އުފާވެރިކަން ބޭނުންނަމަ ﷲ ތަޢާލާ ތިބާއާ ގުޅުން ކަނޑުއްވަވައިލައްވަވާނެ ޢަމަލަށް ބިރުވެތިވަމާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
އުފާވެރިކަން ބޭނުންނަމަ ﷲ ތަޢާލާ ތިބާއާ ގުޅުން ކަނޑުއްވަވައިލައްވަވާނެ ޢަމަލަށް ބިރުވެތިވަމާ!

ރަސޫލް (ﷺ) ކުރައްވަވާފައިވާ ޙަދީޘްފުޅެއްގެ މާނައިގައިވަނީ އެމީހެއްގެ އުމުރު ދިގުވެ، އެމީހެއްގެ ރޯދި ބަރަކާތް އިތުރުވުމަށް އެދޭ މީހާ، ގާތްތިމާގެ ކަމުގެ ގުޅުން ބަދަހިކުރާށެވެ. ﷲ ތަޢާލާ ރަޙިމްގެ ގުޅުން ޚަލްޤް ކުރެއްވެވުމުން ހަދީޘްގައި އޮންނަނީ އައިސް ޢަރްޝީގައި އޮޅުލައިގަތް ކަމަށެވެ. "ﷲ ތަޢަލާގެ ޙަޟްރަތުގައި ދަންނަވަނީ "މިއީ އިނބަ ﷲ ގެ ޙަޟްރަތުގައި ގުޅުން ކެނޑުމުން ސަލާމަތްވުމުގެ ވަގުތެވެ. އެ ހިނދު ﷲ ވަޙީ ކުރައްވަވަނީ އޭ ރަހިމުގެ ގުޅުމެވެ. ތިބާ އަޑުއަހާށެވެ. ތިބާގެ ގުޅުން ބަދަހިކުރާ މީހަކަށް ތިމަން ﷲގެ ރަޙްމަތް ތަނަވަސްވާނެއެވެ. ތިބާގެ ގުޅުން ކަނޑާ މީހަކަށް ތިމަން ﷲގެ ރަޙްމަތް ކެނޑޭނެއެވެ."

ގާތްތިމާގެ ކަމުގެ ގުޅުން ކެނޑުމުން އެމީހަކަށް ﷲ ތަޢާލާ ލަޢްނަތް ލައްވަވާނެއެވެ. ﷲ ތަޢާލާގެ ރަޙްމަތް އެމީހަކަށް ކެނޑިގެންދާނެއެވެ. އެހިސާބުން އެމީހަކު ތިމާއަކީ އުފާވެރިމީހަކަށްވާން ކިތަންމެ މަސައްކަތެއް ކުރިނަމަވެސް އެކަން ޙާޞިލެއް ނުކުރެވޭނެއެވެ!  

ﷲ ތަޢާލާގެ ރަޙްމަތްފުޅު އެމީހަކަށް ކެނޑުއްވެވުމުން ދެން ލިބޭނީ ކޮން ބާޖަވެރިކަމެއް ހެއްޔެވެ؟ ލިބޭނެ އެއްވެސް ބާއްޖަވެރިކަމެއް ނުއޮންނާނެއެވެ. 

ވީމާ ޢާއިލާ ބާއްޖަވެރި ކުރަން ބޭނުންނަމަ މިކަންކަމަށް ސަމާލުކަން ދޭންޖެހޭނެއެވެ. ޢާއިލީ ގުޅުންތައް ދަމަހައްޓަން ޖެހޭނެ އެވެ. 

ދުނިޔަވީ ގޮތުން ކިތަންމެ ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ކޮންމެ ކަމެއްވެސް ކާމިޔާބުވާނީ ﷲ ތައާލާ އެކަމެއް ހިންމަވައި ދެއްވެވުމުންނެވެ. އެހެންކަމުން އެންމެ ފުރަތަމަވެސް ކުރަންޖެހޭނެ ކަމަކީ ކޮންމެ ކަމެއްގައިވެސް ﷲ ތައާލާ އަންގަވައިފައިވާ ގޮތަށް އަމަލުތައް ބަހައްޓައި ﷲ ތަޢާލާގެ ރުއްސެވުން ހޯދަން މަސައްކަތް ކުރުމެވެ. 

- ޝައިޚް އިލްޔާސް ޙުސައިންގެ ދަރުސަކުން

މިއަދު އޮންލައިން