"އާޔަތުލްކުރުސި" މިމަގުން ކިޔަވާމީހާ މުޅި ދުވަހާއި ރޭގަނޑު އަދި ނިދީގައިވެސް ވާނީ ﷲ ތަޢާލާގެ ރައްކައުތެރިކަމުގައެވެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 50ސ
"އާޔަތުލްކުރުސި" މިމަގުން ކިޔަވާމީހާ މުޅި ދުވަހާއި ރޭގަނޑު އަދި ނިދީގައިވެސް ވާނީ ﷲ ތަޢާލާގެ ރައްކައުތެރިކަމުގައެވެ! އިން ޝާ ﷲ

"الله އީ އެކަލާނގެ ފިޔަވައި އިލާހަކު ނުވާ ރަސްކަލާނގެ އެވެ. ދިރިދެމިވޮޑިގެންވާ دائم އަށް قائم ވެ ވޮޑިގެންވާ ރަސްކަލާނގެ އެވެ. އަވަހާރަފުޅު އައުމެއް އަވަހާރަފުޅު ލެއްޕެވުމެއް އެކަލާނގެ އަކަށް ނުވެއެވެ. އުޑުތަކުގައި ވާހާ އެއްޗަކާއި އަދި ބިމުގައިވާހާ އެއްޗެއްގެ މިލްކުވެރިކަން ވަނީ އެކަލާނގެ އަށެވެ. އެކަލާނގެ إذن ފުޅާއި ނުލައި އެކަލާނގެ حضرة ގައި شفاعة ތެރިވާނެ މީހަކީ ކާކުހެއްޔެވެ. އަދި خلق ތަކުން ހެއްދެވުމުގެ ކުރިން އެބައި މީހުންނާމެދު އިސްވެގޮސްފައި ވާހައި ކަމަކާއި އެބައިމީހުންގެ ފަހުން ވާހައިކަމެއް އެކަލާނގެ ދެނެވޮޑިގަންނަވައެވެ. އަދި އެކަލާނގެ علم ފުޅުގެ ތެރެއިން އިރާދަކުރެއްވި ކަމެއް ފިޔަވައި އެއްވެސް އެއްޗެއް އެބައި މީހުންނަކަށް އެނގިގެނެއްނުވެއެވެ. އެކަލާނގެ كرسى އުޑުތަކައި ބިމުގެ އެންމެހާ ކަންކޮޅު ތަކަށް شَامل ވެގެން ތަނަވަސް ވެގެން ވެއެވެ. އެއުޑުތަކާއި ބިން، ރައްކައުތެރި ކުރައްވައި، ހިފެހެއްޓެވުމަށް އެކަލާނގެ حضرة އަށް އެއްވެސް ބުރަކަމެއް ނުވެއެވެ. އަދި އެކަލާނގެއީ އެންމެ މަތިވެރި އެންމެމާތް ރަސްކަލާނގެއެވެ."

މިއީ ކީރިތި قرآن ގެ البقرة ސޫރަތުގެ 255 ވަނަ آية ، آية الكرسى ގެ މާނައެވެ. 

މިއާޔަތް ނުވަތަ آية الكرسى ގިނަގިނައިން ކިޔަންޖެހެނީ ކީއްވެގެންހެއްޔެވެ؟ ސަބަބުތައް ބައިވަރެވެ. އެއިގެ ތރެއިން މިރޭ މިފާހަގަކޮށްލަނީ ތިމާއަށް ބޭނުންވާ ރައްކައުތެރިކަން ލިބިގަތުމެވެ. އާޔަތުގައި އެވަނީ "... އެއުޑުތަކާއި ބިން، ރައްކައުތެރި ކުރައްވައި، ހިފެހެއްޓެވުމަށް އެކަލާނގެ حضرة އަށް އެއްވެސް ބުރަކަމެއް ނުވެއެވެ. އަދި އެކަލާނގެއީ އެންމެ މަތިވެރި އެންމެމާތް ރަސްކަލާނގެއެވެ."

