ﷲ ގެ ލޯބި ޙާޞިލުވާނެ ދިހަ ކަމެއް!: ޝައިޚް އަޙްމަދު ރިމާޒް

ކިޔުމަށް ހޭދަވާނީ 55ސ
ﷲ ގެ ލޯބި ޙާޞިލުވާނެ ދިހަ ކަމެއް!: ޝައިޚް އަޙްމަދު ރިމާޒް

ﷲ ގެ ލޯބި ޙާޞިލުވާނެ 10 ކަމެއް! 

1- ކީރިތި ޤުރުއާނުގެ އާޔަތްތަކާއިމެދު ވިސްނާ ފިކުރުކުރަމުން ޤުރުއާން ކިޔެވުން

2- ސުންނަތް ނަމާދުތަކަށް ރައްކާތެރިވުން

3- ﷲ ގެ ޒިކުރު ކުރުން ގިނަކުރުން

4- ތިމާ ރުހޭ ކަންކަމުގެ މައްޗަށް، ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ކަންކަމަށް އިސްކަންދިނުން

5- ﷲ ގެ އިސްމުފުޅުތަކާއި ސިފަފުޅުތައް މުޠާލަޢާކޮށް، އެޔާއި މެދު ވިސްނުން ހިންގުން 

6- ﷲ ގެ އިޙްސާންތެރިކަމާއި، އެއިލާހުގެ ނިޢުމަތްތަކަށް ބަލައި އިޙްސާސްކުރުން

7- ﷲ ގެ ދަރުބާރުގައި ތިމާގެ ނިކަމެތިކަމާއި، އާރެއް ބާރެއް ނެތްކަމާއި، ބަލިކަށިކަމަށް އިޢުތިރާފުވުން

8- ރޭގަނޑުގެ ފަހުބައިގައި ﷲ އަށް އަޅުކަންކޮށް، އިސްތިޣުފާރުކުރުން

9- ތަޤްވާވެރި ޞާލިޙު އަޅުތަކުންގެ މަޖިލިސްތަކުގައި ބައިވެރިވުން 

10-   ﷲ އާއި އަޅާއާއި ދެމެދު އޮންނަންޖެހޭ ގުޅުން ހީނަރުވާފަދަ އެންމެހައި ކަމަކުން ދުރުހެލިވުން 

(مدارج السالكين - ابن القيم)

 

--ޝައިޚް އަޙްމަދު ރިމާޒް

މިއަދު އޮންލައިން