އެކުށްކުރާ މީހުންނަށް ﷲ ބާވައިލެއްވެވި ޙައްދު ޤާއިމުކުރަން ގޮވާނުލައި ފުރައްސާރަ ނުކުރަން ގޮވާލީމާ ދެކޮޅުޖެހޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 54ސ
އެކުށްކުރާ މީހުންނަށް ﷲ ބާވައިލެއްވެވި ޙައްދު ޤާއިމުކުރަން ގޮވާނުލައި ފުރައްސާރަ ނުކުރަން ގޮވާލީމާ ދެކޮޅުޖެހޭތަ؟

މިއަދުގެ ޚުޠުބާގައިވެއެވެ. 

"މުސްލިން އަޚުންނޭވެ! މުންކަރާތްތައް ނަހީކުރުމުގައި މީހުން ބަދުނާމުކޮށް، އެމީހުންގެ ޢާއިލާއަށް މަލާމާތް ރައްދުކޮށް، ފަޟީޙަތްކުރުމަކީ ކީރިތި ރަސޫލާ ﷺ މަނާކުރައްވަވާފައިވާ ކަންކަމެވެ. ކީރިތި ރަސޫލާ ﷺ ގެ ޙަޔާތްޕުޅުގައި، ތަކުރާރުކޮށް ރާބުއިމުގެ ސަބަބުން ޙާޒިރުކުރެވުނު މީހާއަށް އަދަބުދެވެމުންދަނިކޮށް، މީހަކު އޭނާއަށް ލައްނަތްދީ މަލާމާތްކުރި މައްސަލައިގައި، ކީރިތި ރަސޫލާ ﷺ އެކަން މަނާކުރެއްވެވިއެވެ." 

ޚުޠުބާގައި އެވަނީ ޢޭނާއަށް އަދަބުދެވުނު ވާހަކައެވެ. (ދެވުނު އަދަބަކީ ތަޢްޒީރުކުރުމެވެ. ޙައްދުޖެހުމެވެ.) 

Al-Nuayman was known for being a prankster and his pranks were always appreciated by the Prophet.

Al-Nuayman was an alcoholic. Despite knowing the ruling of Islam towards the intoxicating drink, he struggled with breaking his addiction, and was flogged twice for drinking.

During the second incident, Omar ibn Al-Khattab said: "La 'nat Allah alayhi – may God's curse be on him." Muhammad heard this and responded with "No, no, don't do (such a thing). Indeed he loves God and His Apostle. The major sin does not put one outside the community and the mercy of God is close to the believers

މިކަމުން އެނގެނީ އެޞަހާބީއަށް ރާބޮވުނު ނަމަވެސް އޭނާއަކީ ﷲ ތަޢާލާ އާއި އެކަލާނގެ ރަސޫލާ ﷺ ދެކެ ނުހަނު ލޯބިވާ ޞަޙާބީއެއް ކަމެވެ. ރާއްޖޭގައި މިފެންނަނީ މުޅިން ތަފާތު ގޮތެކެވެ. ތަކުރާރުކޮށް މަސްތުވަމުންދާ ބައެއް މީހުންނަކީ ޚާއްޞަކޮށް އެއިގެ ތެރެއިން އެކަކީ ﷲ ތަޢާލާއަށާއި އެކަލާނގެ ރަސޫލާ ﷺ އަށް މަލާމާތާއި ފުރައްސާރަކުރާ މީހެކެވެ. ރާއްޖެއަށް އެހެންދީންތައް ގެންނަން ވަކާލާތުކުރާ މީހެކެވެ. 

އެފަދަ މީހުންނަށް ސަރުކާރުން އެއްވެސް އަދަބެއް ނުދެއެވެ. ދީނުގައިވާ ޙައްދު ޤާއިމެއް ނުކުރެއެވެ. އޭނާ ހުންނަނީ އެކަންކުރަން ދޫކޮށްލައިފައެވެ. މަސްތުވެގެން ހުރެ ދުލުން ނުބައިބަސްތައް ބުނުމާއި މީހުންގެ މުދަލަށް ގެއްލުން ދިނުމަކީ އޭނާ ޢާންމުކޮށް ކުރާކަމެއް ނަމަވެސް އެކަމަށް އެއްވެސް ފިޔަވަޅެއް ނާޅައެވެ. 

މިއީ އެފަދަ މީހުންނަށް މަލާމާތާއި ފުރައްސާރަކުރުމަށްވުރެ މާނުބައި ކަމެކެވެ. އެހެނީ ﷲ ތަޢާލާ ބާވައިލެއްވެވި ޙައްދުތައް ތަންފީޒުނުކުރުމުގެ އިޚްތިޔާރު އެއްވެސް ވެރިކަމަކަށް ﷲ ތަޢާލާ ދެއްވަވާފައެއް ނުވެއެވެ.

މިއަދު އޮންލައިން