މުއުމިނަކަށް ނޫނީ ނުލިބޭނެ މަތިވެރި ޝަރަފް‍ އަވަހަށް ލިބިގަންނާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
މުއުމިނަކަށް ނޫނީ ނުލިބޭނެ މަތިވެރި ޝަރަފް‍ އަވަހަށް ލިބިގަންނާށެވެ!

މުއުމިނަކަށް ނޫނީ ނުލިބޭނެ މަތިވެރި ޝަރަފެއްވެއެވެ.

އެއީ ތިމާ ކުރާ ހުރިހާ ކަމަކާއި ދުނިޔޭގައި ހިނގާ ހުރިހާ ކަމެއް ﷲ ތަޢާލާ ބައްލަވައި ވޮޑިގެންވާކަން އެނގުމާއިއެކު ﷲ ތަޢާލާ މިންވަރު ކުރެއްވެވި ކަމެއް މެނުވީ، ތިމަން ކިތަންމެ ބޭނުންވެގެން އުޅުނު ނަމަވެސް ނުލިބޭނެކަން ޤަބޫލުކުރެވުމެވެ. ހަމަ އެއާއިއެކު ކޮންމެ ކަމެއްވެސް ކުރިމަތިވާނީ ﷲ ތަޢާލާގެ އިރާދަފުޅާއިއެކުގައިކަން ޤަބޫލުކުރެވުމެވެ.

އެކަންކަން ޤަބޫލުކުރުމުން މުއުމިނަކަށް ލިބޭ ޝަރަފު ދުނިޔޭގެ އެއްވެސް އެހެން މީހަކަށް ނުލިބޭނެކަން ﷲ ތަޢާލާ ވަނީ ބަޔާންކުރައްވަވައިފައެވެ.

މުއުމިނަކަށް ކޮންމެ ކަމެއް މެދުވެރިވި ނަމަވެސް ﷲ ތަޢާލާއަށް ޙަމްދުކޮށް ދުލުން ކިޔާނީ އަލްޙަމްދުލިﷲ އެވެ. ކިތަންމެ ބޮޑު ތަކްލީފެއް އުފުލަން ޖެހުނު ނަމަވެސް އެއީ ﷲ ތަޢާލާ ކުރިމަތިކުރެއްވެވި އިމްތިޙާނެއްކަން ޤަބޫލުކޮށް ކެތްތެރިވާނެއެވެ. ފިކުރު ބޮޑުވާއިރަށް ކޮޓަރިތަޅުލައިގެން އެކަނި އިންނާކަސް ނުޖެހޭނެއެވެ! ކުރިމަތިވެފައިވާ ކަންތަކުން ސަލާމަތްކޮށްދިނުން އެދި މީސްތަކުންގެ ފަހަތަކުން ނުދުވާނެއެވެ.

 

މިއަދު އޮންލައިން