ޝައިޚް ފަރީދު ޒުވާނުންނަށް: ޛިކުރުކުރުން ގިނަކުރީމާ ފާޙީޝް ޢަމަލުތައްކުރުމުން ސަލާމަތްވެވޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 6ސ
ޝައިޚް ފަރީދު ޒުވާނުންނަށް: ޛިކުރުކުރުން ގިނަކުރީމާ ފާޙީޝް ޢަމަލުތައްކުރުމުން ސަލާމަތްވެވޭނެ! އިން ޝާ ﷲ

ޒުވާނުންނަށް اللهُ سُبْحَانَهُ وَتَعَالى ވަރަށް ބޮޑެތި ވަސިއްޔަތް ތަކެއް ކުރައްވާފަވޭ އެހެންވީމާ އަޅުގަނޑުމެން އެމަގުން ސަލާމަތްވުމަށް ވެސް އަޅުގަނޑުމެން އެބައޮތް ކަމެއް ކުރަން މިސާލަކަށް އެމީހެއްގެ ކިބައިގާ އެދުންވެރިކަން ހުންނަންޏާމުން މީހަކާ އިންނަންވީ މީހަކާ އިނުމަށްވެސް ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ވަނީ ގޮވާލައްވާފަ " يَا مَعْشَرَ الشَّبَاب"  އޭ ޒުވާނުންގެ ޖަމާޢަތުގެ މީހުންނޭ! "مَنِ اسْتَطَاعَ مِنْكُمْ البَاءة فَلْيَتَزَوَّج ތިޔަބައި މީހުންގެ ތެރެއިން ކެރިކުޅަދާނަކަން ލިބިގެންވާ މީހަކު ފަހެ ކާވެނި ކުރާހުށިކަމެވެ. އެއީ ވަރަށް ބޮޑުފައިދާއެއް އޭގާ އެކުލެވިގެންވާތީ ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ އެގޮތަށް އަންގަވާ އިރުޝާދު ދެއްވާނީ.

ދެން މީހުންނާ ނުއިނދެ ތިބެގެން ކުދިންނާ ޒިނޭކޮށް ކުދިންނާ މައްލަވަކޮށް ފޭސްބުކް އެއްޗެހިން ދިމާކޮށް ނޫނިއްޔާމުން ބަރަހަނާ ފޮޓޯފޮނުވާ މިކަހަލަ ކަންތައްތައް ކުރާތީ އަޅުގަނޑުމެންނަށް ވަރަށް ގިނަފަހަރަށް އެބަ އަޑުއިވޭ ނޫސްތަކުން އެބަފެނޭ އެހެންނޫންތޯ؟ މިކަން މިހެންވާން މިޖެހެނީ އަސްލު ޙަލާލުގޮތުގާ އަޅުގަނޑުމެން މިކަންތައްތައް ނުކުރާތީ އެހެންވީމާ އަބަދުވެސް އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ ރައްބު ހަނދާންކުރާ ޛިކުރު ކުރާ ބަޔަކު ކަމުގާވާންވީ އަޅުގަނޑުމެންގެ ޒުވާނުންނަކީ ހެނދުނާ ހަވީރުގެ ޛިކުރުތައް ބަރާބަރަށް ކިޔާ ނިދަން އޮށޯންނަމުން ކިޔާ ޛިކުރުތައް ކިޔާ ބަޔަކު ކަމެއް ވެއްޖެނަމަ ﷲ އެބަޔަކު ސާބިތު ކޮށްދެއްވަވާނެ ﷲ އެބަޔަކު ﷲ ގެ މަގުގާ ލަހައްޓަވާނެ "صِرَاطَ الْمُسْتَقِيْم" ގައި އެބައިމީހުނަށް ސާބިތުކަން ދެއްވަވާނެ، "އިންޝާﷲ " 

އާދެ އަޅުގަނޑުގެ ދުޢާއަކީ اللهُ سُبْحَانَهُ وَتَعَالى އަޅުގަނޑުމެންނަށް ހެޔޮވިސްނުން ދެއްވުން އަދި އަޅުގަނޑުމެން ޙައްޤުގެ މަތީގާ ސާބިތު ކޮށްދެއްވެވުން އަޅުގަނޑުމެން އެންމެންނަކީ މިދުނިޔޭގެ ޙަޔާތުގަ އެނބުރެމުން ސެނބުރެމުންދާ ބައެއްގެ ގޮތުގާ ނުލައްވަވާ ﷲ ގެ މަތިވެރިވެގެންވާ ޖަންނަތައް އަޅަމެންގެ އަމާޒު ވާސިލުވެގެންވާ ބައެއްކަމުގާ ލެއްވުން އަދި ހަމަ އެހެންމެ ދެދުނިޔޭގެ އުފާފާގަތިކަމާ ބާއްޖަވެރިކަން މިންވަރު ކޮށްދެއްވަވާ ކަށްވަޅުގެ ނާމާންކަމާ ބިރުވެރިކަމާ ކަށްވަޅުގެ ޢަޛާބުން ސަލާމަތް ކޮށް ދެއްވަވާ ނަރަކައިގެ ބިރުވެރި ވެގެންވާ ޢަޛާބުން ވޭންދެނިވި ޢަޛާބުން މިންޖުވެގެންވާ ބައެއްކަމުގާ ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން އެންމެން ލައްވާށި (އާމީން) جَزَاكُمُ اللهً خَيْرا 

رَبَنَا آتِنَا فِى الدُّنْيَا حَسَنَةً وَفِى الْآ خِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ 

وَصَلى اللهُ عَلَى نَبِيِّنَا مُحَمَّدٍ وَآلِهِ وَصَحْبِهِ أَجْمَعِيْن ، 

وَالحَمْدُ للهِ رَبِّ الْعَالَمِيْن 

وَالسّلامُ عَلَيْكُمْ وَرَحْمَة اللهِ وَبَرَكَاته 

- ޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ދަރުސަކުން 

 

(މިދަރުސް ނިމުނީ)

މިއަދު އޮންލައިން