ޑޮކްޓަރ އަފްރާޝީމް އަވަހާރަކޮށްލީތަ؟ ޝަހީދުކޮށްލީތަ؟ ނެތިކޮށްލި ސަބަބު ނުހޯދާނެ ސަބަބުވެސް އެމަނިކުފާނު ވަނީ ކުރިއާލައި ހާމަކުރައްވާފަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 48ސ
ޑޮކްޓަރ އަފްރާޝީމް އަވަހާރަކޮށްލީތަ؟ ޝަހީދުކޮށްލީތަ؟ ނެތިކޮށްލި ސަބަބު ނުހޯދާނެ ސަބަބުވެސް އެމަނިކުފާނު ވަނީ ކުރިއާލައި ހާމަކުރައްވާފަ-

މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލީތޯ ނުވަތަ ޝަހީދުކޮށްލީތޯ މިއީވަރަށް ކުރިންސުރެ ބަހުސްކުރެވެމުން އަންނަކަމެކެވެ. ޝަހީދުކޮށްލެވުނީ ކަމަށް ބުރަވެވޭ ހެކިތައް ހުރިނަމަވެސް އެކަންކަމަށް މަރުކޮމިޝަނުން އެއްވެސް ސަމާލުކަމެއް ދިންކަން ރިޕޯޓޫން ފެންނަން ނެތްކަން ގިނަ ބައަކު ފާހަގަކުރެއެވެ. 

އެންމެ ބޮޑަށް ސުވާލު އުފެދެނީ ޔޫއޭއީ އިން ބައަކު ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައި ފުރާފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވެ ދެއްކެވިވާހަކަފުޅާއިމެދެ އެވެސް ބަހެއް ރިޕޯޓޫގައި ފެންނަން ނެތުމުންނެވެ. 

ކޮންމެއަކަށް ޑރ. އަފްރާޝީމް ޢަލީ ޝަހީދުކޮށްލެވުނީކަމަށް ބުރަވެވަޑައިގަންނަވާ ބޭފުޅުން ބަޔާންކުރައްވާގޮތުގައި ޑރ. އަފްރާޝީމް ޢަލީ އަކީ އެއިރު މަޖިލީހުގައި ހުންނެވި ހަމައެކަނި ދީނީ ޢީލްމުވެރިޔާގެ ގޮތުގައި ހުންނަވައިގެން ރާއްޖޭގައި އިސްލާމް ދީން ޙިމާޔަތްކުރުމަށާއި އެހެން ދީންތަކަށް ފުރުޞަތު ނުދިނުމަށް ކުރެއްވި ވަކާލާތުތަކަކީ ﷲ ތަޢާލާގެ މަގުގައި ކުރެއްވި މަތިވެރި ޖިހާދެކެވެ. އެމަނިކުފާނު ޝަހީދުކޮށްލީ އެކަންކަން ޙަޖަމްނުކުރެވިގެންނެވެ. ޕީނަލްކޯޑް ﷲ ތަޢާލާއަށް ގޮންޖަހައި ފާސްކުރަން ފަސޭހަކުރުމަށެވެ. އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. 

ޑރ. އަފްރާޝީމްގެ ވާހަކަފުޅުތަކުގެ ތެރެއިން މިއަދާއި ހަމައަށްވެސް ފޫހިކަމެއް ނެތި ގިނަބައަކު އަޑުއަހަމުން ގެންދާ މިވާހަކަކޮޅަކީ ރާއްޖޭގެ މިހާރުގެ ޙާލަތަށް ފެތޭ ކޯޓަކަށްވެފައިވުމަކީ އެއިރުވެސް އެމަނިކުފާނުގެ ވިސްނުންފުޅުގެ ތޫނުކަމެވެ. 

ޑރ. އަފްރާޝީމްގެ ދޫފުޅުން ވިދާޅުވެފައިވެއެވެ. 

