ނަމާދަށް ހުއްޓާ ފޯނު ރިންގވެއްޖެނަމަ ނަގާފަ ނަމަވެސް ކަނޑާނުލާނަމަ އެހަލާކުކުރެވެނީ އެތައްބައެއްގެ ނަމާދު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ނަމާދަށް ހުއްޓާ ފޯނު ރިންގވެއްޖެނަމަ ނަގާފަ ނަމަވެސް ކަނޑާނުލާނަމަ އެހަލާކުކުރެވެނީ އެތައްބައެއްގެ ނަމާދު!

ނަމާދަށް ފެށުމުގެ ކުރިން ފޯނުގެ ރިންގ ކަނޑާލަން ވަރަށް ގިނަ އިމާމުން ނަޞޭޙަތްތެރިވެއެވެ. އެހެންކަމާއިއެކުވެސް ބޮޑު ޖަމާޢަތެއްގައިނަމަ ފޯނެއް ރިންގނުވާ ނަމާދެއް މަދުކަމަށްބުނުމަކީ ދޮގަކަށް ނުވާނެއެވެ. އެހާވެސް ގިނައިން އެކަން މެދުވެރިވެއެވެ.

މިކަމުގަ ޢަމަލުކުރަންވީގޮތް ގިނަބައަކަށް އަދިވެސް އޮޅިފައިއޮންނާތީ މިގެނެސްދެނީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިކަމުގައި ވިދާޅުވެފައިވާ ބަސްފުޅެކެވެ.

ނަމާދަށް މިސްކިތަށް އެރުމުގެ ކުރިން މޯބައިލް ފޯން ނިއްވައިލުމަކީ ނުވަތަ ރިންގ ނުވާނެ ގޮތަކަށް ހެދުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. އެކަމަށް އެންމެންވެސް ވަރަށް ބޮޑަށް ސަމާލުކަން ދޭންވާނެއެވެ.

ހަނދާން ނެތިގެން ނިއްވާ ނުލެވި އޮއްވާ ނަމާދަށް ހުއްޓައި ރިންގވެއްޖެނަމަ އަވަހަށް ފޯނު ނަގައި ނިއްވައިލާށެވެ. ޖީބުގައި އޮތް ނަމަވެސް މެއެވެ. ތަޅުމުގައި ބާއްވާފައި އޮތް ނަމަ ނަގައިގެންވެސް މެއެވެ. އެއީ ކުރެވޭ އިތުރު ޙަރަކާތެއް ކަމަށް ނުބަލާށެވެ. ސަބަބަކީ ފޯނު ރިންގވުމުން ޖަމާއަތުގައި ތިބި އެންމެންގެ ނަމާދަށް އުނދަގޫވާނެތީއެވެ. ޚުޝޫޢަތްތެރިކަމަށް ހުރަސް އެޅޭނެތީއެވެ.

އެހާލަތުގައި އަމަލުކުރަންޖެހޭނީ އެންމެންގެ މަޞްލަހަތަށް އެންމެ ފައިދާހުރި ގޮތަކަށެވެ. އެގޮތަކަށްވާނީ ފޯނު ނަގައި އަވަހަށް ނިއްވައިލުމެވެ.

=======

--ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

ބައެއް މީހުން ފޯނު ބާއްވަނީ ޖީބުގައެވެ. ރިންގވާން ފެށުމުން ކަނޑާލައެވެ. ކަނޑާލާއިރަށް އަނެއްކާ ވެސް ގުޅައެވެ. އެފަދަ ހާލަތުގައި މީހާއަށް އުޅެން ޖެހެނީ ފޯނުން ސަލާމަތް ނުވެވިގެންނެވެ. މިކަމާއި ގުޅިގެން އިމާމުން ނަމާދު ފެށުމުގެ ހަނދާންވެސް ކޮށްދެއެވެ.

ތިމާގެ ސަބަބުން އެތައް ބައެއްގެ ނަމާދަށް ގެއްލުން ދިނުމަކީ ކުރެވޭ ކިހައި ބޮޑު ފާފާއެއް ކަމާއިމެދު ވިސްނައި ބިރުވެތިވުން ކީއްތޯއެވެ! ނަމާދަށް އަރާ އެއްވެސް މީހަކީ އެހެން މީހުންގެ ނަމާދަށް ހުރަސްއަޅާ އިބިލީހުގެ އެޖެންޓަކަށް ވުމަކަށް ނުއެދޭނެއެވެ. ނަމަވެސް މިފަދަ ހާލަތްތަކުގައި މެދުވެރި އެވަނީ އެ ފަދަ ގޮތެކެވެ.

މިއަދު އޮންލައިން