ގިނަ ބައަކަށް ހިތްދަތިކަމާ ދަތި ދިރިއުޅުން އުޅެންޖެހޭ ސަބަބާ އެކަމުގެ ޙައްލު- ހިތަށް އުފާވެރިކަން ލިބޭނެ މަގު!: ޑރ. ޔާސިރު ޤާދީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
ގިނަ ބައަކަށް ހިތްދަތިކަމާ ދަތި ދިރިއުޅުން އުޅެންޖެހޭ ސަބަބާ އެކަމުގެ ޙައްލު- ހިތަށް އުފާވެރިކަން ލިބޭނެ މަގު!: ޑރ. ޔާސިރު ޤާދީ

މިއަދުގެ ޙާލަތަށް ބަލައިފިނަމަ ގިނަ ބައަކަށް ދިރިއުޅެންޖެހިފައިވަނީ ހިތާމަ އާއި ހިތްދަތިކަމުގައެވެ. އެއިގެ ތެރެއިން ގިނަ ބައަކަށް އެކަން ނުވަތަ އެޙާލަތު ކުރިމަތިވަނީ އެމީހާއަށް ޢަމަލުކުރެވޭ ގޮތަކުންނެވެ. 

އިންސާނުން ދިރިތިބެން ފެން ބޭނުންވެއެވެ. ފެން ނުލިބިއްޖެނަމަ ކަރުހިއްކައިގަނެ އެކަމުގެ ސަބަބުން މީހާ މަރުވެސްވެއެވެ. ހިތަކީވެސް ހަމަ އެފަދައިންވާ އެއްޗެކެވެ. ހިތަށް ބޭނުންވާ ދިރުން ލިބެނީ ހިތަށް ފޯރުކޮށްދެވޭ ކާނާއިންނެވެ. އެއީ އަގުބޮޑު ތަރުކާރީ އާއި މޭވާ އާއި ކާބޯތަކެއްޗެއް ނޫނެވެ.

އެއީ ﷲ ތަޢާލާއަށް ޛިކުރުކުރުމެވެ. ހިތަށް ދިރުން ލިބުންވަނީ ޛިކުރުކުރުމުންނެވެ. ހިތަށް އުފާވެރިކަން ލިބި ހިތްހަމަޖެހުން ލިބުންވަނީ ހިތަށް ދިރުން ލިބުނުވަރަކުންނެވެ. ﷲ ތަޢާލާގެ ވަޙީބަސްފުޅު އަޑުއަހާށެވެ. 

وَمَنْ أَعْرَضَ عَن ذِكْرِي فَإِنَّ لَهُ مَعِيشَةً ضَنكًا وَنَحْشُرُهُ يَوْمَ الْقِيَامَةِ أَعْمَىٰ

"އަދި ތިމަންރަސްކަލާނގެއަށް ޛިކުރުކުރުމަށް ފުރަގަސްދީފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށްއޮތީ، ދަތި ދިރިއުޅުމެކެވެ. އަދި ޤިޔާމަތް ދުވަހުން އެމީހަކު ކަނުމީހެއްގެ ގޮތުގައި މަޙްޝަރު އަށް ފޮނުއްވާހުށީމެވެ." (ޠާހާ: 124)

(އާޔަތުގެ މާނަ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް) 

ދަތި އުނދަގޫ ދިރިއުޅުމެއްގެ މާނައިގައި ހިތްދަތިކަމުގައި ދިރިއުޅެންޖެހުން ހިމެނިގެންވެއެވެ. ވީމާ އަހަރެމެންގެ ހިތްތަކަށް އުފާވެރިކަން ލިބުން އޮތީ ޛިކުރުކުރުން ގިނަކުރިވަރަކުންނެވެ. އުފާވެރިކަމުގައި ދިރިއުޅެން ބޭނުންވާނަމަ ޛިކުރުކުރުން ގިނަކުރާށެވެ. އެމީޙަކަށް އުފާވެރިކަން ދެއްވަވާނެތެވެ! އިން ޝާ ﷲ

- ޑރ. ޔާސިރު ޤާދީގެ ދަރުސަކުން

މިއަދު އޮންލައިން