"ދަ ޔޫތު ޑިލެމާ"ގެ ނަމުގައި ޒުވާނުންނަށް އަމާޒުކޮށްގެން ޝައިޚް މުއިއްޒު ބުޚާރީގެ ދަރުހެއް މާދަމާރޭ ބާއްވަން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހަމަޖައްސައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި ދަރުސް އެ މިނިސްޓްރީގެ ފޭސްބުކް ޕޭޖާއި ޔޫޓިއުބް ޗެނަލްއިން ލައިވް ކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
ޝައިޚް މުއިއްޒު ބުޚާރީއަކީ ސްރީލަންކާއަށް އުފަން ބޭފުޅެކެވެ. އަދި ކޮލޮމްބޯގެ ވެލަވަޓްގެ އެންމެ ބޮޑު ހުކުރު މިސްކިތުގެ ޚަތީބުވެސް މެއެވެ.
މާދަމާ ރޭ މި ދަރުސް އޮންނާނީ 21:00 ގައި އިސްލާމިކް މިނިސްޓްރީގެ ހޯލުގައެވެ. މި ދަރުހުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް މިނިސްޓްރީން އެދެއެވެ.