މިރެއަކީ ޚާއްޞަ ރެއެކެވެ 11:00 ގައި 3 މައްޔިތުންގެ މައްޗަށް އެކުގައި ކަށުނަމާދުކުރެވުނު ރެއެކެވެ. ޖަނާޒާ ބޭއްވުނީވެސް އެކުއެކުގައި އެއްވަގުތެއްގައެވެ. ގިނަ އަދަދެއްގެ ބައަކު ކަށުނަމާދާއި ޖަނާޒާގައި ބައިވެރިވިއެވެ. އެއިން ކޮންމެ މީހަކު އެ މަސައްކަތްކުރީ 6 އަޖުރުގެ (އުހުދު ފަރުބަދައިގެ ސައިޒުގެ/ އެހައިގިނަ) ސަވާބު ހޯދުމަށެވެ.
ކަށުނަމާދުގެ ކުރިންނާއި ޖަނާޒާގެ ކުރިން ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު ދީނީ ނަބޭޙަތްކޮޅެއް ދެއްވެވިއެވެ. ޝައިޚް ވިދާޅެދެއްވީ ކޮންމެ މީހަކަށްވެސް އެންމެ މުހިންމީ ފަރުޟު 5 ނަމާދުކުރުން ކަމެވެ. އަދި ޖަނާޒާތަކުގައި ބައިވެރިވުމަކީ މަރުހަނދާންވުން ގިނަވާނެ ކަމެއް ކަމަށެވެ.
ކޮންމެ މީހަކީވެސް މަރުވުމާއި ވަރަށް ގާތުގައި ހުރިމީހެއް ކަމާއި ނުއެނގެނީ މަރުވާނެ ވަގުތުކަމެވެ. ވީމާ އޮތީ ވީހައި ގިނަ ހެޔޮ ޢަމަލުތައްކޮށް އެ ޢަމަލުތައް ހިފައިގެން ކައްވަޅަށްދާން މަސައްކަތްކުރުން ކަމަށެވެ.