ދިރިއުޅުމުގެ ކަންކަމުގަ އަނބިންގެ ބުއްދި މޮޅުވާނެ! ނުކުރަންބުނީމާ ނުކުރުން ރަނގަޅުވާނީ!: ޝައިޚް ފަރީދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 57ސ
ދިރިއުޅުމުގެ ކަންކަމުގަ އަނބިންގެ ބުއްދި މޮޅުވާނެ! ނުކުރަންބުނީމާ ނުކުރުން ރަނގަޅުވާނީ!: ޝައިޚް ފަރީދު

ވަރަށް ގިނަ ފަހަރަށް ދެމަފިރިން ސައްލާ ކުރާނެ. މިކަން، މިފަދަ މަޤުސަދެއް އޮވެއްޖެކަމަށް ވާނަމަ އެ މަޤުޞަދު ޙާސިލުކުރެވޭނީ ކިހިނެއްތޯ، އެ މަޤުޞަދު ޙާސިލުކުރުމަށްތަކައި ވަރަށްބޮޑަށް ސައްލާ ކޮށް އެމީހުން މަޝްވަރާކޮށް އެހެން ހަދާނެ. އެހެންނޫންތޯ؟ ނަހަދާނެތޯ؟ ހަދާނެ. 

އަނބިމީހާ ބުނާނެ އުނހޫ އެއީ ތީ ރަނގަޅުކަމެއްނޫނޭ ކުރާކަށް. ތިކަން ކޮށްފިއްޔާ ލަނޑެއް ލިބިދާނޭ. ނަހަދާށޭ. އަނބިމީހާ ވަރަށްގިނަ ފަހަރަށް މަޝްވަރާ ދޭނެ. އެ އަނބިން ވާގޮތަކީ އެމީހުން ތަންކޮޅެއް ބުއްދި ރަނގަޅުވާނެ، މިކަހަލަ ކަންތައްތަކުގަ، ބުއްދި ރަނގަޅުވާނެ. އެކަމު އޭގެ މާނަޔަކީ ފިރިހެނުންނަށްވުރެ އަންހެނުން ބުއްދީގެ ގޮތުން ތަސައްރަފު ފުދިގެން ވަނިއްޔަކީއެއްނޫން. ފިރިހެނުންނަށް ﷲ ދެއްވަވާފައިވާ ބުއްދި ވަރަށްބޮޑު. އަންހެނުންނަށް ކޮންމެސް ވަރެއްގެ، ދީނީގޮތުންނާއި ދުނިޔެވީގޮތުން ކޮންމެވެސް ކަހަލަ އުނިކަމެއްވެސް އެމީހުންގެ އެބައޮތް.

لاَ قِصَاتِ عَقْلٍ وَدِيْن ބުއްދީގެ ގޮތުންނާ ދީނީ ގޮތުން އުނި ބައެކޭ ރަސޫލުﷲ ޞައްލައްﷲ ޢަލައިހިވަސައްލަމަ ޙަދީޘްގައި އަންގަވާފައިވަނީ. އެކަމު އޭގެ މާނައަކީ އެކަނބަލުންނަށް އެއީ ކުޑައިމީސް ބަހެއް، ބަސްފުޅެއް ވިދާޅުވީއެކޭ ނޫން އެކަލޭގެފާނު ސަލައްﷲ ޢަލައިހިވަސައްލަމަ. އެކަން އިނގޭ ސަބަބަކީ އެކަނބަލުން އަމިއްލައަށްވެސް ޤަބޫލުކުރައްވާނެ، 

މިސާލަކަށް އަންހެން ކަނބަލެއްގެ ކައިރީގައި ވަރަށް އުފާވާކަހަލަ ވަރަށް ކުޑަކުޑަ އެއްޗެއް ބުނެވުނަސް ވަރަށް ބޮޑަށް އުފާވެފަ ހުރެދާނެ. އަދި ހިތްހަމަ ނުޖެހޭކަހަލަ ކުޑަކުޑަ އެއްޗެއް ބުންޏަސް އެދެން ނިމުނީ އެހިސާބުން. ހަދީޘްގައި އަންގަވާފައިވަނީ މުޅި ޢުމުރުގައި މަސައްކަތްކޮށް އަންހެން މީހާއަށްޓަކައި އެތައް އެތައް ކަމެއް ކޮށްދިންކަމުގައިވިޔަސް އޭނާ  ނުރުހޭ ދުވަހުގައި، އޭނާ ނުރުހިއްޖެކަމަށް ވާނަމަ އެދުވަހު އޭނަ ބުނާނެ، مَا رَأَيْتُ مِنْكَ قَطُّ  ދުވަހަކުވެސް ކަލޭގެ ކިބައިން އަހަންނަށް ހެވެއް ފެނިފަކާނުވޭ. މިހެން ނޫންތޯ ވަނީ؟

