ޑިޕްރެޝަން ފިލައިފިކަމަށް ބުނުމުން ބަލީގައި ކާންދިން ހުރިހާ ބޭސް ޑޮކްޓަރަށް ހަދިޔާކޮށް ޝިފާ ހޯދިގޮތް ކިޔައިދިނީމާ ޑޮކްޓަރުގެ ސިކުނޑި ސުމަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ޑިޕްރެޝަން ފިލައިފިކަމަށް ބުނުމުން ބަލީގައި ކާންދިން ހުރިހާ ބޭސް ޑޮކްޓަރަށް ހަދިޔާކޮށް ޝިފާ ހޯދިގޮތް ކިޔައިދިނީމާ ޑޮކްޓަރުގެ ސިކުނޑި ސުމަކަށް!

"ޙަޔާތުގައި އަޅުގަނޑަށް ކުރިމަތިވި ކަންކަން ބޮޑުކަމުން ދުވަސްކޮޅަކަށް އަޅުގަނޑުގެ ކަންކަން ހުއްޓުމަކަށް އައެވެ. މިދެންނެވީ ނެގިމަޑުވެފައިހުރުންކަމަށް ބުނާ ގޮތަށް ސްލޯވެފައި ހުންނަން ޖެހުނު ވާހަކައެވެ.

އެތަން ފެނިފައި ޢާއިލާއިން ބޭނުންވީ އަޅުގަނޑު ނަފްސާނީ ޑޮކްޓަރަކަށް ދައްކާށެވެ. އެކަމަށް ދެކޮޅު ހަދައިފިނަމަ ޖެހޭނެ މައްސަލަތައް ގިނަކަމުން ޑޮކްޓަރަކަށް ދެއްކީމެވެ. ދިންހާ ބޭސް ޢާއިލާއިން ނަގައިގެން ގެނެސްދިނެވެ.

އެގޮތަށް 6 މަސްވަންދެން މަހަކު އެއްފަހު ޑޮކްޓަރަށް ދެއްކިއެވެ. 6 ވަނަ މަހު ޑޮކްޓަރުބަލާފައި ބުނީ މިހާރު ދެން ބޭހާއި ނުލައިވެސް އުޅެވިދާނެކަމަށެވެ. ނަމަވެސް މަސްދުވަސްފަހުން އަދިވެސް ފޮލޯއަޕެއް ހަދާލުން ރަނގަޅުވާނެކަމަށެވެ.

އެހެން ބުނުމުން މީގެކުރިން ދިން ހުރިހާ ބޭސްތައް ދަބަހުން ނަގައި ޑޮކްތަރުގެ މޭޒުމަތީގައި ބަހައްޓާފައި ބުނީމެވެ. "އެންމެ ގުޅައެއްވެސް މަދުތޯ ނިކަން ބަލައިލަބަލާށެވެ! ތިއަ ހުރިހާ ބޭސްކެއިނަމަ އަހަރެންގެ ހަށިގަނދަށް ލިބޭނެ ގެއްލުން ނިކަން ވަޒަންކޮށްލަބަލާށެވެ. އަހަރެން ފަރުވާ ހޯދީ ހަށިގަނޑަށް އެއްވެސް ގެއްލުމެއް ނުލިބޭނެ، އަދި ފައިދާވެސް ކުރާނެ އެއްޗަކުންނެވެ."

އެއީ ކޮން އެއްޗެއްތޯ؟ ޑޮކްޓަރު ސުވާލުކުރީމާ ބުނީމެވެ. "މިއޮތީއެވެ.!" ބުނެފައި ނަގައި ކުޑަކުޑަ ޚަތިމެއް ދައްކައިޅީމެވެ. އަދި ބުނީމެވެ. "ހަމަ ކިޔެވީއެވެ. ޢަމަލުކުރީއެވެ. އެމީހަކަށް ނުއުފުލޭނެ ތަކްލީފެއް ނުޖައްސަވާނެ ކަމަށް ޤަބޫލުކުރީއެވެ. ނާރުތަކުގެ ބާރުވެސް ގުނަވަންތަކުގެ ބާރުވެސް ވީވަރުގަދައެވެ. ވިސްނުމުގެ ބާރުވެސްވީ ހަމަވަރުގަދައެވެ."

ސުވާލުކުރީމެވެ! ނަފްސާނީ ކަންކަމުގައި ބޭހުން ޝިފާލިބޭނަމަ ކަލޭމެން ޑޮކްޓަރުންނަށް ކަމެއް ދިމާވުމުން ބޯގޮވައިގެން އުޅެނީ ކީއްވެގެން ހެއްޔެވެ؟ ސުވާލުކޮށްފައި ޖަވާބަށް އިންތިޒާރުނުކޮށް ނުކުމެގެން އައީއެވެ.

--ޝަމްސުއްނިސާ / ކަރާޗީ ، ޕާކިސްތާން

 

މިއަދު އޮންލައިން