ކީރިތި ޤުރްއާނަށް އިހާނެތިކޮށްހިތާ މީހުންނާ ކަންކަން ކުރުވާ މީހުން އެކަމުގެ ޖަޒާ ދެކޭނެ! އުޑަކަށް ކުޅެއް ނުޖެހޭނެ! ތިއަ ކުޅުޖައްސުވަނީ އަމިއްލަ މޫނަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
ކީރިތި ޤުރްއާނަށް އިހާނެތިކޮށްހިތާ މީހުންނާ ކަންކަން ކުރުވާ މީހުން އެކަމުގެ ޖަޒާ ދެކޭނެ! އުޑަކަށް ކުޅެއް ނުޖެހޭނެ! ތިއަ ކުޅުޖައްސުވަނީ އަމިއްލަ މޫނަށް!

އުޑަށް ކުޅުޖަހަން އުޅުނު މީހާގެ ވާހަކައަކީ މަޝްހޫރު ވާހަކައެވެ. ކުޅުޖަހާވަރަކަށް ބުރަނީ އަމިއްލަ މޫނަށެވެ. ވީމާ ބިމުގައި ހުރި އެކަލާނގެ އެންމެ ބޮޑަށް ލޯބިވެވޮޑިގެންވާ ބިނާތައްކަމުގައިވާ މިސްކިތްތަކުގެ ޙުރުމަތް ކަނޑަން ދޫކޮށްލައި އެކަލާނގެ ކަލާމްފުޅަށް ކުޅު ޖެއްސުވުމުން އެކަން އައިސް އެބައަކާއި އަރާހަމަކުރާނެއެވެ! 

ﷲ ތަޢާލާގެ ޢަދާވާތްތެރިން ނޫނީ މިފަދަ ކަންކަން ކުރާ މީހުންނަށް ފިޔަވަޅު ނާޅައި އެކަންކަން ކުރަން ދޫކޮށެއް ނުލާނެއެވެ! ފުރުޞަތެއް ނުދޭނެއެވެ! މުސްލިމުންގެ ދުސްތޫރަކީ ކީރިތި ޤުރްއާން ކަމުގައިވާއިއރު އިންސާނާ އަމިއްލައަށް ހެދި ޤާނޫނަކުން ﷲ ތަޢާލާގެ ކަލާމްފުޅަށް ކުޅުޖަހައި މިސްކިތްތައް ނަޖިސްކުރަން ފުރުޞަތު ދޭނީ ކޮންފަދައަކުން ހެއްޔެވެ؟ ޤުރްއާނާއި އިސްލާމް ދީން ޙިމާޔަތްނުކުރެވޭ އެއްޗަކީ ޤާނޫނެއް ކަމަށް ބަލައިގަތުން މުސްލިމުންނަކަށް ނުވެއެވެ. 

އިސްލާމް ދީން ނިކަމެތިކުރަން ކުރާ ކޮންމެ ކަމަކުން ނިކަމެތިވެގެންދާނީ އެކަންކުރާ މީހާ އާއި އެކަން ކުރުވާ މީހާއެވެ. ކީރިތި ޤުރްއާނަށް ނިކަމެތިކޮށްހިތި ކޮންމެ މީހަކުވެސް އެކަމުގެ ޖަޒާ މިދުނިޔޭގައިވެސް ދެކެމުންދާކަމީ ފެންނަން އޮތް ޙަޤީޤަތެކެވެ. 

ޝައިޚް މުޙައްމަދު ލަޠީފް ވިދާޅުވެފައިވެއެވެ. 

އޭ މުއުމިނުންނޭވެ! ބިންމަތީގައި ވާހައި ދީންތަކުގެ މައްޗަށް އިސްލާމްދީން ބާރުވެރިކުރެއްވުމަށްދާންދެން ޤިޔާމަތް ނުވާހުށްޓެވެ! 

ﷲ ވަޙީކުރެއްވިއެވެ.

(هُوَ ٱلَّذِیۤ أَرۡسَلَ رَسُولَهُۥ بِٱلۡهُدَىٰ وَدِینِ ٱلۡحَقِّ لِیُظۡهِرَهُۥ عَلَى ٱلدِّینِ كُلِّهِۦ وَلَوۡ كَرِهَ ٱلۡمُشۡرِكُونَ)

މާނައީ:"އެކަލާނގެއީ ތެދުމަގާއި ޙައްޤު ދީނާއިގެން އެކަލާނގެ ރަސޫލާ ފޮނުއްވި ކަލާނގެއެވެ. އެއީ މުޝްރިކުން ނުރުހުނު ކަމުގައިވިޔަސް އެންމެހައި ދީންތަކުގެ މައްޗަށް އެދީން ފާޅުކުރެއްވުމަށްޓަކައެވެ."

މިއަދު އޮންލައިން