ހިތްދަތިކަމާ ކަންބޮޑުވުން ކުރިމަތިވުމަކީ ދެދުނިޔޭގެ ބާއްޖަވެރިކަން ލިބިގަންނަން އެންމެ ފަސޭހަ މަގު- ނަމަވެސް މިކަންކަމަށް ވިސްނައިލާތި!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
ހިތްދަތިކަމާ ކަންބޮޑުވުން ކުރިމަތިވުމަކީ ދެދުނިޔޭގެ ބާއްޖަވެރިކަން ލިބިގަންނަން އެންމެ ފަސޭހަ މަގު- ނަމަވެސް މިކަންކަމަށް ވިސްނައިލާތި!: މުފްތީ މެންކް

ހިތްދަތިކަމާ ކަންބޮޑުވުމުގައި ހުންނަން ލިބޭ ފުރުޞަތަކީ ތިމާއަށް އެންމެ ފައިދާހުރި ފުރުޞަތުކަން ވިސްނެނީ ކިތައް މީހުންނަށް ހެއްޔެވެ؟ ޙަޤީޤަތަކީ ކޮންމެ ސަބަބެއް މެދުވެރިވެގެން ނަމަވެސް ހިތްދަތިވެ، ދަތިޙާލުގައި ހުންނަން ލިބޭ ފުރުޞަތަކީ ތިމާއަށް އެންމެ ފައިދާހުރި ފުރުޞަތުކަމެވެ. 

އެކަން އެގޮތަށް މެދުވެރިވަނީ ހިތްދަތިކަމާއި ކަންބޮޑުވުމުގައި ހުންނަ މީހާ އާއިއެކުގައި ﷲ ތަޢާލާ ވޮޑިގެންވާ ކަމެވެ. އެޙާލަތުގައި ހުރެ އޭނާކުރާ ދުޢާ ޢިޖާބަކުރެއްވެވުން އަވަސްކަމެވެ. އެހެން އެކަނީ އެފަދަ ޙާލުގައި ހުރެ ދުޢާކުރުމުން އޭނާއަށްޓަކައި މަލާއިކަތުން އާމީން ވިދާޅުވާތީއެވެ. ވީމާ އެފަދަ ޙާލެއްގައި ހުންނަން ޖެހިއްޖެނަމަ އެއީ ދެދުނިޔޭގެ ބާއްޖަވެރިކަން ދެއްވެވުން އެދި ދުޢާކުރަންވީވަގުތެވެ. 

ވީމާ އެއީ ދުނިޔޭގެ ޙަޔާތާއި އާޚިރަތުގައި ތިމާއަށް ހެޔޮ ގޮތްތައް މިންވަރުކުރެއްވެވުން އެދި ގިނަގިނައިން ދުޢާކުރަންވީ ވަގުތެވެ. އެފަދަ ޙާލަތެއްގައި ހުންނައިރު ލިބިފައިވާ ކަންބޮޑުވުމުގެ ސަބަބުން ބައެއް މީހުން ނުބައިބަސްތައް ބުނެއެވެ. ނުބައި ދުޢާތައް ކުރެއެވެ. އެއީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. 

އަދިވެސް ވިސްނާލަންޖެހޭ ވަރަށް މުހިންމު ކަމެއް އެބައޮތެވެ. އެއީ ތިމާގެ ހިތްދަތިވެގެން ނުވަތަ ތިމާއަށް ހިތްދަތިކަމެއް ކުރިމަތިވެގެން އެކަމުގެ ޝަކުވާ ކުރަމުންގެންދާ މީހާ ވިސްނާލަންޖެހޭނެ ކަމެކެވެ. އެއީ އެޝަކުވާ ތިމާކުރާއިރު ތިމާ ވަނީ ކިތައް މީހުންގެ ހިތަށް އަނިޔާދީފައިހެއްޔެވެ؟ ކިތައް މީހުންގެ ހިތް ކަތިލާފައިހެއްޔެވެ؟ 

މިތަނުގައި އަހުރެން މިމާނަކުރަނީ ލޯބިވެރިންގެ ހިތްކަތިލުން އެކަންޏެއް ނޫނެވެ. ކިތައް މީހުންގެ ދިރިއުޅުމަށް ގެއްލުންދީފިން ހެއްޔެވެ؟ ކިތައް ހުންނަށް، ކިތައް ޢާއިލާއަށް ތިބާގެ ސަބަބުން ހިތްދަތިކަން މެދުވެރިކޮށްފިން ނުވަތަ ހިތްދަތިކުރުވައިފިން ހެއްޔެވެ؟ 

އިތުރަށް ތިލަކޮށްލަމާ ހެއްޔެވެ؟ ތިބާ ކިތައް މީހުންނަށް ނުބައި، ހަރުކަށިބަސްތައް ބުނެފައިވާނެ ހެއްޔެވެ؟ އަދި މިހާރުވެސް ބުނަން ހެއްޔެވެ؟ އެކަމުގެ ސަބަބުން އެމީހުން ހިތްދަތިވާނެ މިންވަރާއިމެދު ވިސްނާލަން ހެއްޔެވެ؟ 

ވީމާ ބުނެލަން އޮތީ ﷲ ތަޢާލާގެ ވަޙީބަސްފުޅެކެވެ. އެއީ މީހަކު އެހެން މީހަކަށް އެހީތެރިވުމުގައި ހުރިހާހިނދަކު އެމީހަކަށް އެހީތެރިވެވޮޑިގަތުމުގައި ﷲ ތަޢާލާ ދެމިވޮޑިގެންވާކަމެވެ. ހަމައެއާއިއެކު މީހަކަށް ދަތި އުނދަގޫތައް ކުރިމަތިކުރުވާނަމަ ، ހިތްދަތިކުރުވާނަމަ ހަމަ އެކަންކަން އެމީހަކަސް ﷲ ތަޢާލާ މެދުވެރިކުރައްވަވާނެ ކަމެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން