ދެމަފިރިން އެކުގަ ނަމާދުކުރާނަމަ އަނބިމީހާ ހުއްޓިހުންނާނީ ކޮންތާކު؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
ދެމަފިރިން އެކުގަ ނަމާދުކުރާނަމަ އަނބިމީހާ ހުއްޓިހުންނާނީ ކޮންތާކު؟

"މުހިންމު ސަބަބެއް މެދުވެރިވެގެން އަޅުގަނޑުގެ ފިރިމީހާއަށް މިސްކިތުގެ ޖަމާޢަތަށް ނުދެވޭ ނަމާދުތަކާއި އަދި ދަމުނަމާދު ގިނައިން ކުރަނީ ގޭގައި ދެމަފިރިން އެކުގައެވެ. ދެމަފިރިން އެކުގައި ނަމާދުކުރާނަމަ އަނބިމީހާ ހުއްޓިހުންނާނީ ކޮންތާކުތޯއެވެ؟ ދެމީހުން ތިބޭނި އެއް ހަމައެއްގައިތޯއެވެ؟"

ފުރަތަމަ ކަމަކަށް ހުއްދަ ސަބަބު އޮވެގެންނާއި ދެމަފިރިން އެކުގައި ދަމުނަމާދު ކުރައްވާކަމަށްޓަކައި އުފާކުރާ ޙާލު ކިޔުންތެރިޔާގެ ސުވާލުގެ ޖަވާބުގައި ދަންނަވަން އޮތީ ތިއަ ކުރައްވާ ސުވާލުގެ ޖަވާބު ތިރީގައިވާ ލިޔުމުން ލިބިވަޑައިގަންނަވާނެކަމަށް އުންމީދުކުރަމެވެ. 

ސުވާލު: މީހަކު ފަރުޟުނަމާދެއް ކުރާއިރު، ޝަރުޢީ ސަބަބެއް މެދުވެރިވެގެން ހަމައެކަނި އޭނާއާއި އޭނާގެ އަނބިމީހާއާ އެނަމާދުކުރާނަމަ ފަހެ އަނބިމީހާ ހުއްޓި ހުންނާނީ ކޮންތާކު ހެއްޔެވެ؟

ޖަވާބު: އަންހެނުން އަބަދުވެސް މަޑުކުރާނީ ފިރިހެނުންގެ ފަހަތުގައެވެ. އެއީ އިމާމުވެ ނަމާދުކުރަނީ އޭނާގެ މަޙްރަމެއްކަމުގައި ވީނަމަވެސް ނުވަތަ އެނޫން މީހެއްކަމުގައި ވީނަމަވެސްއެވެ. [1] ސާފުކޮށް އެނގެން އޮތްކަމަކީ ހަމައެކަނި އެންމެ އަންހެނެއް ހުރިނަމަ އޭނާގެ މަޙްރަމެއްކަމުގައި ހިމެނޭ މީހަކާ އެކު މެނުވީ ނަމާދުކުރުން ހުއްދަވެގެން ނުވެއެވެ.

އޭގެން އިސްތަޘްނާކުރެވޭ ޙާލަތަކީ އެކަހެރިވުމެއް ނުހިމެނޭ ޙާލަތްތަކެވެ. މިޘާލަކަށް މިސްކިތެއްގެ އިމާމަކު މިސްކިތައް އައިއިރު އެންމެ އަންހެނަކު މިސްކިތުގައި ހުރުމެވެ. އެއީ ރަމަޟާންމަހުގެ ފަހު ދިހައެއްގައި ބައެއް މިސްކިތްތަކުގައި ދަމުނަމާދުކުރާއިރު މެދުވެރިވާ ޙާލަތެކެވެ. އިމާމުމީހާ އަންނަ އިރު އެންމެ އަންހެނަކު ފިޔަވާ އެހެން ބަޔަކު މިސްކިތުގައި ނެތުމުން ނަމާދުފަށަނީއެވެ. އެއަށް ފަހު މީސްތަކުން އަތުވެދާނެއެވެ.

މުހިންމުކަމަކީ ފިރިހެނުންނާއެކު ނަމާދުކުރާއިރު އަންހެނުން ހުއްޓި ތިބެންޖެހެނީ ފިރިހެނުންގެ ފަހަތުގައެވެ. އެއީ މަޙްރަމުންނާއެކު ނަމާދުކުރިނަމަވެސް ނުވަތަ އެނޫންމީހުންނާއެކު ނަމާދުކުރިނަމަވެސް އެވެ.

މިއަށް ބިނާކޮށް، ފިރިހެނަކު އޭނާގެ އަނބިމީހާއާއެކު ނަމާދުކުރާނަމަ ފަހެ އެއަންހެނާ ހުއްޓޭނީ އޭނާގެ ފަހަތުގައިކަން ކަށަވަރެވެ.

ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله

مجموع الفتوى لإبن عثيمين / مجلد: ١٥/ ص: ٢٠٧- ٢٠٨ / طبعة: دار الثريا للنشر

- މަސްދަރު: ދިސަލަފިއްޔާ

މިއަދު އޮންލައިން