މުޅި ޢުމުރުގައި ލިބޭ ހުރިހާ ލާރިއެއްދީ، އަދި ހަމަ އެހެންމެ އެތައް އެތައް މަސައްކަތެއް ކޮށްދީ، ދެން އެ ކޮށްދޭއިރުގައި ދެން ބައެއްފަހަރަށް ބައެއް އަންހެން ކަނބަލުން ވިދާޅުވާނެ ހާދަރަނގަޅޭ ތިމަންނައަށް ވަރަށް ރަނގަޅޭ ވަރަށްބޮޑަށް ޝުކުރިއްޔާއޭ ވަރަށްބޮޑަށް ޝުކުރިއްޔާއޭ. ކިތަންމެ ވަރަކަށް ޝުކުރިއްޔާ އަދާކުރިޔަސް އެއްކަލަ ހިތްހަމަނުޖެހޭގަޑީގައި ހަމަ ބުނާނީ ކޮންކަމެއްހޭ ކޮށްދިނީ. އެއްކަމެއްވެސް ނުކޮށްދެއޭ. 

އެޔަށް އަޅާލާއެއްޗެއްނޫން. އެއީ އެމީހުން ސީރިޔަސްކޮށް ބުނާ ވާހަކައެއްނޫން އެއީކީ. އެއީ އެމީހުންގެ (މި) އަވަސްވުމުގެ ސަބަބުން އެމީހުންގެ ޖަޒުބާތުގެ ސަބަބުން އެމީހުންގެ ދޫމައްޗަށް އަންނަ ބަހެއް. އެއްގޮތަކަށްވެސް މާ ސީރިޔަސްކޮށް ބުނާ ވާހަކައެއްނޫން. އެފަދަ ބަސްތައް ސީރިޔަސްކޮށް ނަގައިފިކަމުގައި ވާނަމަ އޮންނާނީ ވަރިފަށަށް އަރާފަ. ވަރިފަށަށް އަރަން ޖެހެނީވެސް އެހެންވެގެން. އެހެންވީމަ އެމީހުން ދައްކާ އެކަހަލަ ވާހަކައަށް އަޅާލާވެސް އެއްޗެއް ނޫން. ބީރު ކަންފަތެއް ދޭނީ އެގަޑީގާ. އެއީ ފަހުން ތިބޭނީ ހަމަޖެހިފަ. ފަހުން ބަލަ މިހެންވެސް ބުނީމެއްނޫންހޭ ބުނީމަ ދެން ހިނި އަންނާނެ. ބުނާނެ އާނ ދެން އެހެންވަންޏާ އެހެންނޫންހޭ ބުނެވޭނީ. ކިޔާފަ އޭގެ މަތިޖަހަން ވަރަށް މަސައްކަތް ކުރާނީ. 

އެހެންވީމާ އެކަންކަން އެހެން އެވަނީ ޖަޒުބާތު ގިނަވުމުގެ ސަބަބުން. އެކަންކަން އެހެން ވަނީ ފިރިހެނުންނަށްވުރެ ބުއްދީގެ ގޮތުން ތަންކޮޅެއް އުނިކަމެއް ލިބިގެންވާތީ. އެހެންނަމަވެސް މިކަންކަން، ރޭވުމުގެ ކަންތައްތައް. މިސާލަކަށް ދެން ޢާއްމުކޮށް މީހުން ބުނެއުޅޭ ކަމުގަ ވަންޏާމުން މަކަރު ހެދުމުގެ ބައި ވެއްޖެއްޔާމުން ތަންކޮޅެއް މޮޅުވާނެ އެމީހުން. ފިރިހެނުންނަށްވުރެވެސް، މަކަރެއް ހަދަންވެއްޖެއްޔާ. ދެން އެކަމު މަކަރެއް ހެދޭނެތާ ދެގޮތަށްވެސް. ރަނގަޅު ކަމަކަށްވެސް ރޭވުންތެރިކަން ދީފާނެ. ނުބައި ކަމަކަށްވެސް ރޭވުންތެރިކަން ދީފާނެ. އެހެންވީމަ ކަމެއް ނުބައިކޮށް ރާވާލައިފިއްޔާ ފިރިހެނަކަށް ނުވެސް އިނގޭގޮތަށް ރާވާލާ ކުރިޔަށް ގެންދާނެ އެމީހުން. އަދި ކަމެއް ރަނގަޅަށް ގެންދަންކަމުގަވިޔަސް ވަރަށް ރަނގަޅު މަޝްވަރާއާ ވަރަށް ރަގަޅު ލަފާ އެމީހުން ދޭނެ. ބުނާނެ އެއްގޮތަކަށްވެސް އޭ! ތީ، ތިކަހަލަ ވިޔަފާރިއެއްކޮށްގެން ހަމަ ހުސް ގެއްލުމޭ ވާނީ. ނުކުރާށޭ. ދެން އެމީހުން ބުނީމަ ނުކުރަންވީ. އިނގޭތޯ! އެމީހުންނަށް ވަރަށް ރަނގަޅު މަޝްވަރާ ދެވޭނެ. އެހެންވީމަ އެ ކަނބަލުންނަކީ މިކަހަލަ ބައެއް. 

- ޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ދަރުސަކުން

މިއަދު އޮންލައިން