ނަމާދަށްހުރެ ހެވިއްޖިއްޔާ ވާނީ ކިހިނެއް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
ނަމާދަށްހުރެ ހެވިއްޖިއްޔާ ވާނީ ކިހިނެއް؟

ބައެއް ޢިލްމްވެރިން ވިދާޅުވަނީ ހިނިއައުމަކީ ނަމާދުބާޠިލްވާ ކަންކަމުގެ ތެރޭގައި އޮތްކަމެއް ނޫންނަމަވެސް ނަމާދަށް ހުންނައިރު ހިނިއަންނަނަމަ އެއީ ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމެއް ކަމަށެވެ. 

އެހެނީ ހިނިއަންނަން ޖެހޭނެ އެއްވެސް ޙާލަތެއް ނަމާދުގައި މެދުވެރިއެއް ނުވާނެއެވެ. ނަމާދުގައި އޮތީ ﷲ ތަޢާލާއަށް ބިރުވެތިވުމެވެ. ވީމާ ހިނިއަންނަންޖެހޭނެ އެއްވެސް ކަމެއް ނަމާދުގައި ނުވެއެވެ. 

ނަމާދުގައި ހުންނައިރު ހިނިއަންނަނަމަ އެއީ ޝައިޠޯނާގެ ކިބައިން އަންނަ ކަމެކެވެ. ޝައިޠޯނާ ބޭނުންވާ ގޮތަށް އޭނާގެ ފިކުރުތައް ލަންބުވަނީ އެވެ. ވިސްނުން ނަމާދުން ބޭރުކުރުވަނީއެވެ. ވީމާ ނަމާދުގައި ހުންނަ މީހަކަށް ހެވޭނަމަ އެއީ ވަރަށް ނުރައްކައުތެރި ކަމެކެވެ. ވަރަށް ބޮޑަށް ބިރުގަންނަން ޖެހޭނެ ކަމެކެވެ. 

ދުޢާއަކީ އަޅުގަނޑުމެން ކުރާ ނަމާދަކީ ﷲ ތަޢާލާ ޤަބޫލުފުޅުކުރައްވަވާ ފެންވަރުގައި ކުރެވޭ ނަމާދުކަމުގައި ލެއްވެވުމެވެ. އާމީން 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން