ދަރިން ވިހަން އެކަނި މައިން އުފުލާ ވޭނުގެ ބުރަދަންވެސް ސައިންސްވެރިންނަށް ހޯދިފައެއް ނުވޭ! ހެޔޮކޮށް ހިތުމުގައި އިހްމާލްވާން ހެޔޮނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ދަރިން ވިހަން އެކަނި މައިން އުފުލާ ވޭނުގެ ބުރަދަންވެސް ސައިންސްވެރިންނަށް ހޯދިފައެއް ނުވޭ! ހެޔޮކޮށް ހިތުމުގައި އިހްމާލްވާން ހެޔޮނުވާނެ!

ފަލަކުގައި ހުރިތަރިތަކުގެ މައުލޫމާތާއި އެނޫންވެސް އެތައް މައުލޫމާތުތައް ސައިންސްވެރިން ހޯދަމުން ގެންދާއިރު ދަރިން ވިހަން އެކަނި މައިން އުފުލާ ވޭނުގެ ބުރަދަންވެސް އަދި މިހައިތަނަށްވެސް ސައިންސްވެރިންނަށް ހޯދިފައެއް ނުވެއެވެ. ވީއިރު ބަލިވެ އިނީންސުރެ ވިހެއުމާއި ހަމައަށް 9 މަހާއި 9 ދުވަސްވަންދެން އެމައިން އުފުލާނެ ވޭނުގެ ބުރަދަން ނިކަން އިޙްޞާޞްކޮށްލަން މަސައްކަތްކޮށްލަބަލާށެވެ! 

މައިންނަށް ހެޔޮކޮށް ހިތުމުގައި އިހްމާލްވާން ހެޔޮނުވާނެ ކަމަށް ބުނެވެނީ މިފަދަ އެތައް ސަބަބުތައް ހުރުމުންނެވެ. 

އަހަރެމެން ފަދައިން މައިންވެސް ހަދިޔާއަށް ބޭނުންވެއެވެ. ނަމަވެސް މައިންނަށް އެންމެ މުހިންމީ އަތަށްދޭ ހަދިޔާއެއް ނޫނެވެ. ދަރިންގެ ލޯތްބެވެ. އަޅައިލުމެވެ. ޙާލުބެލުމެވެ. އެހީތެރިކަމެވެ. ހިނިތުންވުމެވެ. 

މައިންބަފައިންނަށް އެހީތެރިވެ އަޅައިލުމަށް ދީނުގައި ބާރުއެޅިގެންވާ މިންވަރުގެ ވާހަކަ ވަރަށް ގިނައިން ދެކެވެއެވެ. އެހެންކަމުން އެއީ އައުވާހަކަތަކެއް ނޫނެވެ. ހަމައެކަނި ދުނިޔަވީ ގޮތުން ވިސްނައިލިނަމަވެސް ފަށަމުން ބަޔާން މިކުރިވަރުން އެކަނިވެސް މައިންނަށް ހެޔޮކޮށް ހިތަންޖެހޭނެ މިންވަރު ވަރަށް ރަނގަޅަށް އެނގޭނެއެވެ. ވިސްނަންވީ ދުނިޔޭގައި ހުރެވުނުނަމަ ކޮންމެ މީހަކީވެސް މުސްކުޅިވާނެ މީހަކު ކަމެވެ. ދަރިންގެ އެހީތެރިކަމަށާއި އަޅައިލުމަށް ބޭނުންވާނެ މީހަކު ކަމެވެ. އެކަމަށް އެކަނި ވިސްނައިލިނަމަވެސް މައިންބަފައިން މުސްކުޅިވާދުވަހު ހެޔޮކޮށް ހިތަންޖެހޭނެ މިންވަރު އެނގޭނެއެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން