މައިންބަފައިން އަނބިމީހާއާއި މެދު ބޭއިންސާފު ޢަމަލު ކުރާނަމަ އެކަން އެދެމީހުނަށް ބުނެދީ އެކަން އިސްލާހު ކުރުމީ ނުކިޔަމަންތެރިވުމެއް ނޫނެވެ. އަދި އަނބިމީހާ ވެސް މައިންބަފައިނަށް އިހާނެތިކޮށް ހިތަނީނަމަ އެކަން އިސްލާހު ކުރުމީ ތިމާގެ ޒިންމާއެކެވެ. ޢަދުލުވެރިވާށެވެ.
މައިންބަފައިނަށް އިހްސާންތެރިވުމަށް އަމުރުކުރައްވާފައިވާ ފަދައިން އަނބިމީހާއަށްވެސް އޯގާތެރިވުމަށާއި ޙައްގުތައް ދިނުމަށް އިސްލާމް ދީނުގައި ވަނީ ޢަމުރުކުރައްވާފައެވެ. އެއިން އެއްވެސް ކަމަކަށް އިހުމާލުވުމަކީ ފާފަވެރިވާނެކަމެކެވެ.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް