މާލެ ސިޓީގެ މިސްކިތްތަކަށް ކުރިމަތިވެފައިވާ ނިކަމެތި ޙާލަތާއި ގުޅިގެން ރައްޔިތުން ކަންބޮޑުވުން ފައުޅުކުރަމުން ދަނިކޮށް މިސްކިތްތަކުގެ ކަންކަން ބިރުވެރި ޙާލަތަކަށް ބަދަލުވެއްޖެކަމަށް މައުލޫމާތު ލިބިއްޖެއެވެ.
"މިދިއަ ހުކުރު ދުވަހު ހުކުރު ނިމިގެން ވަރަށް ބާރަށް ޒުވާނަކު ކިޔެވި. އެކަމާ އެއްވެސް މީހަކު އަޅައެއް ނުލާ. އިރުކޮޅަކުން ފެނުނީ މިސްކިތުން ފައިބަމުން ދޮރުމަތީގައި ހުރި އަތްސާފުކުރާފުޅިން އަތަށް އަޅައިގެން ބޮލުގައާއި މުޅި ގައިގަ އުނގުޅަންފެށިތަން. ފުޅި ހުސްވުމަކާ ގާތަށް އުނގުޅީމާ އެތަނުގައި އިން މީހަކު އެއީ ހެދުމާ ބޮލާ ގައިގަ އުނގުޅާއެއްޗެއް ނޫންކަމަށްބުނި.
އިރުކޮޅަކުން ފެނުނީ ގްރޫޕެއް ގޮވައިގެން އެމީހާއަށް ހަމަލާދޭން އައިތަން. އައިސް ހޯދިއިރު އެމީހާ ނުފެނުނީމާ ސަލާމަތްވީ." މިއަދުނޫހަށް މައުލޫމާތުދިން މީހާ ބުނެފައިވެއެވެ.
މުސްލިމުން ޤަބޫލުކުރަނީ މިސްކިތްތަކަކީ މުސްލިމުންނަށް އަމާންކަން ލިބިގެންވާ ތަނެއް ކަމުގައެވެ. ނަމަވެސް މާލެސިޓީގެ މިސްކިތްތައް އެންމެފަހުން ބަދަލުވާން މިފެށީ ބިރުވެރިތަނަކަށެވެ.
މަޤްޞަދަކީ މަސްތުގެ ޙާލުގައި ތިބޭ މީހުން މިސްކިތްތަކަށް އަރުވައި ބިރުވެރިކަންކަން ކުރިމަތިކުރުވައި މިސްކިތްތަކާއި ރައްޔިތުން ޖެއްސުވުން ކަމުގައިވާނަމަ އެއީ ހިތާމަހުރި ކަމެކެވެ. މިސްކިތްތައް ނަޖިސްކުރުވައިފިއެވެ. 2 ވަނަ ފޭސް ފެށީއެވެ!