އިސްލާމްދީނުގަ އޮތީ ހަމައެކަނި އަޅުކަންކުރުމެއް ނޫން! ޢަދުލަށް ޙުކުމްކޮށް ﷲ ގެ ޙުކުމްފުޅުތައް ތަންފީޒުކުރަންވެސް ޖެހޭ!: ޑރ. ޝަހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 8ސ
އިސްލާމްދީނުގަ އޮތީ ހަމައެކަނި އަޅުކަންކުރުމެއް ނޫން! ޢަދުލަށް ޙުކުމްކޮށް ﷲ ގެ ޙުކުމްފުޅުތައް ތަންފީޒުކުރަންވެސް ޖެހޭ!: ޑރ. ޝަހީމް

އިސްލާމްދީނަކީ ހަމައެކަނި އަޅުކަމުގެ ދީންކަމަށް އަޅުގަނޑުމެނަށް ޤަބޫލުކުރެވޭ ކަމުގާ ވަންޏާ އެއީ ﷲ ގެ ޝަރީޢަތުގެ މަންހަޖާ ޚިލާފަށް އަޅުގަނޑުމެންނަށް އެޤަބޫލުކުރެވެނީ އިނގޭތޯ! އިސްލާމްދީން އައިސްފައިވަނީ ކުރީގެ ސަމާވީ ދީންތަކުގެ ޚުލާޞާ ފުރިހަމަ ޝާމިލް ދީނެއްގެ ގޮތުގާ އިނގޭތޯ. ﷲ ސުބްޙާނަހޫ ވަތަޢާލާ ނިސާ ސޫރަތުގެ ސަތޭކަފަސްވަނަ އާޔަތުގާ ބަޔާން ކުރައްވާފައިވޭ "إِنَّا أَنزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ لِتَحْكُمَ بَيْنَ النَّاسِ بِمَا أَرَاكَ اللَّهُ ۚ وَلَا تَكُن لِّلْخَائِنِينَ خَصِيمًا " ހަމަކަށަވަރުން މިޤުރްއާން ކަލޭގެފާނަށް މިބާއްވާލެއްވީ ﷲ ކަލޭގެފާނަށް އަމުރުކުރައްވާފައިވާ ގޮތަށް މީސްތަކުންގެ މެދުގާ ޙުކުމް ކުރެއްވުމަށޭ، އަދި ޚިޔާނާތް ތެރިންގެ ދިފާޢުގާ ވަކާލާތު ކުރައްވާ ބޭކަލެއްގެ ގޮތުގާ ކަލޭގެފާނު ވަޑައި ނުގަންނަވާށޭ! 

ص: سورة ގެ 26 ވަނަ އާޔަތުގާ ﷲ ބަޔާން ކުރައްވާފައި ވަނީ ދާއޫދުގެފާނަށް " يَا دَاوُودُ إِنَّا جَعَلْنَاكَ خَلِيفَةً فِي الْأَرْضِ فَاحْكُمْ بَيْنَ النَّاسِ بِالْحَقِّ " އޭ ދާއޫދުގެފާނޭ ކަލޭގެފާނު ބިންމަތީގާ  ޚަލީފާވެރި ކުރައްވައިފީމޭ ތިމަންރަސްކަލާނގެ ޙައްޤަށް އިންސާފަށް ކަލޭގެފާނު ޙުކުމް ކުރައްވާށޭ." 

އެހެންވީމާ ސިޔާސަތު މިޒަމާނުގާ އަޅުގަނޑުމެންނަށް މި މުޖުތަމަޢުތަކުން މިފެންނަ ދޮގުހެދުމާ، މަކަރުހެދުމާ، މީހުންގެ އަބުރު ނަގާލުމާ، މީހުން ބަދުނާމުކުރުމާ، މީއެއްނޫން އަޅުގަނޑުމެން މިދައްކާ ސިޔާސަތަކީ އިނގޭތޯ! މީ ހުޅަނގުގެ ޤައުމު ތަކުގާވެސް ނެތް ފަދަ ސިޔާސަތެއް އަޅުގަނޑުމެންގެ ރާއްޖޭގާ، ވަރަށް ކުރީގަ މިކަމުގާ ރާއްޖެ މިއޮތީ އިނގޭތޯ .

މީ އަޅުގަނޑުމެން ކޮންޓްރޯލްކޮށް ސިޔާސީ އަޚްލާޤިއްޔާތުގެ ތެރެއަށް އެނބުރި އަންނަންޖެހޭ ކަމެއް މިކަމުގާމީ އެކަމުގެ ތެރެޔަށް އަޅުގަނޑުމެންގެ ޤައުމު އެބަޖެހޭ ޙިމާޔަތްކޮށް ރައްކާތެރި ކުރަން އިނގޭތޯ މީ ހުޅަނގުންވެސް ޤަބޫލުކުރާ ސިޔާސަތެއް ނޫން. ދިވެހިރާއްޖޭގާ މިވަޤުތު މިއޮތީކީއެއް، އަދި އިސްލާމްދީނުގެ ސިޔާސަތެއްވެސް ނޫން މީކީ މުޅިން އެހެންކަހަލަ ވެއްޓެއް.  މިނިކާ ރާއްޖެއަކަށް ދިވެހިރާއްޖެ ވަމުންދާކަމަށް އަޅުގަނޑަށް މި ޤަބޫލުކުރެވެނީ، މީ ވަރަށް ދެރަ  ކަމެއްމީ . 

ޚުޠުބާތަކުގެ ޛަރީޢާއިންވެސް މިކަން ޙައްލުކުރެވޭތޯ މަސައްކަތް ކުރަން އެބަޖެހޭ ޢާލިމުންގެ މަސައްކަތް ތަކުންވެސް މިކަން ޙައްލުކުރެވޭތޯ ބަލަން އެބަޖެހޭއިނގޭތޯ. އިސްލާމްދީނުގައި އޮތް ސިޔާސަތަކީ ދައުލަތް ހިންގުމާ އަޅުތަކުންގެ މަޞްލަޙަތު ތަންދޭނެ ގޮތަށް ކަންތައްތައް ހިންގުން އިނގޭތޯ މީ ދީނުގެ ބައެއްމީ އިނގޭތޯ!

ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދައްކަވާފައިވާ ވާހަކަފުޅަކުން

މިއަދު އޮންލައިން