"އެއުޑުތަކާއި ބިން، ރައްކައުތެރި ކުރައްވައި، ހިފެހެއްޓެވުމަށް އެކަލާނގެ حضرة އަށް އެއްވެސް ބުރަކަމެއް ނުވާއިރު" ބިމުގައިވާ މީސްތަކުންނަށް ރައްކައުތެރިކަން ފޯރުކޮށްދެއްވެވޭނެ ހަމައެކަނިފަރާތަކީވެސް ﷲ ތަޢާލާކަން އެންމެންވެސް ޤަބޫލުކުރެއެވެ. ރައްކައުތެރިކަމަށް އެދިގެން އަހަރެމެން ކުރަން އޮތްކަމަކީ " އަދި އެކަލާނގެއީ އެންމެ މަތިވެރި އެންމެމާތް ރަސްކަލާނގެ"ކަން ޤަބޫލުކޮށް ކިޔަމަންތެރިވުމެވެ. 

ފަތިސްނަމާދާއި މަޣްރިބް ނަމާދުކޮށްގެން 3 ފަހަރު آية الكرسى ކިޔަވާށެވެ. އަދި ކޮންމެ ނަމާދަކަސްފަހުގައި އެއްފަހަރު ކިޔަވާށެވެ! އެމީހަކަށް ބޭނުންވާ ރައްކައިތެރިކަން ﷲ ތަޢާލާ ދެއްވަވާނެތެވެ. އަދި ނިދުމުގެކުރިންވެސް ކިޔަވާށެވެ. ނިދީން ހޭލެވެންދެން ރައްކައުތެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ 

1- މާތް الله ރުއްސުންލެއްވި الْحَسَنُ بن على ގެކިބައިން ވާރިދު ވެފައި ވެއެވެ. رَسُولُ الله ﷺ , حَدِيْثْ ކުރެއްވި އެވެ. مَنْ قَرَأَ آيَةَ الْكُرْسِى فِى دُبُرِ الصَّلاَةِ الْمَكْتُوْبَةِ – كَانَ فِى ذِمَّةِ الله الَى الصَّلاَةِ الْأُخْرَى

- أخرجه الطبرانى-

فرض ފަސް ނަމާދަށްފަހު آية الكرسى ކިޔަވާ ކޮންމެމީހަކު އަނެއް ނަމާދާ ޖެހެންދެންހުންނާނީ الله ގެ ރައްކައުތެރި ކަމުގައެވެ.

2- މާތް الله ރުއްސުންލެއްވި أنسُ ގެފާނުގެ ކިބައިން ރިވާ ވެގެން ވެއެވެ. رسول الله ﷺ حديث ކުރެއްވިއެވެ. مَنْ قَرَأَ فِى دُبُرِ كُلِّ صَلاَةٍ مَكْتُوبَةٍ آيَةَ الْكُرْسِىِّ حُفِظَ إِلى الصَّلاَةِ الأخْرى وَلاَيُحَافِظُ إلاَّ نَبِيٍّ أوْصِدِّيْقٌ أَوْشَهِيْدٌ, فرضُ ކޮންމެ ނަމާދަކަށްފަހު آيَةالْكُرسِى ކިޔަވާ މީހަކު އަނެއް ނަމާދާ ޖެހެންދެން ރައްކައުތެރި ކުރެއްވިގެން ވެއެވެ. ނަބީބޭކަލުންނާއި صدِّيقންނާއި شهيدން ފިޔަވައި އެހެން ބަޔަކު އެކަމަށް ރައްކައުތެރިވެ، ދެމި ނުހުރެއެވެ."

ވީމާ މުޅި ދުވަހާއި ރޭގަނޑުގައިވެސް ރައްކައުތެރިކަމަށް އެދިގެން آية الكرسى ކިޔަވަން އެބަޖެހެއެވެ. ކިޔަވާމީހާއަށް އަބަދުވެސް އެހުރެވެނީ ﷲ ތަޢާލާގެ ރައްކައުތެރިކަމުގައެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން