މައިންބަފައިން މުސްކުޅިވާދުވަހު އެމީހުންލައްޔާ މަސައްކަތްކުރުވަން ހެޔޮނުވާނެ! އޮތީ އަޅުކަންކުރަން ވަޤުތުދިނުން!: ޝައިޚް ފަރީދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
މައިންބަފައިން މުސްކުޅިވާދުވަހު އެމީހުންލައްޔާ މަސައްކަތްކުރުވަން ހެޔޮނުވާނެ! އޮތީ އަޅުކަންކުރަން ވަޤުތުދިނުން!: ޝައިޚް ފަރީދު

ﷲ ތަޢަލާ އަންގަވާފައިވާ ގޮތަށް އުޅުމުން އަޅުގަނޑުމެންނަށް މިދުނިޔޭގެ ޙަޔާތުގާ ލިބިގެންދާނީ ވަރަށް ބޮޑު އުފާވެރި ކަމެއް، އޭގެ އިތުރުން އަޅުގަނޑުމެން ޖެހޭނެ އެއާ އެކުއެކީގަ މައިން ބަފައިންނަށް ޤަދަރުކޮށް އިޙްތިރާމް ކުރަން.  ބޮޑެތި ޒުވާނުން ކިބައިގާ ވަރުއެބަހުރި.  އެހެން ވެއްޖެކަމުގައިވާނަމަ މައިންބަފައިންނަށް މަސައްކަތްތައް ޖައްސައިގެން ނުވާނެ. 

އަދިވެސް ތަސައްރަފް ފުދި ކުއްޖާ ބޮޑުވެގެން ދިޔުމަށްފަހުގައިވެސް ކުއްޖާ ޒުވާން ވުމަށް ފަހުގައިވެސް ކުއްޖާގެ ކިބައިގާ ނުލާހިކު ބާރު އެބަހުރި. އެކަމަކު ހެސްކިޔާފަ މަސައްކަތް ކުރަން މިޖެހެނީ އެއްކަލަ މުސްކުޅި ބައްޕަ މުސްކުޅި މަންމަ. ޒުވާނުންގެ ކިބާގައި ވަރު އެބަހުރި ދަރިންތައް ބޮޑެތިވެފަ ދަރިންތައް އެބަތިބި ބައިވަރު އެކަމު ހަމަ އެކަކުވެސް އެއްވެސް ކަމެއް ނުކުރޭ މުސްކުޅި މަންމައާއި ބައްޕަ އަދިވެސް އެޙާލުގައިވެސް މަސައްކަތް ކުރަން ޖެއްސުމަކީ އަޅުގަނޑުމެން ލަދުގަންނަން ޖެހޭނެ ކަމެއް މިއަދު . 

އެހެންވީމާ މިއަދު ޒުވާނުންގެ ހައިޞިއްޔަތުން އަޅުގަނޑުމެންގެ މައިންބަފައިން އުފާވާ ފަދަ ޒުވާނުންކަމުގައި އަޅުގަނޑުމެން މިއަދު  ވާންޖެހޭ. އެމީހުންނަށް ޚިދުމަތް ކޮށްދޭ ބައެއްގެގޮތުގައި މިއަދު އަޅުގަނޑުމެން  ވާންޖެހޭ. އެމީހުން ހުސްކުރަންވީ ﷲ އަށް އަޅުކަން ކުރުމަށް. އޭގެމާނައަކީ، އަޅުގަނޑުމެން ނުކޮށް ބަނގުލަދޭޝް މީހުން ބުނާހެން މަންމަ ބައްޕަ ނަމާދުކުރަނީ. އަހަރެން މިތަނުގަ މަސައްކަތް ކުރަނީ.  މިހެންބުނާ ބައެއްގެ ގޮތުގާ ވެގެން ނުވާނެ. މަންމައާ ބައްޕާވެސް އަޅުގަނޑުމެން ރަށުގާ  އެމީހުން ވެސް ނަމާދު ކުރާނެ.

އަޅުގަނޑުމެންވެސް ނަމާދު ކުރަން ޖެހޭ. އެކަމަކު އެމީހުން ތަންކޮޅެއް ބޮޑަށް ޢުމުރުގެ ފަހުކޮޅުގާ ހުސްކުރަންޖެހޭ. އެމީހުން އަޅުކަމާ، ޤުރްއާން ކިޔެވުމާ، ނަމާދު ކުރުމާ، ދުޢާކުރުމާ، ޛިކުރު ކުރުމާ، އެކިކަހަލަ އަޅުކަންތައްތައް ކުރުމަށް އެމީހުން ހުސްކުރަންޖެހޭ. އެކަންކަންކުރަން އެމީހުންނަށް ވަޤުތުދޭން އެބަޖެހޭ. އުމުރުގެ ފަހުކޮޅުގަ އެހެންނޫންތޯ؟ އެހެންވީމާ މީވެސް އަޅުގަނޑުމެން ވިސްނަން ޖެހޭނެ ކަމެއް.

- ޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ދަރުސަކުން

މިއަދު އޮންލައިން