ނޫކުލައިގެ ބުރުގާއެއް އަޅައިފިއްޔާ ކިތަންމެ ކޮލިފައިޑު މީހަކަސް އޭނާއަކަށް ވަޒީފާއެއް ނުލިބޭނެ. މިހަމަހަމަކަން އޮންނަން ޖެހޭނޭ ދީނީ މީހަކު ބުނެފާނެ ކަމަށް އެމީހުންގެ އަނގަބައްދާ ދީނީ ޢިލްމުވެރިންނާ ދީން އެއީ މުޅިން އެއްކަނެއްގައި އޮންނަން ޖެހޭ ބައެއްކަމަށް މިހަދަނީ މީ ފުރަތަމަ ކަންތައް. 

ދެވަނަ ކަމަކީ، ޙަމީދު މީދެއްތޯ ރާއްޖޭގެ މީހުން މިހާރު ވިސްނަންވީ ކަމަކީ އަޅުގަނޑުމެންނަށް ލޯކަލް އިންތިޚާބުގެ ތެރޭގަ ތިޔަބޭފުޅުން ވިސްނަވަބައްލަވާ ދީން ބަދަލު ކުރުމޭ މީގެ ބޭނުމަކީ، ދީނާ ސިޔާސަތާ ވަކި އެއްޗެކޭ ބުނެ އޭގެ މާނައަކީ ދީންބަދަލު ކުރުން، އަޞްލު އެނގިވަޑައިގަންނަވާނެ ، ދީނާއި ދައުލަތާ ވަތްކޭ ކިޔާއިރުގާ ޙަޤީޤަތުގާ މީގެ ފިކުރަކީ ކޮބާ؟ 

(އެފިކުރަކީ) ރާއްޖޭގާ ތަފާތު ދީންތަކަށް ޖާގަދިނުން، އިސްލާމީ މަރުކަޒު މިތާ ހުންނައިރުގާ ޖުމްހޫރީ މައިދާނުގަ ފައްޅިއެއް އެޅެން ޖެހޭނެ(ކަމަށް ދަޢުވާކުރުން). އަދި ކިޔާނީވެސް ކިހިނެއް އިނގިރޭސި ވިލާތުގަވެސް ހުރޭ ފައްޅި ، އިނގިރޭސި ވިލާތުގާ ހުރޭ މިސްކިތްވެސް ބުނާއިރު މިމީހުންނަކަށް ނޭނގޭތަ އެމީހުންގެ އަމިއްލަ މަޅީގަ ޖެހިފައޭ އެތިބީ ޑިމޮކްރަސީއޭ ކިޔައިގެން އެއްޗެއް ގެނެއްސަ. (އެމީހުން ޤަބޫލުރާ ގޮތުގަ) ޑިމޮކްރަސީގެ ތެރޭގަ މުސްލިމުން ނުލާހިކު މުއްސަނދި އެތާނގަވެސް އެހެން ވެއްޖިއްޔާ އެމީހުނަށް މިސްކިތްވެސް އެޅެންވާނެތާ! 

ރާއްޖޭގަމީ ސައްތައިން ސައްތަ މުސްލިމް ޤައުމެއް، އަޅުގަނޑު މިދަންނަވަނީ ހަމަ ރާއްޖޭގެ ހުރިހާ  ޢިލްމުވެރިންނަށް ވެސް އަދި ހުރިހާ އެންމެންނަށްވެސް ތިޔަބޭފުޅުން އަޑުއައްސަވާތި މިދީނުގެ މިނިވަންކަން ދީނީ މިނިވަންކަމޭ މިކިޔާ އެއްޗަކީ މީ ދީންހުއްދަކުރާ ކަމެއްނޫނޭ ޙަޤީޤަތުގާ އެއީ ކީއްވެގެންތޯ؟ އިސްލާމް ދީނަކީ މީ އިޚްތިޔާރީ ދީނެއްނޫން. ޝަހީމް އަށް ހެކިވަޑައިގަންނަވާނެ މިއަށް. އިސްލާމް ދީނަކީ މީ އިޚްތިޔާރީ ދީނެއް ނޫން! އޭގެ މާނައަކީ، ކީރިތި ރަސޫލާ ރަސޫލުކަމައިގެން ފޮނުވުނު ފަހުން އޭގެފަހުން ދެން ދުނިޔޭގައި ތިބި ވަރިހަމަ ކްރިސްޓިއަނަކަސް ވަރިހަމަ ޖޫޒް ޔަހޫދީ އަކަސް ނަޞާރާ ޔަކަސް ކޮންމެ މީހަކަށްވިޔަސް މަޖްބޫރު  އިސްލާމް ދީނަށް ވަނުން. އިޚްތިޔާރީ ދީނެއް ނޫނޭމީކީ.

އިޚްތިޔާރީ ދީނެއްނޫން ކަމުގެ ހެއްކެއްތާ ކިރިތި ޤުރްއާނުގާ މާތް ﷲ ވަޙީ ކުރައްވަނީ "اِنَّ الدِّیْنَ عِنْدَ اللّٰهِ الْاِسْلَامِ"   މާތް ﷲ ގެ ޙަޟްރަތުގާ ހަމައެކަނީ ޤަބޫލުކުރެވޭ ދީނަކީ އިސްލާމް ދީނެވެ. އަނެއްކާ ޤުރްއާނުގާ އޮންނާނެ "وَمَن يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَن يُقْبَلَ مِنْهُ وَهُوَ فِي الْآخِرَةِ مِنَ الْخَاسِرِين "  މާތްﷲ ގެ ޙަޟްރަތުގާ ހަމަ އެކަނި ޤަބޫލުކުރެވޭ ދީނަކީ އިސްލާމް ދީނޭ އެނޫން ގޮތަކަށް އުޅޭ މީހާއަކީ ވަރަށްބޮޑު ގެއްލުން ލިބިގެންވާ މިހެކޭ، 

އެކަމަކު ކޮބައިތޯ އަޅުގަނޑުމެން ވިސްނާލަންޖެހޭ ނުކުތާ އަކީ، (މާފުކުރައްވާތި އިނގޭތޯ މިވާހަކަ ނުނިންމާ ދޫކޮށްލައިފިއްޔާ އޮޅޭނެ އެހެންވެގެން ) އިސްލާމްދީނަކީ އިޚްތިޔާރީ ދީނެއް ނޫނޭ އެ ބުނެވޭބަހުގެ މާނައަކީ އެއީ މިސާލަކަށް ބައްލަވާ އިޚްތިޔާރީ ދީނެއްނަމަ ކީއްވެގެންތޯ މުސްލިމެއްނޫން ގޮތުގާ އޭނާ މަރުވެއްޖިއްޔާ މާތްﷲ އޭނާއަށް އެކަމުގެ ޢަޛާބު ދެއްވަނީ، އަޅުގަނޑަށް ޔަޤީންކޮށް ދަންނަވަން އިނގޭ މުސްލިމެއް ގޮތުގަ ނޫންގޮތަކަށް އޭނާ މަރުވެއްޖިއްޔާ އޭނަ ހަމަ ސީދާ ނަރަކަޔަށް ވަންނާނީ، އަނެއްކާ އޭނަ ނުނުކުންނާނެ އެތާކުންނެއް. އޭނަގެ އަބަދުގެ އަބަދުގެ ގޮވެތި އެއީ، އެހެންވީމާ އިޚްތިޔާރީ ދީނަކަށް ނުވިތާ! އެކަމަކު މާނައަކީ ދުނިޔޭގެ އެއްވެސް ތަނެއްގާ ފައްޅި އެޅިގެން ނުވާނޭ، މަނާކަމެކޭ އެއީ ރާއްޖޭގާ ކީއްވެގެންތޯ ފައްޅި އަޅަންވީ ރާއްޖެ ކީއްކުރަންތޯ ދުނިޔޭގެ އެއްވެސް ތަނެއްގާ ފައްޅި އެޅުމަކީ މަނާކަމެއް އެއީ އެމީހުންގެ ގޮތްކުޑަކަމާ އެމީހުންގެ ވިޔާނުދާކަން. 

އެހެންނަމަވެސް ޙަޤީޤަތުގާ  މާތް ﷲ މުޅި އިސްލާމީ ޝަރީޢާގެ އުޞޫލު ތަކަށްބަލާއިރު މުޅި އިސްލާމީ ޝަރީޢާގެ އެންމެބޮޑު އެއް މަޤްޞަދު އެއީ އިންސާނުންގެ ތެރޭގަ ޞުލްޙަވެރިކޮށް އުޅުން އެހެންވީމާ ނަޞާރާދީން އެމީހަކަށް ވިސްނޭކަމުގައިވަންޏާ އުޅޭ، ޔަހޫދީ ދީން ރަގަޅުކަމަށް ވަންޏާ އެދީނަކަށްވެސް އުޅޭ، އަހަރެމެންގޮސް އެމީހުންގެ ގައިގާ ތަޅާމަރާ އެހެން ހެދުން ނެތީ، އެހެންވީމާ ﷲ ވަޙީ ކުރައްވަނީ، " لَا إِكْرَاهَ فِي الدِّينِ " ބަޑި ދައްކައިގެން ކަނޑި ދައްކައިގެން، ބިރުދައްކައިގެން، އިސްލާމް ދީނަށް ކޮންމެހެން ގަދަކަމުން ވެއްދުމެއް ނެތޭ، އެހެންނަމަވެސް އިޚްތިޔާރީ ދީނެއް ނޫން ޙަޤީޤަތުގާ އިޚްތިޔާރީ ދީނެކޭ ކިޔައިގެން ރާއްޖޭގައި ދީނީ މިނިވަންކަން ގެނެސްގެން ރާއްޖޭގާ ފައްޅި އަޅުވާފަ އިސްލާމީ މަރުކަޒަށް ނަމާދަށްދާ ކުއްޖާ އަނބުރާލާފަ (އެތާ ޖުމްހޫރީ މައިދާނުގަ އެމީހުން އަޅާނެ ފައްޅި އިނގޭތޯ ބައްލަވައްޗޭ ) އަޅާފައްޅިއަށް ވެއްދުން މީނޫންތޯ މަޤްޞަދަކީ، ކީއްވެގެން އެއޮތީ ދަށުވެފާ ދަށުވެފައޮތީ ޙަޤީޤަތުގާ މުސްލިމް ނޫންމީހުންގެ އެހީތެރިކަން ހުރީ އިންތިހާއަށް ބޭނުންކޮށްފާ ކިހިނެއް ލިބޭނެ ވެރިކަމެއްތޯމީ އެހެންނޫންނަމަ، ރައީސް ނަޝީދަށް ލިބިވަޑައިގެންނެވީ އެންމެ 25 ޕަސެންޓް ކާކުތޯ ތާއީދު ކުރަނީ. ނިކަން ބައްލަވަ ބައްލަވާ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު، އަޅުގަނޑު މިދަންނަވަނީ ވަރަށް ސާފުކޮންނޭ މީ ކާމިޔާބު ވެފާހުރި އެއްޗިއްސޭ އެހެންވީމާ ގަދަބަދަހި ކަމުން ރާއްޖޭގަ ހުޅުޖަހާ މުޅިތަން ސުންނާފަތި އަރުވަން.

އެހެންވެގެން ކަންތައްގަނޑު ހިންގަން ރާއްޖެއިން ބޭރުގެ ދީން ހަލާކުކޮށްލަން އުޅޭމީހުންނާ މަޝްވަރާކޮށް ތިމާމެންގެ އަމިއްލަ އެދުން ފުއްދުމަށްޓަކައި ދީން ހަލާކުވިޔަސް ހެޔޮކަމަށްނޫންތޯ ދޫކޮށްލާފަ މިއޮތީ.

މިއަދު އޮންލައިން