ﷲ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ ކަލިމަތަކުން ޛިކުރުކުރުން- ފައިދާ ބޮޑުވެގެންވާ ޢަމަލެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ﷲ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ ކަލިމަތަކުން ޛިކުރުކުރުން- ފައިދާ ބޮޑުވެގެންވާ ޢަމަލެއް!

މުސްލިމުން އަބަދުވެސް ވިސްނަންވާނީ ކޮންމެ ވަގުތަކުވެސް މަރު އައިސް ބައްދަލުކޮށްފާނެ ކަމަށެވެ. ވީހައި ގިނަ ހެޔޮ އަމަލުތައް ހިފައިގެން އާޚިރަތަށް ދެވިގެން ނޫނީ އެއްވެސް ސަލާމަތްކަމެއް ނެތް ކަމެވެ.

އެކަމަށް ބިރުވެތިވެ ސަމާލުކަދޭމީހާ އެންމެ ގިނައިން ކުރަންއޮތް އެއް ކަމަކީ އެންމެ މަތިވެރި ކަލިމަތައް ކިޔައި ވީހައި ގިނައިން ޛިކުރުކުރުމެވެ. ތިމާއަށް އެއްވެސް ފައިދާއެއް ނުކުރާނެ ވާހަކަތައް ދެއްކުމާއި އެފަދަ ކަންކަމަށް ވިސްނުމުގެ ބަދަލުގައި ޛިކުރުކުރުން ފަދަ ތިމާއަށް ދުނިޔެއާ އާޚިރަތުގައި ފައިދާކުރާނެ ކަންކަން ކުރުމުގައި ވީހައި ގިނަ ވަގުތުތައް ހޭދަކުރުމެވެ. ހުސްވަގުތެއް ލިބޭއިރަށާއި ވަގުތު ހޯދައިގެންވެސް ޛިކުރުކުރުންމަތީގައި ދެމިހުރުމެވެ.

ﷲ ތަޢާލާ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ ކަލިމައަކީ

1۔ سبحان الله 2. الحمد لله 3. لا إله إلا الله 4. الله أكبر

ދޫމައްޗަށް ކިހައި ފަސޭހަހެއްޔެވެ؟ ކިޔޭ ޢަދަދު ގުނަން މަސައްކަތްކުރުމުގެ އެއްވެސް ބޭނުމެއް ނެތެވެ. މަލާއިކަތުން އެކަން ބަރާބަރަށް ބަލަހައްޓަވާނެތެވެ! ގިނަގިނައިން ކިޔަމުން ގެންދަންވީއެވެ. ﷲ ތަޢާލާގެ މަތިން ހަނދުމަކޮށް ޛިކުރުންމަތީގައި ހުންނަ ވަގުތުތަކުގައި ﷲ ތަޢާލާވެސް އެމީހަކުމަތިން ހަނދުމަފުޅު ކުރައްވަވާނެތެވެ! އެއީ ކީރިތި ޤުރްއާނުން އެނގެން އޮތްކަމެކެވެ. އެމީހެއްގެ މަތިން ﷲ ތަޢާލާ ހަނދުމަފުޅުކުރެއްވެވުމަށްވުރެ މަތިވެރި ނިޢުމަތަކީ ކޮބައިހެއްޔެވެ؟

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން