންނަށް ނަމަވެސް އަނބިންނަށް ވަގުތު ނުދެވުމުގެ މައްސަލަތައްވެސް ކުރިމަތިވެއެވެ. ވީމާ މިއީ ދެމަފިރިންވެސް ވިސްނަން ޖެހިފައިވާ ކަމެކެވެ. 

- ޑރ. ޔާސިރު ޤާދީގެ ދަރުސަކުން

މިއަދު އޮންލައިން