ރައީސް ޞާލިޙަށް: މިސްކިތްތައް މަސްތުވާތަކެތީގެ ޙާލިތަކަކަށް ހައްދަވައިގެން ހުންނަވާއިރު މިއާޔަތްތައް ޤުރްއާނުގަހުރިކަން އެނގިވަޑައިގަންނަވާތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 30ސ
ރައީސް ޞާލިޙަށް: މިސްކިތްތައް މަސްތުވާތަކެތީގެ ޙާލިތަކަކަށް ހައްދަވައިގެން ހުންނަވާއިރު މިއާޔަތްތައް ޤުރްއާނުގަހުރިކަން އެނގިވަޑައިގަންނަވާތޯ؟

"މިސްކިތްތަކަކީ ﷲ ތަޢާލާގެ ގެކޮޅުތަކެވެ. އަދި އެއިލާހު އެންމެ ލޯބިވެވޮޑިގެންވާ ތަންތަނެވެ. އެތަންތަން ހެދިފައިވަނީ އަޅުކަންކުރުމަށާއި ނަމާދުކޮށް އަދި ﷲގެ ޛިކުރުކުރުމަށެވެ. އެތަންތަނަށް ދަނީ އެއިލާހަށް އީމާންވާ މީހުންނެވެ. މުއުމިނުން މެނުވީ ޙައްޤު ގޮތުގައި މިސްކިތްތައް ފަޅުފިލުވައި، ބަލަހައްޓާ ބަޔަކު ނުވެއެވެ. 

އެންމެ މަތިވެރި ޢަމަލުތަކުގެ ތެރޭގައި މިސްކިތްތައް ފަޅުފިލުވައި ބެލެހެއްޓުން ހިމެނެއެވެ.

ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿إِنَّمَا يَعْمُرُ مَسَاجِدَ اللَّـهِ مَنْ آمَنَ بِاللَّـهِ﴾ [سورة التوبة ١٨]

މާނައީ: "ﷲ ގެ މިސްކިތްތައް ފަޅުފިލުވައި ބަލަހައްޓާނީ ﷲ އަށް އީމާންވާ މީހުންކަން ކަށަވަރެވެ."

އަދި މިސްކިތްތައް ފަޅުފިލުވައި ބެލެހެއްޓުމުގެ ތެރޭގައި މިސްކިތް ބިނާކުރުމާއި އެތަނުގައި އަޅުކަންކުރުމާއި ނަމާދަށް އައުމަށް ގޮވާލުމުން ނަމާދު ޤާއިމުކުރުމަށް އެތަނަށް ދިއުންވެސް ހިމެނެއެވެ. އެހެންކަމުން އެންމެ މަތިވެރި ޢަމަލުތަކުގެ ތެރޭގައި މިސްކިތައް ބިނާކޮށް އެތަންތަނުގައި އަޅުކަންކުރުން ހިމެނެއެވެ. އަދި އެތަނުން ގޮވާލާ ބަންގިއަށް އިޖާބަދީ ނަމާދު ޤާއިމުކުރުންވެސް ހިމެނެއެވެ.

الشيخ عبدالله البعيجان -حفظه الله

ރައީސް ޞާލިޙް އެވެ. ސަރުކާރު ބޭނުންވާ ބައެއްގެ ސެކިޔުރިޓީ ބަލަހައްޓަން އެތައް ސަތޭކަ މިލިއަން ރުފިޔާ ކޮންމެ އަހަރަކު ޚަރަދުކުރާއިރު މިސްކިތްތައް ޙިމާޔަތް ނުކުރައްވަނީ ހަމަ ﷲ އަށް ލޯބިންތޯ؟ 

މިސްކިތްތަކަކީ މަސްތުވާތަކެތީގެ ހާލިތަކަކަށް ހަދަން ދޫކޮށްލައްވައިގެން ހުންނަވާއިރު ނުބެލެހެއްޓޭ ސަބަބާއިމެދު ކަމާއިބެހޭ ފަރާތްތަކާ ސުވާލުކުރުމުން ދައްކަނީ ޤާނޫނީ ގޮންޖެހުންތައް ހުންނަވާހަކައެވެ. ސެކިޔުރިޓީން ބައިތިއްބާނެ ފައިސާ ބަޖެޓުގައި ނެތްވާހަކައެވެ. 

ޤާނޫނީ ހުރަސްތަކަށް ބަލާއިރު ސަރުކާރުން ބޭނުންވާ ބިލެއް ވަގުތުން އެބަ ފާސްކުރެވެއެވެ. ފާސްނުކުރެވެނީ އިސްލާމް ދީން ޙިމާޔަތްކުރެވޭނެ ބިލެވެ. މިސްކިތްތައް ބަލަހައްޓާނެ ބިލެވެ. 

ރައީސް ޞާލިޙް އެވެ. މުހިންމީ މަނިކުފާނާއި ސަރުކާރުން ބޭނުންވާ ބައަކު ހިމާޔަތްކުރުންތޯއެވެ؟ ބިންމަތީގައި ހުރި ﷲ ތަޢާލާގެ ގެކޮޅުތައް ޙިމާޔަތްކޮށް ބެލެހެއްޓުންތޯއެވެ؟ ތިރީގައިވާ އާޔަތްތައް ވިދާޅުވުމަށްފަހު ޖަވާބު ދެއްވާށެވެ! 

ހަމައެކަނި ރޭގައިވެސް ވިޔަފާރިވެރިންގެ މިސްކިތުގެ އަންހެނުން ނަމާދުކުރާބައިގައި 8 މީހުން ނިދިއެވެ. ގޮނޑިތަކުގައި 3 މީހުން ނިދިއެވެ. މިސްކިތުގައި ނިދި 2 މީހުން ހަމަހޭނެތް ޙާލުގައި ތިބުމުން އެތައް ވަރަކަށް ގޮވުމުން ވެސް ނުހޭލެވުނެވެ. މަނިކުފާނު ބޭނުންފުޅުވަނީ ރައްޔިތުން މިކަންކަން ހުއްޓުވަން ކަމެއް ކުރުމުން އެއީ ހަރުކަށިފިކުރުގެ މީހުންކަމަށް ދައްކައި ބޮޑެތި އަދަބުތައް ދެއްވަންތޯއެވެ؟ ބުރަކަށި ފިކުރުގެ މީހުން އުޅޭނެ ގޮތަކަށް އުޅެ ކުރާނެ ކަމެއްކުރަން ދޫކޮށްލައްވައިގެން ތިއަ ހުންނަވަނީ އެބޭނުމުގައިތޯއެވެ؟ ނޫންނަމަ ރާއްޖޭގައި މަނިކުފާނު ވިދާޅުވާ ހަރުކަށި ފިކުރު މީހުން ގިނަކަން ދުނިޔެއަށް ދައްކުވައިގެން މާލީ މަންފާ ހޯއްދަވަންތޯއެވެ؟ 

﴿إِنَّمَا يَعْمُرُ مَسَاجِدَ اللَّـهِ مَنْ آمَنَ بِاللَّـهِ وَالْيَوْمِ الْآخِرِ وَأَقَامَ الصَّلَاةَ وَآتَى الزَّكَاةَ وَلَمْ يَخْشَ إِلَّا اللَّـهَ ۖ فَعَسَىٰ أُولَـٰئِكَ أَن يَكُونُوا مِنَ الْمُهْتَدِينَ﴾ [سورة التوبة ١٨]

މާނައީ: "ﷲ ގެ މިސްކިތްތައް ފަޅުފިލުވައި ބަލަހައްޓާނީ ﷲ އަށާއި، އާޚިރަތް ދުވަހަށް އީމާންވެ، ނަމާދު ޤާއިމުކޮށް، ޒަކާތްދީ، ﷲ އަށް މެނުވީ ބިރުނުގަންނަ މީހުންކަން ކަށަވަރެވެ. ފަހެ، އެބައިމީހުންނީ ތެދުމަގު ލިބިގެންވާ މީހުން ކަމުގައިވުން ގާތް ބައެކެވެ."

﴿مَا كَانَ لِلْمُشْرِكِينَ أَن يَعْمُرُوا مَسَاجِدَ اللَّـهِ﴾ [سورة التوبة ١٧]

މާނައީ: "ﷲ ގެ މިސްކިތްތައް ފަޅުފިލުވައި ބެލެހެއްޓުމަކީ މުޝްރިކުންނަށް އޮތްކަމެއް ނޫނެވެ."

(ވީމާ މުޝްރިކުން އެކަމެއް ނުކުރާނެއެވެ.) 

﴿وَمَنْ أَظْلَمُ مِمَّن مَّنَعَ مَسَاجِدَ اللَّـهِ أَن يُذْكَرَ فِيهَا اسْمُهُ وَسَعَىٰ فِي خَرَابِهَا ۚ أُولَـٰئِكَ مَا كَانَ لَهُمْ أَن يَدْخُلُوهَا إِلَّا خَائِفِينَ ۚ لَهُمْ فِي الدُّنْيَا خِزْيٌ وَلَهُمْ فِي الْآخِرَةِ عَذَابٌ عَظِيمٌ﴾ [سورة البقرة ١١٤]

މާނައީ: "ﷲ ގެ މިސްކިތްތަކުގައި އެއިލާހުގެ އިސްމުފުޅު ނަންގަތުން މަނާކޮށް އަދި އެތަންތަން (ފަޅުކޮށް) ޚަރާބުކުރުމަށް މަސައްކަތްކޮށްފި މީހަކަށްވުރެ އަނިޔާވެރިކަން ބޮޑީ ކާކު ހެއްޔެވެ. ބިރުންތިބޭ ޙާލުގައި މެނުވީ، އެތަންތަނަށް ވަދެއުޅުމެއް އެބައިމީހުންނަކަށް ނުވެއެވެ. ދުނިޔޭގައި އެބައިމީހުންނަށްހުރީ ނިކަމެތިކަމެވެ. އަދި އާޚިރަތުގައި އެބައިމީހުންނަށް ހުރީ ބޮޑުވެގެންވާ ޢަޛާބެވެ."

- ދީނީ މަޢުލާތު: މަސްޖިދުއް ނަބަވީގައި الشيخ عبدالله البعيجان -حفظه الله- ދެއްވި ޚުޠުބާއަކުން/ މަސްދަރު: ދިސަލަފިއްޔާ

މިއަދު އޮންލައިން