ދަރިޔެއްގެ ސަބަބުން މައިމީހާ ކަރުނަ އަޅައިފިނަމަ، އެދަރިޔަކު ސުވަރުގެ ނުވަންނާނެ!: ޝައިޚް އާދަމް ޝަމީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 22ސ
ދަރިޔެއްގެ ސަބަބުން މައިމީހާ ކަރުނަ އަޅައިފިނަމަ، އެދަރިޔަކު ސުވަރުގެ ނުވަންނާނެ!: ޝައިޚް އާދަމް ޝަމީމް

رَسُوْلُ اللهِ ﷺ  حَدِيْث  ފުޅުކުރައްވާފަވޭ، ދަރިން ހަނދާން ބަހައްޓަންޖެހޭ ކަމެއްމީ! އެއީ ދަރިޔެއްގެ ސަބަބުން މައިމީހާ ކަރުނަ އަޅައިފިނަމަ، އެދަރިޔަކު ސުވަރުގެ ނުވަންނާނެ!  އަޅުގަނޑުމެންގެ ކިތައް މީހުން އަޅުގަނޑުމެނާހެދި ކިތައްފަހަރުތޯ އަޅުގަނޑުމެންގެ މައިމީހާ ރޮއިފަ ހުންނާނީ އަޅުގަނޑުމެނަށް ފަހަރެއްގާ ނޭނގި، އެހެންވީމާ އެމަންމަޔަށް ގުޅަންޖެހޭ މަންމަޔާ ބައްދަލު ކުރަންޖެހޭ މަންމަގެ ޙާލު ބަލަންޖެހޭ، އަދި އެ މަންމަޔަށްޓަކައި އޯގާތެރި މީހަކަށް ވާންޖެހޭ ތިބާ ކުޑައިރުއްސުރެ ތިބާގެ މަންމަ ތިބާއަށް އޯގާތެރި މީހަކަށްވީފަދައިން .

ފަހަރެއްގާ އެމައިމީހާ އަދާކުރަންޖެހޭ ޙައްޤުގާ ތަޤްޞީރެއް ނުވަތަ އުނިކަމެއް އޮވެދާނެ އެއީ އަޅުގަނޑުމެންނަށް ބެލޭނެ އަޅުގަނޑުމެންނަށް މުޢާހަދާ ކުރެވޭނެ އަދި އޭގެ ބަދަލު ހިފޭނެ ކަމެއްނޫން، އަޅުގަނޑު ޙައިރާންވަނީ ވަރަށް ގިނަމީހުން ގުޅާފަ މަންމައާއި ބައްޕަ ގޯސްކޮށް ކަންތައް ކުރާތީ، އެދެމީހުން ފާފަވެރިވާނީ ކިހާވަރަކަށްތޯ އޭގެ ބަދަލު އޭނަޔަށް ހިފޭނީ ކޮންގޮތަކުންތޯ ބައެއްމީހުން ސުވާލު ކުރާތީވެ. ކޮބައިތޯ އަގަލެއް ކޮބައިތޯ އަޅުގަނޑުމެންގެ ލަދުޙަޔާތް ޙަޤީޤަތަށް ބުނާނަމަ. މަންމަޔާ ބައްޕަގެ މުޢާޚަޛާ އަޅުގަނޑުމެންނަކަށް ނުކުރެވޭނޭ،

އަދި ކިޔެއް އަޅުގަނޑުމެން ޖެހޭނީ ﷲ ގެ ޙަޟްރަތުން އެދެން ހެޔޮ ދުޢާކުރަން! އެކަލާނގެ ވަޙީ ކުރައްވާފަ ވަނީ " وَاخْفِضْ لَهُمَا جَنَاحَ الذُّلِّ مِنَ الرَّحْمَةِ  وَقُل رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا"  ތިބާ އޯގާތެރިކަމާ އެކުގާ ކިޔަމަންތެރިކަމުގެ ފިޔަފަތް ތިރިކޮށްލާށޭ މަންމަޔާއި ބައްޕަޔަށްޓަކާ އަދި ﷲ އަށް ދުޢާކޮށް ދަންނަވާށޭ އެދެމީހުންގެ ޙައްޤުގާ " رَبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا" ތިމަންނަ މިދުނިޔެއަށް އައިފަދައިން ތިމަންނަ ބޮޑުވެ ބޮޑުމީހަކަށްވީ ފަދައިން އެދެމީހުން އެކޮށްދިން ޤުރްބާނީ އެފަދައިން އެދެމީހުންނަށް ރަޙްމަތް ލައްވާނދޭވެ! އެދެމީހުންގެ ފާފަ ފުއްސަވާނދޭވެ!

- ޝައިޚް އާދަމް ޝަމީމްގެ މަންމަ ދަރުސުން

މިއަދު އޮންލައިން