އަނބިން، ދަރިން އަދި އެންމެންނާއިމެދުގަވެސް ޢަދުލުވެރިނުވާނަމަ އެ މުގުރާލެވެނީ ﷲ ގެ އަމުރުފުޅެއް! އެއީ ބިރުހުރިކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 44ސ
އަނބިން، ދަރިން އަދި އެންމެންނާއިމެދުގަވެސް ޢަދުލުވެރިނުވާނަމަ އެ މުގުރާލެވެނީ ﷲ ގެ އަމުރުފުޅެއް! އެއީ ބިރުހުރިކަމެއް!

ޢަދުލުވެރިވުމުގެ ވާހަކަ ދެކެވޭއިރަށް އަބދުވެސް ހިތްމައްޗަށް އަންނަނީ ފަނޑިޔާރުންނާއި ވެރިން ކަންކަން ނިންމާގޮތެވެ. ނަމަވެސް އިސްލާމް ދީނުގައި ޢަދުލުވެރިވުމުގެ މާނަ ވަނީ މާބޮޑަށް ފުޅައުވެގެންނެވެ. 

މުޅި ޤުރްއާނަށް ބެލިނަމަވެސް ފެނިގެންދާނީ ކޮންމެ ކަމެއްގައިވެސް ޢަދުލުވެރިވުމުގެ ވާހަކަތަކެވެ. އެއިގެ އިތުރުން 3 އާޔަތެއްގައި ޢަދުލުވެރިވުމުގެ ވާހަކަ ވަރަށް ސާފުކޮށް ބަޔާންކުރައްވަވާފައިވެއެވެ. އަދި 3 އާޔަތުގައިވެސްވަނީ ޢަދުލަށް ކަންކަން ކުރާމީހުންދެކެ ލޯބިވެވޮޑިގެންވާކަން ބަޔާންކުރައްވަވައިފައެވެ. 

"(އެއީ) ގިނަގިނައިން ދޮގުބަސްތައް އަހާމީހުންނެވެ. حرام މުދާ ގިނައިން ކާމީހުންނެވެ. ފަހެ، އެއުރެން ކަލޭގެފާނުގެ އަރިހަށް އަތުވެއްޖެނަމަ އެއުރެންގެ މެދުގައި حكم ކުރައްވާށެވެ! ނުވަތަ އެއުރެންގެ ކިބައިން އެނބުރިިވަޑައިގަންނަވާށެވެ! އެއުރެންގެ ކިބައިން ކަލޭގެފާނު އެނބުރިވަޑައިގަތަސް އެއުރެންނަކަށް ކަލޭގެފާނަށް އެއްވެސް ކަމަކުން ގެއްލުމެއް ނުދެވޭނެތެވެ. އަދި ކަލޭގެފާނު حكم ކުރައްވާނަމަަ އެއުރެންގެ މެދުގައި عدل އަށް حكم ކުރައްވާށެވެ! ހަމަކަށަވަރުން، عدل އަށް حكم ކުރާ މީހުންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ."

(އަލްމާއިދާ: 42)

"مؤمن ންގެ ދެބަޔަކު ތަޅައިފޮޅައިގެންފިނަމަ، ފަހެ، އެ ދެބައިމީހުންގެ ދެމެދު ތިޔަބައިމީހުން صلح ކުރާށެވެ! އޭގެތެރެއިން އެއްބަޔަކު އަނެއްބަޔަކަށް بغاوة ކޮށްފިނަމަ، އެ بغاوة ކުރިމީހުން اللَّه ގެ أمر ފުޅަށް رجوع ވެއްޖައުމަށްދާނދެން އެއުރެންނާ ހަނގުރާމަކުރާށެވެ! ފަހެ، އެއުރެން رجوع ވެއްޖެނަމަ، ފަހެ، عدل ވެރިގޮތުން އެދެބައިމީހުންގެ ދެމެދު صلح ކުރާށެވެ! އަދި ތިޔަބައިމީހުން عدل ވެރިވާށެވެ! ހަމަކަށަވަރުން، عدل ވެރިންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ." (އަލްޙުޖްރާތު: 9) 

"ތިޔަބައިމީހުންގެ دين އާހުރެ، ތިޔަބައިމީހުންނާ ހަނގުރާމަނުކުރާ، އަދި ތިޔަބައިމީހުންގެ ގޮވަތި ގެދޮރުން ތިޔަބައިމީހުން ބޭރުކޮށްނުލާ މީހުންނަށް ތިޔަބައިމީހުން ހެޔޮކޮށްހިތައި، އަދި އެއުރެންނަށް عدل ވެރިގޮތުގައި ކަންތައް ކުރުން، اللَّه ތިޔަބައިމީހުންނަކަށް މަނައެއް ނުކުރައްވަތެވެ. ހަމަކަށަވަރުން، عدل ވެރިންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ."

(އަލް މުމްތަޙާނަ: 8) 

ފަނޑިޔާރަކު ނުވަތަ ވެރިން ކަންކަން ނިންމާގޮތާއިމެދު ތިބާއަކާއި ސުވާލެއް ނުކުރައްވަވާނެތެވެ. ނަމަވެސް ތިބާގެ އަނބދަރިންނާއި ޢާއިލާގެ ކަންކަމުގައި ތިބާ ޢަދުލުވެރިނުވިނަމަ ތިބާ އާއި ސުވާލުކުރައްވަވާނެތެވެ. އެކަންކަމުގެ ޒިންމާ އުފުލަން ތިބާއަށް ޖެހޭނެއެވެ. ވީމާ މިއީ އަނބދަރިންގެ ކަމެކޭ، ޢާއިލާގެ ކަމެކޭ، މިކަމުގައި އަހުރެން ކޮންމެ ގޮތަކަށް ނިންމިނަމަވެސް މައްސަލައެއް ނޯންނާނެއޭ ހީކޮށް ބޭއިންޞާފުން އެއްވެސް ކަމެއް ނުނިންމާށެވެ! ކިތަންމެ ކުޑަކަމެއްގައި ނަމަވެސް ޢަދުލުވެރިވާށެވެ! 

އަނބިންގެ މެދުގައިވެސް، އަނބިންނާއި ޢާއިލާގެ ކަންކަމުގައިވެސް އަދި ދަރިންގެ ކަންކަމުގައިވެސް އަދި ތިމާގެ ބެލެނިވެރިކަމުގެދަށުގައިވާ އެންމެންގެ ކަންކަމުގައިވެސް ޢަދުލުވެރިވާށެވެ. ނޯކަރުން ގެންގުޅޭނަމަ އެމީހުންނަށްވެސް ޢަދުލުވވެރިވާށެވެ. އެހެނީ ޢަދުލުވެރިވާންވީ ވަކިމީހަކަށް ނޫނެވެ. އެންމެންނަށެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން