ޢަބްދުﷲ ބިން މަސްއޫދު ރޢ، ގެ ހަޔާތްޕުޅުގެ އެންމެ އަގުހުރި ފިލާވަޅު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
ޢަބްދުﷲ ބިން މަސްއޫދު ރޢ، ގެ ހަޔާތްޕުޅުގެ އެންމެ އަގުހުރި ފިލާވަޅު!

އަހަރެންނަށް ސުވަރުގެ ލިބޭނެތަ؟ މިފަދައިން ހިތުގައި އުފެދޭމީހާ ކުރަން އޮތް އެންމެ ފައިދާހުރި ކަންތައް އެންމެ މަތިވެރި ޞަހާބީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޢަބަދުﷲ ބްން މަސްޢޫދު ވަނީ ނަމޫނާ ދައްކަވައިފައެވެ. އެއީ ކޮންކަމެއްވަނީ ބަޔާންކޮށްދެއްވައިއެވެ.  

ޢަބަދުﷲ ބްން މަސްޢޫދު އެންމެ ބޮޑަށް ހިތާމަފުޅު ކުރައްވަވަނީ ކުރީ ދުވަހަށްވުރެ އެދުވަހު ކުރެއްވެވުނު ހެޔޮ ޢަމަލުތައް މަދުވެދާނެ ކަމަށްޓަކައެވެ. އަދި އެކަލޭގެފާނު އެންމެ ބޮޑަށް ހިތާމަފުޅު ކުރައްވަވާ ދުވަހަކީ ކުރީ ދުވަހަށްވުރެ މަދުން އަޅުކަން ކުރެއްވޭ ދުވަހެވެ. 

ޞަހާބީންގެ މިފަދަ ބަސްފުޅުތަކުން ޢިބްރަތް ޙާޞިލުކޮށް އެފަދަ އިރުޝާދުތަކަށް އަމަލުކުރާ ބައަކަށް މެނުވީ ސަލާމަތްކްމެއް ނެތެވެ.  

ކޮންމެ ދުވަހަކުވެސް ހިސާބު ބަލަންވީ ސޯޝަލް މީޑިއާގަ އެދުވަހު ކުރެވުނު ޕޯސްޓްތަކުގެ އަދަދެއް ނޫންނެވެ. ސޯޝަލް މީޑިއާގައި ލިބުނު ލައިކާ އިތުރުވި "ފްރެންޑުން"ގެ އަދަދެއްވެސް ނުމެނޫންމެއެވެ.

ކޮންމެ ދުވަހަކުވެސް ހިސާބުބަލަންވީ އެދުވަހު ކުރެވުނު ހެޔޮ އަމަލުތަކުގެއެވެ. މަސައްކަތް ކުރަންވީ ކުރާ ޕޯސްޓްގެ އަދަދު އިތުރުކުރާކަށްވެސް ނޫނެވެ. އަދި ފްރެންޑުން އިތުރުކުރާކަށް ވެސް ނޫނެވެ. މަސައްކަތްކުރަންވީ ކުރާ ހެޔޮ އަމަލަތުގެ ޢަދަދު އިތުރުކުރުމަށެވެ. 

ތިމާގެ ވަގުތުތައް ހޭދަކުރި ގޮތާމެދު ޖަވާބު ނުދީ ޤިޔާމަތް ދުވަހު ގުޑައިވެސް ނުލެވޭނެއެވެ. އެހެނީ ޤިޔާމަތް ދުވަހު އެމީހަކު ހުރި ފިޔަވަޅުމަތިން ގުޑައިލެވޭނީވެސް 4 ސުވާލަކަށް ޖަވާބު ދީފައެވެ. އެއީ "1 އެމީހާގެ ޢުމުރު ހޭދަކުރީ ކޮން ކަމެއްތޯ؟ 2 އެމީހަކު އުނގެނިފައިވާ ޢިލްމުން އޭނާ ކުރީ ކޮން ކަމެއްތޯ؟ 3 އެމީހެއްގެ މުދައު ހާދަކުރީ ކޮން ކަމެއްގައިތޯ؟އާއި އެތަކެތި ހޭދަކުރީ ކޮންކަމަށްތޯ؟ 4 އޭނާގެ ހަށިގަނޑު މުސްކުޅި ކުރުވީ ކޮން ކަމެއްގައިތޯ؟" އެވެ.   

އެހެންކަމުން އުމުރުގެ ދުވަސްތައް ފާއިތުވެގެންދާއިރު ވަގުތު ހޭދަކުރި ގޮތަކާއިމެދު ވަރަށް ބޮޑަށް ސަމާލުކަންދޭންވާނެއެވެ. 

މިއީ އިސްލާމް ދީނުގައި ކަން އޮތް ގޮތް ނަމަވެސް މިއަދުގެ ޙާލަތަށް ބަލައިފިނަމަ އެއްދުވަހުން އަނެއް ދުވަހަށް ވަގުތު ހޭދަކުރުން އިތުރުކުރަމުން މިގެންދަނީ ސޯޝަލް މީޑިއާގައި އާއި ކޮފީ މޭޒުތަކުގައާއި ރެސްޓޯރަންޓްތަކުން ކެއުމުގައެވެ. ހެއަމަލުކުރަން ވަގުތު އިތުރު ކުރާމީހުންގެ ނިޞްބަތް ހަމަ ސަތޭކައަކުން އެންމެ އެކެއް ކަމުގައި ބުނުމަކީ ދޮގަކަށްނުވާނެއެވެ. އެހެންކަމަށްވާނަމަ ﷲ ތަޢާލާ ކުރައްވަވާ 4 ސުވާލަށް ޖަވާބު ދެވޭނީ ކޮންގޮތަކަށްތޯއެވެ؟  

- އިސްލާމީ ތިލަފަތގެ ދަރުސަކުން

މިއަދު އޮންލައިން