އަވަށްޓެރިޔާ ޢަބްދުﷲ ޢަފީފް އެންމެފަހުން އަޅުގަނޑުގާތު ބުނިވާހަކަ- މަރަށް ތައްޔާރުވެގެން ހުރިކަން އެނގިގެންދޭ!

މިއަދު
ކިޔުމަށް ހޭދަވާނީ 34ސ
އަވަށްޓެރިޔާ ޢަބްދުﷲ ޢަފީފް އެންމެފަހުން އަޅުގަނޑުގާތު ބުނިވާހަކަ- މަރަށް ތައްޔާރުވެގެން ހުރިކަން އެނގިގެންދޭ!

"މިހިނގާ ކަންކަމަށް އެހައިބޮޑަށް އަޅައިލާނެ ކަމެއް ނެތް! ވިސްނާނެ ކަމެއްވެސް ނެތް! ނަމާދުކޮށްލައިގެން ރަނގަޅަށް އުޅެވޭތޯ ބެލީމާ އެ ނިމުނީ! ކޮންމެވަގުތަކުވެސް މަރުވެދާނެ! އެއިރުން އެމީހާގެ ކަންކަން އެނިމުނީ!" 

މިއީ އަވަށްޓެރިޔާ ޢަބްދުﷲ ޢަފީފް އެންމެފަހުން އަޅުގަނޑުގާތު ބުނިވާހަކައެވެ. ޢާއިލާއިން ލިބޭ މައުލޫމާތަށްބަލާއިރު އެއީ ވެއްޓުމުގެ ޙާދިސާ ހިނގުމުގެ 7- 8 ގަޑިއިރު ކުރިއެވެ. 

ޢަބްދުﷲ ޢަފީފަކީ ނަމާދު ޤާއިމުކުރާ އަޚެކެވެ. ޢާއިލާއިން ލިބޭ މައުލޫމާތުން އެނގޭ ގޮތުގައި އެދުވަހުގެ ހުރިހާ ނަމާދެއް ކުރިއެވެ. އަދި ގެއިން ނުކުތީ ޤުރްއާން ކިޔަވައިފައެވެ. 

ދުޢާއަކީ މަރުޙޫމްގެ ފުރާނައަށް ސުވަރުގެ މިންވަރުކުރެއްވެވުމެވެ. ޢާއިލާއަށް ކެތްތެރިކަން މިންވަރުކުރެއްވެވުމެވެ.

މިއަދު އޮންލައިން